23 އެޕްރީލް 2019
ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްގެން ތަހުގީގު ނުކުރާތީ ފުލުހުންނަށް އަމާޒުވާ ފާޑުކިޔުންތަކަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިިރޫޝް އިއްޔެ ރައްދު ދެއްވައިފި އެވެ.
ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްގެން ތަހުގީގު ނުކުރާތީ ފުލުހުންނަށް އަމާޒުވާ ފާޑުކިޔުންތަކަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިިރޫޝް އިއްޔެ ރައްދު ދެއްވައިފި އެވެ.
ލ. ފޮނަދު އިން އެ އަތޮޅު މާމެންދު އަށް ޑިންގީއެއްގައި ދަތުރުކުރަނިކޮށް، މިދިޔަ ފެބުރުއަރީ މަހު އައިމިނަތު ޝިމާ ނާފިޒް 19، ގެއްލުމުގައި އޭނާއާ އެކު ދަތުރުކުރި މުހައްމަދު ފަޒީލަށް ތުހުމަތުތަކެއް ކުރެ އެވެ. ޝިމާ ގެއްލުނު ފަހުން، އޭނާގެ ކޮއްކޮއަކު ލޯންޗަކަށް އަރުވައިގެން އިތުރު ފިރިހެނުންތަކަކާ އެކު ލޯންޗެއްގައި ފަޒީލް ދަތުރުކުރަނިކޮށް ވެސް ހުއްޓުވާފައިވެ އެވެ.
އުމުރުން 18 ނުފުރޭ އަންހެން ކުއްޖަކު ގަދަކަމުން ލޯންޗަކަށް އަރުވައިގެން ފުރި މައްސަލައިގައި ފަޒީލް ހައްޔަރުކުރި އެވެ. އެކަމަކު ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގު ފުރިހަމަނުވަނީސް އޭނާ ދޫކޮށްލުމުން ފުލުހުންނަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ޝިމާ އަށް ވީ ގޮތެއް ހޯދަން ކުރިއަށް ގެންދާ ތަހުގީގާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ، ފަޒީލް ވެސް ދޫކޮށްލީ ހައްޔަރުކޮށްފައި ބަހައްޓައިގެން ތަހުގީގު ކުރަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވިޔަސް އޭނާގެ 18 އަހަރު ނުފުރޭ އަންހެން ކޮއްކޮއަކު ގޮވައިގެން، މާމެންދޫން ފުރި މައްސަލައިގައި އޭނާ އާއި އިތުރު މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
ތަހުގީގަށް މީހުން ހައްޔަރު ނުކޮށްގެން އާއްމުން ފާޅުކުރާ ކަންބޮޑުވުންތަކަށް ވެސް އެ ތަފްސީލްތަކުގެ ތެރެއިން ފައިރޫޝް ޖަވާބު ދެއްވި އެވެ.
"އަޅުގަނޑުމެން އާއްމުކޮށް މި ދެކޭ މިންގަނޑާ ތަންކޮޅެއް ތަފާތު މިންގަނޑެއް އަޅުގަނޑުމެންގެ ޖިނާއީ އިޖުރާއަތުގެ މިންގަނޑުގައި މި އޮތީ. ބައެއް ގައުމުތަކުގައި މިސާލަކަށް މީހަކު ހަނު ހުރި ކަމުގައި ވިޔަސް އޭނާއާ އެބަ ސުވާލުކޮށްލެވޭ. އެކަމަކު އަޅުގަނޑުމެންގެ ސިސްޓަމް މި އޮތީ ހަނު ހުރީމާ އެހާ ހިސާބުން ނިމުނީ،" ފައިރޫޝް
އޭނާ ވިދާޅުވި ގޮތުގައި މައްސަލައެއްގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްފި ނަމަ ފުލުހުން ވެސް އިތުރަށް ސަމާލުވާން ޖެހޭ ގިނަ ކަންކަން ހުރެ އެވެ. އެއް ކަމަކަށް ފާހަގަކުރެއްވީ ޖިނާއީ އިޖުރާއަތުގެ ނިޒާމު، ހަމަޖެހިފައި އޮތް ގޮތުން، ހައްޔަރުކޮށްފި ނަމަ އެ މައްސަލައެއްގައި ދައުވާ ކުރަން 30 ދުވަހުގެ ތެރޭގައި ފޮނުވަން ޖެހުމެވެ.
އެ ނޫން ވެސް، ހައްޔަރުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ނުޖެހޭ ގިނަ ކަންކަން ހުންނަ ކަަމަށް ވިދާޅުވި އެވެ.
"މި [ޝިމާ ގެއްލުނު] މައްސަލައިގައި ވެސް ތަހުގީގުން މިހާތަނަށް ފެންނަ ކަންކަމާއި މި މައްސަލަ އިން އަޅުގަނޑުމެން އިތުރަށް ސާފުކުރަން ހުރި ކަންކަމަށް ބަލާއިރު ތަހުގީގަށް ކޮންމެހެން ބޭނުމެއް ނުވޭ އޭނަ ހައްޔަރުކޮށްފައި ބަހައްޓައިގެން ސުވާލުކުރާކަށެއް،" ފައިރޫޝް ވިދާޅުވި އެވެ.
ތުހުމަތު ކުރެވޭ މީހުން ހައްޔަރުނުކޮށް ވެސް، ފައިރޫޝް ވިދާޅުވި ގޮތުގައި، ތަހުގީގަށް ބަޔާން ނެގުމާއި އެ ނޫން ވެސް ކަންކަން ކުރިއަށް ގެންދެވޭނެ އެވެ.
"އަޅުގަނޑުމެން އާއްމުކޮށް މި ދެކޭ މިންގަނޑާ ތަންކޮޅެއް ތަފާތު މިންގަނޑެއް އަޅުގަނޑުމެންގެ ޖިނާއީ އިޖުރާއަތުގެ މިންގަނޑުގައި މި އޮތީ. ބައެއް ގައުމުތަކުގައި މިސާލަކަށް މީހަކު ހަނު ހުރި ކަމުގައި ވިޔަސް އޭނާއާ އެބަ ސުވާލުކޮށްލެވޭ. އެކަމަކު އަޅުގަނޑުމެންގެ ސިސްޓަމް މި އޮތީ ހަނު ހުރީމާ އެހާ ހިސާބުން ނިމުނީ،" ފައިރޫޝް ވިދާޅުވި އެވެ.
"އެހެންވީމާ ހައްޔަރު ކުރިއަސް އަދި ނުކުރިއަސް އެ ހާލަތު އޮންނާނެ."
ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެކަން ހިނގި ގޮތް ތަފްސީލް ކޮށްދެއްވަމުން ފައިރޫޝް ވިދާޅުވީ ފަޒީލް ދައްކާ ބައެއް ވާހަކަތަކާ މެދު ފުލުހުންގެ ޝައްކުތަކެއް އެބަހުރި ކަމަށެވެ. އެ ތަހުގީގުގައި ފުލުހުންނަށް ލިބޭ ކޮންމެ މައުލޫމާތެއްގެ ސައްހަ ކަން ވެސް ބަލަމުން އަންނަ ކަމަށާއި ޝިމާގެ ހަށިގަނޑު ގއ. ރަށެއްގައި އަންދާލި ކަމުގެ އަޑުތަކާ އެކު އެ ރަށް ވެސް ބަލާފައި ވާނެ ކަމަށް ވިދާޅުވި އެވެ.
ބޮގަރުގެ ވިޔަފާރީގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި
ޝިމާ ގެއްލުނު ސަރަހައްދު އަލުން ބަލަން ފަށައިފި
ފަޒީލްގެ ބައެއް ވާހަކަތަކާ މެދު ފުލުހުންގެ ޝައްކުތަކެއް
ޝިމާ ހޯދުން: މުޅި އަތޮޅު ބަލައިގެން ވެސް ނުފެނުނު
ލ. ގަމުގައި ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ފޯނު ހުޅުވަން ދެކޮޅު ހެދުމުން ބޮޑު ޖޫރިމަނާއެއް
ފުލުހުންނަށް ނުބައި ނަމެއްދިނުމުން ހަ މަހަށް ގޭ ބަންދު
ޑްރަގް ޓްރެފިކިންގެ ދައުވާލިބޭ މީހަކު ހޯދަނީ
ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދައިފި