Roadha Mihaaru

މަހިބަދޫގައި ލޯންޗްތަކުގައި ރޯކުރި މީހުންނާ އައިއެސްއާ ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ: ފުލުހުން

އދ. މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި އަލިފާން ރޯކުރުމުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައި ވިޔަސް އެކަން މިހާތަނަށް ތަހުގީގަށް އެނގިފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ރޯކުރި މީހުންނާ އައިއެސްއާ ގުޅުމެއް އޮތް ކަމެއް ނޭނގެ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

30 އެޕްރީލް 2020

އދ. މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި އަލިފާން ރޯކުރުމުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައި ވިޔަސް އެކަން މިހާތަނަށް ތަހުގީގަށް އެނގިފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު ރޯކޮށްލާފައިވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އަމިއްލަ މީހެއްގެ އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްގެ 2 ލޯންޗާއި ދެ ޑިންގީއެއްގަ އެވެ.

ފުލުހުން ބުނީ މިކަން ކުރީ ޑިންގީއެއްގައި އެރަށަށް ދިޔަ ބަޔަކު ކަމަށެވެ.

އެކި ތަންތަނުގައި ދޭ ހަމަލާތަކުގެ ޒިންމާ އެއްވެސް ބަޔަކު ނުއުފުލާ ހާލަތްތަކުގައި އައިއެސް އިން އެ މީހުންގެ ބާރު ދައްކަން އަމިއްލަ އަށް އެ ކަންކަމުގެ ޒިންމާ އުފުލާފައި އެބަހުއްޓެވެ.

Lanuch thakugai roakollumuge zinmaa ISIS in nagaifi

Lanuch thakugai roakollumuge zinmaa ISIS in nagaifi

The most trusted news source in the Maldives

Mihaaru

ރޯކޮށްލުމުގެ ޒިންމާ އައިއެސްއިން ނެގުން

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެއަމަލު ހިންގާފައިވަނީ އެ ރޭ ފަތިހު ޑިންގީއެއްގައި އެރަށަށް ދިޔަ ބަޔަކު، އަލިފާން ރޯކޮށްފައިވާ ފުޅިތަކެއް ލޯންޗްތަކަށް އުކައިގެން ކަމަށެވެ.

"ލޯންޗްތައް ރޯކުރުމަށްޓަކައި އެމީހުން ރަށުގެ ތޮށިގަނޑު މައްޗަށް އެރުމަށް ފަހު ފުޅިއަކަށް އަލިފާން ރޯވާފަދަ އެއްޗެއް އަޅައި އޭގައި ރޯކޮށްލައިގެން ލޯންޗްތަކަށް އުކާފައިވާކަން ތަހުގީގަށް ހޯދިފައިވޭ. މިހާތަނަށް ކުރި މަސައްކަތުން ލޯންޗްގައި ނުޖެހި މޫދުގެ ތެރެއަށް ވެއްޓިފައި އޮތް ފުޅިއެއް ވަނީ ހޯދިފައި،" ރިޔާޒް ވިދާޅުވި އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް-- އޭނާ ވިދާޅުވީ މަހިބަދޫގެ އަލިފާންގެ ހާދިސާއާ އައިއެސްއާ ގުޅުމެއް ނެތް ކަމަށް-- ފޮޓޯ: ޕޮލިހުން

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް-- އޭނާ ވިދާޅުވީ މަހިބަދޫގެ އަލިފާންގެ ހާދިސާއާ އައިއެސްއާ ގުޅުމެއް ނެތް ކަމަށް-- ފޮޓޯ: ޕޮލިހުން

އެ ލޯންޗްތައް ރޯކޮށްލުމާއި ލ. އަތޮޅުގައި ފުލުހުންގެ ލޯންޗެއް ރޯކޮށްލުމުގެ އިތުރުން މި ފަހުން ހިންގާފައިވާ އަލިފާންގެ އެފަދަ ހާދިސާތަކާ އެއްގޮތް ކަންތައްތަކެއް ވާކަން ފާހަގަކުރެވޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން އެ ހުރިހާ ހާދިސާތަކެއްގައި ވެސް އަލިފާން ރޯކުރީ ފުޅީގައި އަލިފާން ރޯކޮށް އުކައިގެން ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ނުވިޔަސް ތުހުމަތު ކުރެވޭ ފަސް ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގެތަކުން ޑިޖިޓަލް އެވިޑެންސް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރޯކޮށްލުމުގެ ޒިންމާ ޓެރަރިސްޓް އައިއެސް ޖަމާއަތުން ނަގާފައިވާއިރު ރިޔާޒް ވިދާޅުވީ އެ ހާދިސާއަކީ ރާއްޖޭން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހިންގި އަމަލެއްކަން ތަހުގީގަށް ފާހަގަ ވެފައިނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަކީ އެފަދަ ޖަމާއަތްތަކާ ގުޅުން ބާއްވާ މީހުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އިންޓެލިޖެންސްގެ މައުލޫމާތުތަކަށް ބަލާއިރުވެސް ދިވެހިރާއްޖޭގައި މި ހިނގައިދިޔަ ކަންތައްތަކަކީ ބޭރުގެ ޖަމާއަތެއްގެ އިސްނެގުމަށް، ނުވަތަ ބޭރުގެ ޖަމާއަތެއްގެ ހާއްސަ އިރުޝާދެއް ދީގެން ހިނގައި ދިޔަ ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ބެލެވޭފަދަ ހަރުދަނާ ސަބަބުތަކެއް ނެތް،" ރިޔާޒް ވިދާޅުވި އެވެ.