ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރުމުން، އޭނާއަށް ތާއީދުކޮށް ވާހަކަދެއްކި ފުލުހުންގެ ސިވިލް ސްޓާފަކު ކަނޑާލައިފި އެވެ.
30 ނޮވެމްބަރ 2017
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރުމުން، އޭނާއަށް ތާއީދުކޮށް ވާހަކަދެއްކި ފުލުހުންގެ ސިވިލް ސްޓާފަކު ކަނޑާލައިފި އެވެ.
ރިޔާޒު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މިިދިޔަ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
ރިޔާޒު ވަކިކުރުމުން އޭނާއަށް ތާއީދުކޮށް ފުލުހުން ވެސް ތިބޭ ވައިބަ ގްރޫޕެއްގައި މެސެޖްތަކެއް ލިއުމުން ފުލުހުންގެ ތެރެއިން ކަނޑާލީ އެސިސްޓެންޓް ސިވިލް އޮފިސަރުގެ މަގާމުގައި ހުރި މުހައްމަދު ޝަބީން ނަސީމެވެ.
ރިޔާޒާ ގުޅޭ ގޮތުން ނޫހެއްގައި ލިޔުނު ހަބަރެއް އެ ގްރޫޕެއްގައި ޝެއާކޮށް، ޝަބީން ވަނީ "ސަރުކާރުގެ ޖަރީމާތަކާ ދެކޮޅަށް ތެދުވީތީ" ރިޔާޒަށް ސެލިއުޓުކުރާ ކަމަށް ބުނެފަ އެވެ. ވައިބަ ގްރޫޕްގެ ނަމަކަށް ޖަހާފައި އޮންނަނީ "އެމްއެންޑީއެފް 33 ވަނަ ރެކުރޫޓް ބެޗު" އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެއީ ޝަބީން ވެސް ސިފައިންގެ ތަމްރީންތައް ހެދި ބެޗު ކަމަށެވެ.
ޑިސިޕްލިނަރީ ބޯޑުން އެ މައްސަލަ ނިންމުމަށް ފަހު ބުނެފައިވަނީ ރިޔާޒު ވަކިކުރުމުން އެ މައްސަލައާ ގުޅިގެން ސިޔާސީ ގޮތުން ޝަބީން ވާހަކަ ދައްކާފައިވާ ކަމަށެވެ. އެހެންވެ އޭނާ ވެސް ވަކިކުރަން ނިންމާފައިވާ ކަމަށް، މިދިޔަ މަހުގެ 31 ގައި ނިންނި ނިންމުމުގައި ވެ އެވެ.
ޝަބީނަކީ 2006 ގައި ސްޓެލްކޯ ކައިރިން ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަކާ ގުޅިގެން ފައިބުރިކޮށްލި މީހެކެވެ. އޭރު އޭނާ ވަޒީފާ އަދާކުރީ ސިފައިންގެ ތެރޭގަ އެވެ. އެކަމަކު އެ ހާދިސާއަށް ފަހު އޭނާ ބަދަލުކުރީ ފުލުހުންގެ ސިވިލް ބަޔަށެވެ.
ފުލުހުންގެ ވަޒީފާ އިން ވަކިކުރުމުން ޝަބީންގެ ފޭސްބުކް ޕޭޖްގައި ޖަހާފައި ވަނީ "މި ވަރުގެ އޯގާތެރި ސަރުކާރެއް ދުވަހެއްގެ ކޮޅުން ވެސް ނުފެންނާނެ! ވާ ސަރީ...!" މިހެންނެވެ.
ފުލުހުންގެ ސިވިލް ސްޓާފުންނަކީ ސީދާ ފުލުހުންނެއް ނޫނެވެ. އެ މީހުން އާންމުކޮށް މަސައްކަތްކުރަނީ އިދާރީ އެކި ކަންކަމުގަ އެވެ.
އޭސީޕީ ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލުކުރަނީ
އޭސީޕީ ރިޔާޒާއި އިންޓެލް ހެޑް ފަރީދު އެކަހެރިކޮށްފި
އޭސީޕީ ރިޔާޒާ ގުޅިގެން ދެއްކި ވާހަކަ ދޮގުކޮށްފި
ޖަލުން ރާވަމުން ދިޔަ "ހަމަލާއެއް" ހުއްޓުވައިފި
ރޯކުރި މީހުންނާ އައިއެސްއާ ގުޅުމެއް އޮތް ކަމެއް ނޭނގެ
ބޮޑު ޚިޔާނާތާ ގުޅިގެން ޖޮއިންޓް ތަހުގީގަކަށް ދަނީ
މަސް ދުވަސް ތެރޭގައި މަސްތުވާތަކެތި ނައްތާލަނީ
ފައިރޫޝާއި ރިޔާޒަށް އަލުން ވަޒީފާދޭން ހުކުމްކޮށްފި
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
ވަގަށް ނެގި 90 ސައިކަލާއި 19 ފޯނެއް ފުލުހުން ހޯދި