06 ނޮވެމްބަރ 2023
ޔޫއޭއީގެ ސަރުކާރުގެ ހަރަދުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި އަބޫދާބީ އަށް މިއަދު ވަޑައިގެންފި އެވެ.
ޔޫއޭއީގެ ސަރުކާރުގެ ހަރަދުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި އަބޫދާބީ އަށް މިއަދު ވަޑައިގެންފި އެވެ.
އަބޫދާބީ އަށް މުއިއްޒު ފުރާވަޑައިގަތީ ޕްރައިވެޓް ޖެޓެއްގަ އެވެ.
މިއީ، އެނގިފައިވާ ގޮތުގައި ޔޫއޭއީގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުގެ ހަރަދުތައް ވެސް ހަމަޖައްސާފައިވަނީ އެ ގައުމުގެ ސަރުކާރުންނެވެ.
ނަމަވެސް، މި ދަތުރުފުޅާ ގުޅޭ ތަފްސީލެއް އިންތިހާބީ ރައީސްގެ އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ "މިހާރު" އަށް މިއަދު ވިދާޅުވީ އިންތިހާބީ ރައީސް އަބޫދާބީ އަށް ކުރައްވަނީ އަމިއްލަފުޅު ދަތުރެއް ކަމަށާއި މެހެމާންދާރީގެ ގޮތުން ދަތުރުގެ ހަރަދުތައް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
މުއިއްޒު ވަނީ މިދިޔަ ހަފުތާ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.
މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ މުއިއްޒު ވަނީ ރާއްޖޭގެ ސިޔާސަދާއި މިނިވަން ކަމަށް އިހުތިރާމް ކުރާ ކޮންމެ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް، އިސްލާމީ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަރަބި ގައުމުތަކަކީ ރާއްޖޭގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ވަރަށް ގިނައިން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކެކެވެ. މިހާރު ވެސް އެފަދަ މަޝްރޫއުތައް ހިނގަމުންދެ އެވެ.
މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތުމަށް ވެސް ނިންމަވާފައިވަނީ ސައުދީ އަރަބިއްޔާ އަށް ކަމަށް އަޑު ފެތުރިފައި ވެ އެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީ އިދާރާތަކުން ވާހަކައެއް ނުދައްކަ އެވެ.
އަދުރޭ، އަމީރަށް: އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟
އެއާޕޯޓް އަވަސްކުރަން އިތުރަށް އެއް ބިލިއަން ހޯދައިފި
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބުމާ ގާތަށް!
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ކޯޓުން ނުބެލި
މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް
އެއާ އެރޭބިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ
ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ އެހީ ހޯދަނީ
މުންދު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި