05 ޖެނުއަރީ 2025
މިދިޔަ ހަފުތާ ބަންދާ ދިމާކޮށް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ޔުނައިޓެޑް އަރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.
މިދިޔަ ހަފުތާ ބަންދާ ދިމާކޮށް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ޔުނައިޓެޑް އަރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ރަސްމީ ދަތުރެއްގައި ހަލީލް ޔޫއޭއީ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިޚް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށް ކަމަށެވެ.
ހަލީލްގެ މި ދަތުރުގައި، ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް ރިއާއަތް ކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މުސްތަގުބަލުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
"މި ދަތުރުފުޅުން، ދިވެހިރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ޔޫއޭއީ އިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ގުޅުން އިތުރު ކުރުމަށްޓަކައި ދެ ގައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
މިއީ މިދިޔަ ސެޕްޓެމްބަރު މަހު ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ހަލީލް ކުރައްވާ ދެވަނަ ރަސްމީ ދަތުރެވެ.
އެންމެ ފަހުން ތިން ދުވަހަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި ހަލީލް ވަނީ، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފަ އެވެ.
ރަސްމީ މަޝްވަރާތަކަށް ފަހު، ދެ މިނިސްޓަރުން ވަނީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާނީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މިއީ މި އެއްބަސްވުމުގެ ތިންވަނަ ފޭސް އެވެ. މީގެ ކުރިން ވެސް މިފަދަ ދެ އެއްބަސްވުމެއްގެ ދަށުން އެކި ރަށްރަށުގައި އިންޑިއާ އިން މަޝްރޫއުތައް ހިންގާފައި ވެ އެވެ.
ރާއްޖެ-ޔޫއޭއީގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި
ޔޫއޭއީގެ އެމްބަސީއަށް ހުޅުމާލެއިން ބިމެއް ދޫކޮށްފި
ރާއްޖެ-ޔޫއޭއީ ޖޮއިންޓް ކޮމިޝަނެއް ގާއިމްކުރަނީ
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލް އިންޑިއާގައި
ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ކޯޓުން ނުބެލި
މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް