24 އޮކްޓޯބަރ 2023
ރާއްޖޭގެ ފުޓްބޯޅައަށް މިހާރު އެންމެ ރަނގަޅު ވާނީ، ފީފާއިން އެފްއޭއެމް ސަސްޕެންޑުކުރުން ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފުޓްބޯޅައަށް މިހާރު އެންމެ ރަނގަޅު ވާނީ، ފީފާއިން އެފްއޭއެމް ސަސްޕެންޑުކުރުން ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފީފާ އާއި އޭއެފްސީން ދޭ ފައިސާ، އެފްއޭއެމްގެ ވެރިންގެ އެކައުންޓްތަކަށް ފޮނުވައި އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި، ފުލުހުން އާދިއްތަ ދުވަހު އެ އިދާރާއަށް ވަދެ ތަހުގީގު ފެށުމާ އެކު، ފީފާ އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ ބިރު އެބައޮތްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެފްއޭއެމްގެ ފުރަތަމަ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ވަޑައިގެންނެވި، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އާޒިމް ވިދާޅުވީ މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލަތުގެ ސަބަބުން، ދެން ރަނގަޅުވާން އޮތް ގޮތަކީ ސަސްޕެންޑްކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑް ވިޔަސް، އެފްއޭއެމަށް ފިޔަވަޅު އަޅަންޖެހޭކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މީގެ ދެ އަހަރު ކުރިން އޭނާ ދެންނެވި ކަމަށެވެ.
"ސަސްޕެންޑް ކުރިޔަސް އިތުރަށް ލިބޭނެ ގެއްލުމެއް ނެތް. އެއަށްވުރެ ބޮޑަށް މުޅި ތަން [އެފްއޭއެމް] އެ އޮތީ ބޮއްސުންލާފައި. މުޅި ތަން އޯވަހޯލް ކުރަން ޖެހިފަ އެ އޮތީ. ސަސްޕެންޑް ކޮށްގެން ވިޔަސް މުޅިތަން އޯވަހޯލް ކުރަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ޖިނާއީ ތަހުގީގަށް ފުލުހުން އެފްއޭއެމަށް ވަނަސް ފީފާއިން ސަސްޕެންޑް ނުކުރާނެ ކަމަށެވެ. ވައްކަމެއް ނުވަތަ ކޮރަޕްޝަނެއް ހިންގާ ނަމަ އެފްއޭއެމަށް ފުލުހުން ވެދަ ބަލަން ފީފާ އާއި އޭއެފްސީން ވެސް ދެކޮޅު ނުހަދާނެ ކަމަށް އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ވެސް ކުރިން ކުރެއްވި އާޒިމް ވިދާޅުވި އެވެ.
ސާފް ޗެމްޕިއަންޝިޕް 2021 އަށް ގައުމީ ޓީމު ބޭނުން ކުރި ޖޯޒީ ލޯންޗުކޮށް ދިނުމަށް ބޭއްވި ހަފުލާގައި އާޒިމް (ވ) އާއި ބައްސާމް --- ފައިލް ފޮޓޯ: އެފްއޭއެމް
އޭނާ ވިދާޅުވީ އެ ފަދަ މައްސަލަތަކެއްގައި އެފްއޭއެމްގެ ވެރިން ބައިވެރިވުން އޮތް ކަމަށް ފެނިއްޖެނަމަ ފީފާ އިން ފިޔަވަޅު އަޅާނީ އެފްއޭއެމްގެ ވެރިންނަށް ކަމަށެވެ.
އާޒިމް ވިދާޅުވީ އެފްއޭއެމުން ރާއްޖޭގެ ގާނޫނާ ހިލާފުވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ، ވަކި މީހަކު އަންގަން ދެން ވެސް ފުލުހުން މަޑުކުރަން ނުޖެހޭނެ ކަމަށެވެ.
"ދިވެހިރާއްޖޭގައި ހިންގާ ކުޅިވަރު ޖަމިއްޔާއެއް ވިޔަސް ނުވަތަ އެހެން ޖަމިއްޔާއެއް ވިޔަސް ދިވެހިރާއްޖޭގައި ގާނޫނާ ހިލާފު އަމަލްތައް ހިންގާކަމަށް ވެއްޖެއްޔާ ދިވެހި ފުލުހުން ބަލާފައި އެއާ މެދު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ. އަޅަން ވެސް ޖެހޭނެ. ނާޅާ ތިބެގެން ވެސް ނުވާނެ. މީހަކު އަންގަން ދެން ވެސް ތިބެގެން ނުވާނެ. އެހެންވީމަ ޖިނާއީ ތުހުމަތެއް ކުރެވޭ ކަމުގައި ވަނީނަމަ ފުލުހަށް ބެލޭނެ އެކަމެއް،" އާޒިމް ވިދާޅުވި އެވެ.
ފުލުހުން އެފްއޭއެމަށް ވަދެ ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު، އެފްއޭއެމުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. އެ ދުވަހު، އެ އެސޯސިއޭޝަންގެ މީޑިއާ ގުރޫޕަށް ބައްސާމް ފޮނުއްވި މެސެޖްގައި ވިދާޅުވީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާނީ މިހާރު ކުރިއަށްދާ ކަންކަން ނިމުމަށް ފަހު ކަމަށެވެ.
ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފި
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ ދަރަނި ދައްކަން މަގުޗާޓެއް އެކުލަވާލަނީ
އެފްއޭއެމްގެ މައްސަލަ:ޕީޖީ އާއި ފީފާއިން މަޝްވަރާކޮށްފި
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭ އިމާރާތް ވީރާނާވެފައި، ކޮމިޓީއަށް އޮފީހެއް ނެތް
އެފްއޭއެމުން ގެއްލުނު ފައިސާ ހޯދުން ކޮމިޓީ އަށް
އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފި