01 ޖުލައި 2020
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އިންޒާރުކޮށްފި އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އިންޒާރުކޮށްފި އެވެ.
ފީފާ އިން މިގޮތަށް އެންގީ، އެފްއޭއެމްއާ މެދު ސްޕޯޓްސް މިނިސްޓްރީން ފިޔަވަޅު އަޅާފައިނުވާތީވެ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރާ ގުޅިގެންނެވެ.
އާޒިމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި އަދި އެ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. މި ގަރާރަށް އިއްޔެ ބަހުސްކުރުމަށް ފަހު ވަނީ ދިރާސާކުރަން އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
މިއީ ރާއްޖެ އަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެ ވަނަ އިންޒާރެވެ. މީގެ ކުރިން، 2018 ވަނަ އަހަރުގެ ފަހުކޮޅު، ސްޕޯޓްސް މިނިސްޓްރީން، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުވުމުން އިންޒާރު ދިނީ އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީންނެވެ. އެއާ އެކު މިނިސްޓްރީން އެ މަސައްކަތް ހުއްޓާލީ އެވެ.
ފީފާ އިން އިންޒާރު ދިނީ، އެފްއޭއެމުން ފީފާގެ ސަމާލުކަމަށް ގަރާރުގެ މައްސަލަ ގެނައުމުން، ފީފާގެ ޗީފް މެމްބާ އެސޯސިއޭޝަންސް އޮފިސަރު ވެރޮން މޮސެންގޯ-އޮމްބާ މިއަދު ފޮނުއްވި ސިޓީގަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި، އެފްއޭއެމްގެ އިންތިހާބީ މަރުހަލާ އަށް ސަރުކާރުން ވަންނަ ކަމަށް އެފްއޭއެމުން ކުރާ ތުހުމަތާ ގުޅޭ ގޮތުން އެންގި ވާހަކަތައް އަޑުއެހީ ކަންބޮޑުވުމާ އެކު ކަމަށެވެ.
އަދި އެކަމާ ގުޅޭގޮތުން، ފީފާގެ ގަވާއިދާ ހަވާލާދީ އެފްއޭއެމަށް ހަނދާން ކޮށްދެނީ، ފީފާގެ މެމްބަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން އެފްއޭއެމްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަކީ އެތަނުގެ މައްސަލަތައް ކުރިއަށްގެންދަން ޖެހޭނީ މިނިވަންކަމާ އެކު އަދި ތިން ވަނަ ފަރާތެއްގެ ނުރަނގަޅު ނުފޫޒުއް ނެތިކަމަށް ވެސް ސިޓީގައިވެ އެވެ.
އަދި މި ޒިންމާއާ އެއްވެސް ގޮތަކުން ހިލާފުވެއްޖެ ނަމަ، ފީފާގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް އަދަބެއް ލިބިދާނެ ކަމަށާއި އޭގެ ތެރޭގައި ސަސްޕެންޝަނެއް އައުން ވެސް ހިމެނޭ ކަމަށް ސިޓީގައިވެ އެވެ. އަދި އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަންކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އިންތިހާބީ ކޮންގްރެސް ޖުލައި 2 ވަނަ ދުވަހު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފީފާ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން އިންތިހާބީ މަރުހަލާ އަށް އެއްވެސް ނުރަނގަޅު ނުފޫޒުއް އަތުވެއްޖެ ނަމަ، ވަކިން ހާއްސަކޮށް މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާފާނެ ފިޔަވަޅާ ގުޅޭ ގޮތުން، ވަގުތުން ވަގުތަށް ފީފާ އަށް އަންގަން އެތަނުން ވަނީ ހިތްވަރުދީފަ އެވެ.
ގަރާރު ހުށަހެޅުއްވި އާޒިމް އިއްޔެ މަޖިލީހުގައި ވިދާޅުވީ އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަދެއްޖެ ނަމަ ފީފާ އިން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާގެ ބޭނުމަކީ ނުފޫޒު ފޯރުވުން ނޫން ކަމަށާއި މައްސަލައަކީ ގާނޫނުގައިވާ ގޮތަށް އެފްއޭއެމްއާ މެދު ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނަރު ފިޔަވަޅު އަޅާފައި ނެތުން ކަމަށެވެ.
"ތެދެއް، ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ވަންނަ ކަމަށް ވަނީނަމަ އެ ފުރުސަތު އެބައޮތް. އެހެން ނަމަވެސް އަޅުގަނޑުމެން ނުފޫޒު އެތަނަށް ފޯރުވުމުގެ ގޮތުން ކުރާ ކަމެއް ނޫންކަން އެބަ ސާފުކޮށް ކަނޑައެޅިގެން އަޅުގަނޑު ހުށަހެޅި މައްސަލައިން އެނގޭނެ. އަޅުގަނޑުގެ މައްސަލައަކީ ގާނޫނުގައިވާ ގޮތުގެ މަތިން މިނިސްޓަރާއި އަދި ކޮމިޝަނާ އޮފް ސްޕޯޓްސް އެ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު ނާޅާ މިހާ ގިނަ ދުވަސް ވަންދެން އޮތްއޮތުން (އަދި އެކަން) ކުށްވެރިކޮށް މައްސަލަ ހުށަހެޅީ،" އާޒިމް ވިދާޅުވި އެވެ.
އޭއެފްސީގެ ކުރީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ވިދާޅުވީ އެސޯސިއޭޝަން ހިނގަން ޖެހޭނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށާއި އޭގެ ބޭރަށް ނުކުމެ ކަންކަން ކުރަމުންދަނީމާ ނަމަ ފީފާ، އޭއެފްސީ އަޔަސް ދެއްކޭނެ ވާހަކަތައް ހުންނާނެ ކަމަށެވެ.
އޭއެފްސީގެ އިންޒާރާ ހަމަޔަށް، މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު ވެސް އެފްއޭއެމްގެ މައްސަލަތައް ބައްލަވަން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި އެވެ. އޭއެފްސީގެ އިންޒާރާ އެކު ކޮމިޓީގެ މަސައްކަތް ހުއްޓުނު ނަމަވެސް ފަހުން ވެސް ކޯޅުންތައް ހިނގި އެވެ. އެގޮތުން އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމުގެ އެ މަސައްކަތުގެ އަޑީގައި ހުންނެވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ކަމަށް އޭރު އެފްއޭއެމުން ތުހުމަތުކޮށްފައިވެ އެވެ. ލީޑާޝިޕް ބަދަލުކުރުމަށްޓަކައި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތްކުރީ ނިއު ރޭޑިއަންޓުންނެވެ. އެކަމަކު މުސާރަ ނުދޭ މައްސަލައިގައި ނިއު ސަސްޕެންޑްކުރީ އެވެ. ފަހުން ވިިކްޓްރީން އެކަމާ ހަވާލުވި ނަމަވެސް، ސޮއިކުރި ބައެއް ކްލަބްތަކުން ނަން އަނބުރާ ގެންދިއުމުން ހުއްޓުނީ އެވެ.
ދެން ފެނުނީ މަންޒަރު އެއްކޮށް ބަދަލުވިތަނެވެ. އެގޮތުން އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް ބޭރުކުރަން ކުރެި މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށް ވިދާޅުވެ މަހުލޫފް އަމާން ދެއްވީ އެވެ.
އެފްއޭއެމުން ބައްސާމާއި އޭނާގެ ޓީމު ބޭރުކުރަން އޭރު ކްލަބްތަކުންނާއި ސަރުކާރުން މަސައްކަތްކުރި އެއް ސަބަބަކީ އެފްއޭއެމް އޮފީހުގައި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް ހިންގައި ސިޔާސީ މަސައްކަތްކުރުމެވެ. އެކަމަކު އެފްއޭއެމުން އެކަން ދޮގުކޮށްފައިވެ އެވެ. އެކްޓިން ސްޕޯޓްސް މިނިސްޓަރަކަށް އެ ދުވަސްވަރު ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގުމާއި ކޮރަޕްޝަން އޮތުން ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުނުކުރާނެކަން ފީފާ އަށް އަންގައި އަދި އެކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެކަންކަން ދެން ނުބަލާނެތޯ މަހުލޫފު ގާތު އޭރު އެހުމުން ވިދާޅުވީ އެފްއޭއެމުގައި މެޑަމް ފާތުންގެ އޮފީހެއް ހުރި ކަމަށާއި އެހުރިކަން ދެން ބަދަލެއް ނުވާނެ ކަމަށެވެ. އަދި އޭރުގެ މައްސަލަތައް މިނިސްޓަރު ސިފަކުރެއްވީ އޭނާ އާއި ބައްސާމާ ދެމެދު އޮތް އަމިއްލަ މައްސަލަތަކެއްގެ ގޮތުގަ އެވެ. ވިދާޅުވީ ތިމަންނާ އާއި ބައްސާމާ ދޭތެރޭގައި އޮންނަ މައްސަލައަކާ ގުޅިގެން މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދިނުމަކީ ޖޯކަކަށް ވާނެ ކަމަށެވެ.
އެ މައްސަލަ ދެން ތަހުގީގު ނުކުރާނެތޯ ތަކުރާރުކޮށް އެހުމުން މަހުލޫފު ވިދާޅުވީ އެކަންކުރަން ހަދައިގެން ރާއްޖެ އަށް އަންނާނީ ފީފާގެ ސަސްޕެންޝަނެއް ކަމަށާއި އެގޮތް ބޭނުން ނަމަ މިރޭ ވެސް ކޯޓް އަމުރެއް ހޯދައިގެން ގޮސް އެފްއޭއެމުގައި ތަޅުއަޅުވަންވީ ކަމަށެވެ. އާޒިމް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ، މަހުލޫފުގެ އެ ވާހަކަތަކާ އެކު އެ މައްސަލަ ހިނދިފައި އޮއްވަ އެވެ.
އިންތިހާބު ފަސްކޮށްދޭން ކޮމިޓީން މިނިސްޓްރީގައި އެދިއްޖެ
އެފްއޭއެމް-މިނިސްޓްރީ މައްސަލަ އިޖްތިމާއީ ކޮމިޓީއަށް
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
ފީފާގެ ކޮމިޓީއާ އެކު އެފްއޭއެމަށް އެންމެ ފަހުން ދިރުން
ބައްސާމުގެ ދައުރު ހަމަވަނީ، ފީފާ އިން ގޮތެއް ނުނިންމާ
ފީފާއިން ބައްސާމް ސަސްޕެންޑް ކޮށްފި
ބައްސާމްގެ ދައުރު ނިމެނީ، ރާއްޖެ ފީފާގެ އިންތިޒާރުގައި
ބައްސާމް ފީފާ ކޮންގްރެސްއަށް ދަނީ، ފުރުން މަނާ!
އެފްއޭއެމް ނޯމަލައިޒޭޝަނަކާ ދިމާލަށް
ފީފާގެ ރާގު ބަދަލުވެއްޖެ، މިހާރު ދެނީ އިންޒާރު!