23 އޮކްޓޯބަރ 2023
މިއަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ގެއްލުނު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ދެވަނަ ޑިވިޝަނުގައި މަސްއޮޑި ސްޕޯޓްސް ކްލަބަށް ކުޅެން ސޮއި ކޮށްފި އެވެ.
މިއަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ގެއްލުނު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ދެވަނަ ޑިވިޝަނުގައި މަސްއޮޑި ސްޕޯޓްސް ކްލަބަށް ކުޅެން ސޮއި ކޮށްފި އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 2013 ވަނަ އަހަރު ކެރިއަރު ފެށި އިއްބެ ފާހަގަ ކުރެވުނީ 2015 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވި ފަހުންނެވެ. ޓީސީގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ގައުމީ ޓީމުން ފުރުސަތު ހޯދި އިއްބެ، ޓީސީ ދޫކޮށްލީ އެޓީމާ އެކު 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ.
ފާއިތުވި ތިން ސީޒަންގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ކުޅުމަށްފަހު، މި އަހަރު އޭނާ ލޯނު އުސޫލުން ބަދަލުވީ ކްލަބް ވެލެންސިއާ އަށެވެ. ނަމަވެސް މިދިޔަ ދެ ސީޒަންގައި ވެލެންސިއާ އަށް ކުޅުނު ސްޕެއިން ފޯވާޑް ބޯހަސް މާޓިން އަށް ދޭން ޖެހޭ މުސާރަ ދީފައި ނުވާތީ އެ ކުލަބަށް އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ފީފާ އިން ސަސްޕެންޑް ކުރުމުން ވެލެންސިއާގެ ސްކޮޑުގައި އިއްބެގެ ނަން ހިމެނުމުގެ ފުރުސަތެއް ނުލިބުނެވެ. ޓްރާންސްފާގެ ދެ ޕީރީއަޑް ފަހަނައަޅައި ދިޔައިރު ވެސް ވެލެންސިއާއިން ބޯހަސްގެ މުސާރައިގެ ކަންކަން ހައްލުކޮށްފައި ނުވުމުން އިއްބެ އަށް އެ ޓީމަށް ކުޅުމުގެ ފުރުސަތު ގެއްލުނެވެ.
ފުރަތަމަ ޑިވިޝަނުގައި ނުކުޅުނު ނަމަވެސް، މިއަހަރު އިންޑިއާގެ ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމުގައި އިއްބެ ވަނީ ކުޅެފަ އެވެ.
އޭނާ އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރާއްޖޭގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ނޭޕާލް އަތުން 3-0 އިން ރާއްޖެ މޮޅުކޮށް ދޭން އިއްބެ ދެ ލަނޑު ޖެހި އެވެ.
ދެވަނަ ޑިވިޝަނަށް މަސްއޮޑިން ތައްޔާރުވަމުން އަންނައިރު، އެ ކްލަބުން ވަނީ މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އިން ފެނުނު އަބްދުﷲ ޒިޔާން (ޖަންކީ) ގެ ސޮއި ވެސް ހޯދައިފަ އެވެ. ޒިޔާން ވަނީ މީގެ ކުރިން އެއްވަނަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އެއަށް ފަހު ދެވަނަ ޑިވިޝަނުގައި ކުޑަ ހެންވޭރު ޔުނައިޓެޑާ އެކު ޗެމްޕިއަންކަން ހޯދައި، އުފަން ރަށް، ތ. ތިމަރަފުށްޓާ އެކު މިނިވަން ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކުރި އެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަނަށް ތައްޔާރު ވުމުގެ ގޮތުން މަސްއޮޑިން ވަނީ ކުރިން ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް ކޯޗު ކަމަށް ހަމަޖައްސައިފަ އެވެ. ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރި އާތިފް ވަނީ ފުރަތަމަ ޑިވިޝަނުގައި އޭވައިއެލް އާއި ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީގެ އިތުރުން ވެލެންސިއާ އާއި އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކޯޗު ކޮށްދީފަ އެވެ.
އާތިފްގެ އެސިސްޓެންޓަކަށް ހަމަޖައްސާފައި ވަނީ ފުރަތަމަ ޑިވިޝަންގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީގައި މަސައްކަތް ކުރި އަލީ ހަސަން އެވެ.
މަސްއޮޑި އަކީ މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމެވެ. ފައިނަލުގައި އެ ޓީމު ބަލިކޮށް ޗެމްޕިއަންކަން ހޯދި ލެގޫންސް ސްޕޯޓްސް ކްލަބްގެ އިތުރުން ރާއްޖޭގެ އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ވެސް އަންނަނީ މިއަހަރުގެ ދެވަނަ ޑިވިޝަނަށް ތައްޔާރު ވަމުންނެވެ.
އިއްބެ އަހަރެއް ފަހުން ގަލޮޅު ދަނޑުގައި ފުރަތަމަ ގޯލު
މެޗެއް ނުކުޅުނަސް އިއްބެ ގައުމީ ސްކޮޑަށް ނަގައިފި
ޓީނޭޖް ވެސް ޕެނަލްޓީން ކުޑަހެންވޭރު ބަލިކޮށް ފައިނަލަށް
ޕެނަލްޓީގައި ނިއު ބަލިކޮށް ބުރު ސްޕޯޓްސް ފައިނަލަށް
ނިއު ބަލިކޮށް އެލްޓީ އެއްވަނަ އަށް
މެޗު އޮފިޝަލުން ހަމަނުވެގެން މިއަދުގެ މެޗުތައް ކެންސަލް
އަރާޝް އާއި ޝަފްލޭގެ ލަނޑުތަކުން ޓެންޓް މޮޅުވެއްޖެ
މޮޅަކާއެކު ނިއު އެނބުރި އައުމުން ފޯރި ގަދަވެއްޖެ
ވަރުގަދަކޮށް ނުކުތް ޖޭޖޭ އާއި ބުރު ވެސް ފެށީ މޮޅަކުން
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"