15 ޖުލައި 2022
ދެވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބް ފުރަތަމަ މެޗުގައި ރޭ ކުޑަހެންވޭރު ޔުނައިޓެޑް ބަލިކޮށް މޮޅަކުން ފަށައިފި އެވެ. ،
ދެވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބް ފުރަތަމަ މެޗުގައި ރޭ ކުޑަހެންވޭރު ޔުނައިޓެޑް ބަލިކޮށް މޮޅަކުން ފަށައިފި އެވެ. ،
ޖޭޖޭ ސްޕޯޓްސް ކުލަބުން ވެސް ފަހަތުން އަރައި އިއްޔެ ހަވީރު ބިސްބުރު ސްޕޯޓްސް ކްލަބް ބަލި ކުރި އެވެ.
ވަރުގަދަ ސްކޮޑަކާ އެކު ކުޅެ، ބުރު ސްޕޯޓްސް ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގައި ރޭ ގަލޮޅު ދަނޑުގައި މޮޅުވީ ކުޑަހެންވޭރު ޔުނައިޓެޑާ ވާދަކޮށް 3-2 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސް ނިންމާލީ، ދެ ގޯލުގެ ލީޑަކާ އެކު އެވެ. އެޓީމުގެ ފުރަތަމަ ލަނޑު 14 ވަނަ މިނިޓުގައި ޖަހައިދިނީ ބިދޭސީ ފޯވާޑް ސްޓެފާން ޑުރިކް އެވެ. އަދި 10 މިނިޓު ފަހުން ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ތަޝްމީން (ތައްތި) އެވެ.
ދެވަނަ ހާފުގައި ބުރު ސްޕޯޓްސް އަށް ވަނީ ލީޑު އިތުރަށް ފުޅާ ކުރަން މުޅިން ހުސް ފުރުސަތެއް ލިބި، ބޭކާރު ވެފަ އެވެ. ހުޑަހެންވޭރުގެ ހާފު މެދަކާ ހަމައިން އެޓީމުގެ ގޯލްކީޕަރު ކައިރިން ވެސް ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން ތައްތި ޖެހި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
ލަނޑެއް ޖަހަން ވެގެން ކުޑަހެންވޭރުން ކުރި މަސައްކަތް ކާމިޔާބުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 86 ވަނަ މިނިޓުގައި އެޓީމުގެ ޕެނަލްޓީ ޖަހައިދިނީ މިސްރު ކުޅުންތެރިޔާ އިސްލާމް ފެކްރީ އެވެ. ނަމަވެސް ޖެހިގެން އައި މިނިޓުގައި ބުރު ސްޕޯޓްސް އިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ.
ބުރުގެ ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަހުމަދު ރަޝީދު (އަންމަޑޭ) އެވެ. އަންމަޑޭ މި ލަނޑު ޖެހީ، ކުޑަހެންވޭރު އޭރިއާ ތެރެއިން ކުޅުންތެރިއެއް ކައިރިން ނައްޓާފައި ތައްތި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ކޮންޓްރޯލް ކޮށްލާފައި ގޯލަށް ފޮނުވާލައިގެންނެވެ.
ކުޑަހެންވޭރު ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި، އަކްމަލް މުހައްމަދު (އަކޫބެ) އެވެ.
ޖޭޖޭ ސްޕޯޓްސް (ފެހި ޖޯޒީގައި) އަދި ބިސްބުރު (ރަތް ޖޯޒީގައި) އިއްޔެ ހަވީރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ
ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް ޖޭޖޭ ސްޕޯޓްސް ކްލަބް މޮޅުވީ ފަހަތުން އަރައި 4-3 އިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޖޭޖޭ ސްޕޯޓްސް އެވެ. މި ލަނޑު 16 ވަނަ މިނިޓުގައި ޖަހައިދިނީ ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) އެވެ. ނަމަވެސް ދެން ފެނުނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަހަތުން އަރައި، ބިސްބުރުގެ އިރާން ފޯވާޑް އާމިރު މެމާރީ މަނޭޝްގެ ހެޓްރިކަކާ އެކު އެޓީމު ކުރި ހޯދި ތަނެވެ.
ބިސްބުރުން އެއްވަރުކުރި ލަނޑު އާމިރު ޖެހީ 24 ވަނަ މިނިޓުގަ އެވެ. އަދި ދެވަނަ ލަނޑު 37 ވަނަ މިނިޓުގައި ޖެހި އިރު، ހެޓްރިކް ފުރިހަމަ ކުރީ 42 ވަނަ މިނިޓުގަ އެވެ.
ޖޭޖޭގެ ފަހަތުން ފުރަތަމަ ހާފުގައި ހެދި ގޯސްތަކާ އެކު، ދެވަނަ ހާފް ފެށީ އެޓީމުގެ ޑިފެންޑަރު ހުސެއިން ޝިހުބާން ކުޅެން އަރުވައިގެންނެވެ. އަދި ބޮކުރީ ވަނީ 61 ވަނަ މިނިޓުގައި ދެވަނަ ލަނޑެއ1ް ޖަހައި، ފަރަގު ކުޑަ ކޮށްފަ އެވެ.
ޖޭޖޭ ސްޕޯޓްސް އިން ނަތީޖާ އެއްވަރު ކުރީ 81 ވަނަ މިނިޓުގައި އިސާމް މުހައްމދު ޖަހައިދިން ލަނޑުންނެވެ. އަދި މޮޅުވި ލަނޑު 84 ވަނަ މިނިޓުްގައި ޖަހައިދިނީ މުއާޒް އަލީ އެވެ.
ދެ ގުރޫޕަކަށް ބަލހާލައިގެން މިއަހަރު ކުރިއަށް ގެންދާ ދެވަނަ ޑިވިޝަން މުބާރާތުގައި މިއަދު އޮތީ، ގުރޫޕް ބީގެ މެޗެކެވެ. ގަލޮޅު ދަނޑުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.
ދެވަނަ ޑިވިޝަނުގައި ކުޅެން އިއްބެ މަސްއޮޑި އަށް
ޓީނޭޖް ވެސް ޕެނަލްޓީން ކުޑަހެންވޭރު ބަލިކޮށް ފައިނަލަށް
ޕެނަލްޓީގައި ނިއު ބަލިކޮށް ބުރު ސްޕޯޓްސް ފައިނަލަށް
ނިއު ބަލިކޮށް އެލްޓީ އެއްވަނަ އަށް
މެޗު އޮފިޝަލުން ހަމަނުވެގެން މިއަދުގެ މެޗުތައް ކެންސަލް
އަރާޝް އާއި ޝަފްލޭގެ ލަނޑުތަކުން ޓެންޓް މޮޅުވެއްޖެ
މޮޅަކާއެކު ނިއު އެނބުރި އައުމުން ފޯރި ގަދަވެއްޖެ
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ރެފްރީންނާ ހެދި ތުރުކީ ލީގު ވަނީ ވިހަވެފައި: މޮރީނިއޯ