15 އޯގަސްޓް 2022
ލަނޑެއް ނުޖެހި އެއްވަރު ވެގެން ޖެހި ޕެނަލްޓީ ޝޫޓައުޓުގައި 4-1 އިން ކުޑަހެންވޭރު ޔުނައިޓެޑު ބަލިކޮށް މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކްލަބް ޓީނޭޖުން ހޯދައިފި އެވެ.
ލަނޑެއް ނުޖެހި އެއްވަރު ވެގެން ޖެހި ޕެނަލްޓީ ޝޫޓައުޓުގައި 4-1 އިން ކުޑަހެންވޭރު ޔުނައިޓެޑު ބަލިކޮށް މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކްލަބް ޓީނޭޖުން ހޯދައިފި އެވެ.
ބުދަ ދުވަހުގެ ހަވީރު 4 ޖަހާއިރު ކުޅޭ މުބާރާތުގެ ފައިނަލުގައި ޓީނޭޖާ ދެކޮޅަށް ނުކުންނާނީ، މިއަދު ހަވީރު ނިއު ރޭޑިއަންޓް ބަލިކޮށް ފައިނަލުގެ ޖާގަ ހޯދި ބުރު ސްޕޯޓްސް ކުލަބެވެ. ބުރު ސްޕޯޓްސް އިން ނިއު ރޭޑިއަންޓް ބަލިކުރީ ވެސް ޕެނަލްޓީ ޖަހައިގެންނެވެ.
މިއާ އެކު، ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އެލްޓީ ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރި ހޯދައިގެން ގުރޫޕުގެ އެއްވަނަ ހޯދައިގެން ނޮކައުޓް ބުރަށް އައި ޓީނޭޖަށް ވެސް ވަނީ، ފައިނަލްގެ ޖާގަ އާއެކު އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިން އިން ޖާގަ ލިބިފަ އެވެ. މިއީ ޓީނޭޖާއި ބުރު ސްޕޯޓްސް ވެސް ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ކުޑަހެންވޭރު ޔުނައިޓެޑުން މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގިނަ ހަމަލާތައް ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ. އަދި ނަގައިދިން ގިނަ ހުރަސްތަކުގައި ވެސް ކުޅުންތެރިންނަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ. ޓީނޭޖަށް ލިބުނު މަދު ފުރުސަތުތަކުގައި، އެޓީމު ހުއްޓުވުމަށް ކުޑަހެންވޭރުގެ ކީޕަރު އިސްމާއިލް އަލީ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ވަނީ ޓީނޭޖްގެ ނިހާލް މުހައްމަދު ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ތިރީ ކަނަށް ވަންނަން ދަނިކޮށް ދިފާއު ކޮށްފަ އެވެ.
ޕެނަލްޓީ ޝޫޓައުޓް ގައި ޓީނޭޖުން ވަނީ އެޓީމުން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. ޓީނޭޖްގެ ޕެނަލްޓީތައް ޖެހީ އަހުމަދު މަހުމޫދާއި ޖައިލަމް އަހުމަދު (ޖީނޯ) އަދި ނާހިލް އަލީ އާއި ކެޕްޓަން ކަން ކުރި އުޒްބެކިސްތާނުގެ ޑިފެންޑަރު ފުރްކަޓް ޚަސަންބޮއެވް އެވެ.
ކުޑަހެންވޭރުން ފުރަތަމަ ޕެނަލްޓީ ފޮނުވާލީ މުހައްމަދު ތިލްމީޒް އެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ، ޓީނޭޖްގެ ބިދޭސީ ކީޕަރު މުހައްމަދު ހަސަން ވަނީ ދިފާއު ކޮށްފަ އެވެ. މި ކީޕަރަކީ 2023/24 ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ ސެންޓްރަލް ޒޯން އޯޕަން ޑިވިޝަނުގައި ބ. އޭދަފުށީގެ، އޭދަފުށީ ފުޓުބޯޅަ ކުލަބުގެ ގޯލު ބެލެހެއްޓި ކީޕަރެވެ.
ކުޑަހެންވޭރުގެ ދެވަނަ ޕެނަލްޓީ ޝަހީމް އަބްދުލް ގާދިރު ކާމިޔާބު ކުރި އެވެ. ޓީނޭޖްގެ ކީޕަރު ރަނގަޅު ކޮޅަށް ހަރަކާތް ކުރި ނަމަވެސް، ކީޕަރަށް ބޯޅައިގައި އަތްލެވޭގޮތެއް ނުވި އެވެ. އެޓީމުގެ ތިންވަނަ ޕެނަލްޓީ ބިދޭސީ ކުޅުންތެރިޔާ ސާދު އަލީ ފޮނުވާލުމުން ދިޔައީ ގޯލު މަތިން ބޭރަށެވެ.
ދެވަނަ ޑިވިޝަނުގައި ކުޅެން އިއްބެ މަސްއޮޑި އަށް
ޕެނަލްޓީގައި ނިއު ބަލިކޮށް ބުރު ސްޕޯޓްސް ފައިނަލަށް
ނިއު ބަލިކޮށް އެލްޓީ އެއްވަނަ އަށް
މެޗު އޮފިޝަލުން ހަމަނުވެގެން މިއަދުގެ މެޗުތައް ކެންސަލް
އަރާޝް އާއި ޝަފްލޭގެ ލަނޑުތަކުން ޓެންޓް މޮޅުވެއްޖެ
މޮޅަކާއެކު ނިއު އެނބުރި އައުމުން ފޯރި ގަދަވެއްޖެ
ވަރުގަދަކޮށް ނުކުތް ޖޭޖޭ އާއި ބުރު ވެސް ފެށީ މޮޅަކުން
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ރެފްރީންނާ ހެދި ތުރުކީ ލީގު ވަނީ ވިހަވެފައި: މޮރީނިއޯ