26 ޖުލައި 2022
މެޗު އޮފިޝަލުން ހަމަނުވެގެން އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ ދެ މެޗު ވެސް ފަސްކޮށްފި އެވެ.
މެޗު އޮފިޝަލުން ހަމަނުވެގެން އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ ދެ މެޗު ވެސް ފަސްކޮށްފި އެވެ.
ގުރޫޕް އޭގެ ދެ މެޗެއް މާފަންނު ޓާފް ދަނޑުގައި މިއަދު ކުޅެން ތާވަލް ކުރެވިފައި އޮތް އިރު، ހަވީރު ކުޅެން އޮތީ ދިވެހި ސިފައިންގެ ކުލަބާއި ކްލަބް ޕީކޭ އެވެ. އަދި މިރޭގެ މެޗުގައި ބައްދަލުކުރަން އޮތީ ޓެންޓް ސްޕޯޓްސް ކުލަބާއި ޖޭޖޭ ސްޕޯޓްސް ކުލަބެވެ.
މިއީ ތަފާތު ސަބަބުތަކާ ހުރެ މިއަހަރުގެ ދެވަނަ ޑިވިޝަނުގައި މެޗު ކުޅޭ ތާރީހު ފަސްކުރަން ޖެހުނު ހަތަރުވަނަ މެޗެވެ. އެއީ މުޅިން ވެސް ގުރޫޕް އޭ ގެ މެޗުތަކެކެވެ. އޭގެ ކުރިން މުބާރާތް ފެށި ދުވަހުގެ ރޭ، ސިފައިންގެ ކުލަބާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބް ކުޅެން އޮތް މެޗު ވަނީ ކެންސަލް ކޮށްފަ އެވެ. އެއީ، ކެޕިޓަލް ސިޓީގެ އޮފިޝަލުން މެޗަށް ހާޒިރު ނުވުމުންނެވެ.
ނަތީޖާއެއްގެ ގޮތުން ސިފައިންނަށް ފައިދާ ދެ ގޯލާ އެކު މެޗުން މޮޅުވި ކަމަށް ނިންމީ އެވެ. އަދި ކެޕިޓަލް ސިޓީގެ އޮފިޝަލުން މެޗަށް ހާޒިރު ނުވި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހުށަހަޅާފައި ވާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެއެވެ.
މުބާރާތުގައި އެންމެ ފުރަތަމަ ޝެޑިއުލަށް ބަދަލު ގެނައީ، މިދިޔަ އާދިއްތަ ދުވަހު ކުޅެން ހަމަޖެހުނު ދެ މެޗެވެ. އެދުވަހު ހަވީރު ސިފައިންނާއި ބިސްބުރު ސްޕޯޓްސް ކުލަބް ކުޅެން އޮތް މެޗާއި، ޕީކޭ އަދި ކުޑަ ހެންވޭރު ބައްދަލުކުރަން އޮތް މެޗު ފަސްކުރީ ބޯކޮށް ވާރޭ ވެހި، އެ ދުވަހު ޓާފް ދަނޑުގައި މެޗުތައް ކުޅެވޭނެ ހާލަތެއް ނެތުމުންނެވެ. އެ ދެ މެޗު ވެސް ފަހުން ވަނީ ކުޅެފަ އެވެ.
މެޗު އޮފިޝަލުން ހަމަނުވެގެން މިއަދު ފަސްކުރި ދެ މެޗު އަލުން ކުޅޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.
ގޯލްޑް ކަޕްގެ ހިނިތުންވުމާއެކު، ދޫނުދީ ފޯރި ދިރުވަންވީ
ސީޒަން ފަށާއިރެއް ނޭގޭތީ މާޒިޔާ ޕްރެކްޓިސް ހުއްޓާލައިފި
ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ލިބޭނެ
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް
ގޯލްޑްކަޕަށް ގަލޮޅު ދަނޑު، ޔޫތުލީގު ހެންވޭރު ދަނޑަށް
ފުޓްބޯޅަ ކޮޅަށްނެގުމަކީ ގައުމީ މަސައްކަތެއް:ނައިބުރައީސް
ކޭޕާކާއެކު ހެދި އެއްބަސްވުންތަކުން އެފްއޭއެމަށް ގެއްލުން
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި