22 އޮކްޓޯބަރ 2023
ފީފާ އާއި ބޭރުގެ އެކި ފަރާތްތަކުން ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އަށް ދޭ ފަންޑާއި އެހީގެ ފައިސާ، އެކައުންޓަށް ޖަމާވުމާ އެކު އެތަނުގެ ބައެއް ވެރިންނާއި އެ މީހުންނާ ގުޅުން ހުރި ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ފޮނުވާކަން އެނގޭ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ލިބިފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފީފާ އާއި ބޭރުގެ އެކި ފަރާތްތަކުން ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އަށް ދޭ ފަންޑާއި އެހީގެ ފައިސާ، އެކައުންޓަށް ޖަމާވުމާ އެކު އެތަނުގެ ބައެއް ވެރިންނާއި އެ މީހުންނާ ގުޅުން ހުރި ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ފޮނުވާކަން އެނގޭ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ލިބިފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދަން ފުލުހުން މިއަދު ހެނދުނު އެފްއޭއެމް އަށް ވަދެފައި ވާއިރު، ބަލައި ފާސްކުރުން އަދިވެސް ދަނީ ކުރިއަށެވެ.
ފުލުހުންގެ ރަސްމީ ބަހެއް މި މައްސަލާގައި އަދި ނުލިބުނަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ އެކައުންޓަށް ޖަމާވާ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ އެކި އެކައުންޓްތަކަށް ފޮނުވައި އެއަށް ހިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މުއާމަލާތްތައް ހިންގާކަން ފުލުހުންގެ ތަހުގީގަށް އެނގި އެކަން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ސަމާލު ކަމަށް ގެނެސްފަ އެވެ.
އެފްއޭއެމަށް ޑޮލަރުން ލިބޭ ފައިސާ އެތަނުގެ ވެރިންނާ ގާތް ގުޅުމެއް އޮންނަ މީހެއްގެ ކުންފުންޏެއްގެ އެކައުންޓަށް ވެސް ފޮނުވާފައިވާ ހުންނަ ކަމަށާއި އެހެން ފޮނުވާ ފައިސާގެ ބަދަލުގައި އެފްއޭއެމަށް ފައިސާ ލިބިފައި ނުހުންނަކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށްވެ އެވެ. އެހެންވެ އެ މައްސަލަ ތަހުގީގުކުރަން ޕީޖީ ހުސައިން ޝަމީމް އަމުރުކުރެއްވީ އެވެ.
މިއީ މައްސަލައެއް ތަހުގީގުކުރުމަށް މިހާރުގެ ޕީޖީ ކުރެއްވި ތިން ވަނަ އަމުރެވެ.
އެފްއޭއެމް ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްދާއިރު، ބައްސާމް އެފްއޭއެމް އޮފީސް ކައިރީގައި --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
"...މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން އާއި ވައްކަމާއި ހިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ، އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް މި އޮފީހަށް ފޮނުއްވުމަށް އަމުރު ކޮށްފައި" ވާނެ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.
ހިޔާނާތުގެ ތުހުމަތާ ގުޅިގެން ކުރިއަށްދާ ތަހުގީގާ ގުޅިގެން ވާހަކަ ދައްކާނީ މިހާރު ކުރިއަށްދާ ކަންކަން ނިމުމުން ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ވަނީ ވިދާޅުވެފަ އެވެ.
ފީފާ އިން ދެކޭގޮތުގައި ގައުމީ ފުޓްބޯޅަ އިދާރާއަކަށް ފުލުހުން ވަނުމަކީ ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުމެވެ. ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރައިގެން ދެކުނު އޭޝިއާ ސަރަހައްދުގެ އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވަނީ މީގެ ކުރިން ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފަ އެވެ.
ނަމަވެސް ރާއްޖޭގެ މި މައްސަލައާ ގުޅިގެން ފީފާ އިން އަދި ގޮތެއް ނުނިންމަ އެވެ. އެފްއޭއެމް ހައުސް ތެރެއަށް ފުލުހުން ވަދެ ތަހުގީގެއް ހިންގާކަން ފީފާގެ ސަމާލުކަމަށް ގެނެސްފައި ވޭތޯ ސުވާލުކުރުމުން އެފްއޭއެމުން ބުނީ، އިތުރު ކަންކަން ކުރިއަށް ގެންދާނީ ފުލުހުންގެ ތަހުގީގުގެ މަސައްކަތް ނިމުމުން ކަމަށެވެ.
އެފްއޭއެމް ކޮރަޕްޝަން ތަހުގީގު އަވަސްކުރަން މަޝްވަރާއަށް
ބައްސާމް ފީފާ ކޮންގްރެސްއަށް ދަނީ، ފުރުން މަނާ!
ފީފާގެ ޑިވެލޮޕްމެންޓް ފަންޑް އެފްއޭއެމަށް ނުދިން
10000 ޑޮލަރުގެ މައްސަލާގައި ބައްސާމަށް ދައުވާކުރަނީ
އެފްއޭއެމްގެ މުސާރަ ދޭން ފީފާއިން ތިން ލައްކަ ޑޮލަރު
އެފްއޭއެމްގެ ވެރިންނަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފި
ޕްރެޝަރު ދަނޑިވަޅުގައި ބައްސާމް ފީފާގެ ރައީސްގެ ގާތަށް
އެފްއޭއެމަށް ފުލުހުން ވަނުމުން ރާއްޖެ ސަސްޕެންޑްކުރާނެ؟
ވާހަކަ ދައްކާނީ ކުރިއަށްދާ ކަންކަން ނިމުމުން: ބައްސާމް
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟