އެފްއޭއެމްގެ ވެރިންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައިގެ ތަހުގީގު އަވަސްކުރަން ފުލުހުންނާ އެކު ޕީޖީން މިއަދު މަޝްވަރާކޮށްފި އެވެ.
24 މާޗް 2024
އެފްއޭއެމްގެ ވެރިންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައިގެ ތަހުގީގު އަވަސްކުރަން ފުލުހުންނާ އެކު ޕީޖީން މިއަދު މަޝްވަރާކޮށްފި އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ތަހުގީގު ޓީމާ، ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ބައްދަލު ކުރެއްވި އެވެ.
ޕީޖީ އޮފީހުން ބުނީ އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާ އެމަސައްކަތްތައް ނިންމާނެ ގޮތުގެ ޓައިމްލައިނަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި އެ ތަހުގީގަށް އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވެއެވެ." ޕީޖީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބަޔާން ނަގައި މިމައްސަލައިގައި އިތުރަށް ކުރަން ހުރި މަސައްކަތް ނިންމައި ވީހާ އަވަހަކަށް ދައުވާކުރަން ފޮނުވައި ދިނުމަށް ޕީޖީން ވަނީ އެދިފަ އެވެ.
އެފްއޭއެމަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގައި ޕްރައިމް ސަސްޕެކްޓަކީ، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް ޕީޖީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެފްއޭއެމަށް، ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކުރުމަށް ޕްރޮސިކިއުާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.
ފުލުހުން އެފްއޭއެމްގެ މައްސަލަ ތަހުގީގު ކުރަން ފެށީ، ޕީޖީ އަންގަވައިގެންނެވެ. އެ ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު ފުލުހުން ވަނީ އެފްއޭއެމްގެ އޮފީހަށް ވެސް ވަދެފަ އެވެ.
އެފްއޭއެމްގެ ފައިސާ ވެރިންގެ އެކައުންޓަށް ފޮނުވާފައިހުރޭ
އެފްއޭއެމް ފައިސާ ބައްސާމް ހޭދަކުރީ އަމިއްލަވިޔަފާރިއަށް
10000 ޑޮލަރުގެ މައްސަލާގައި ބައްސާމަށް ދައުވާކުރަނީ
ބައްސާމަކީ ޕްރައިމް ސަސްޕެކްޓް، ދައުވާކުރާނަން: ޕީޖީ
އެފްއޭއެމްގެ ވެރިންނަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފި
އެފްއޭއެމް މައްސަލާގައި އަމިން އަށް ވެސް ދައުވާކޮށްފި
ބައްސާމްގެ ދެވަނަ ވަކީލު ވެސް މައްސަލަ ދޫކޮށްލައިފި
އެފްއޭއެމްގެ ހިޔާނަތް: ބައްސާމަށް އިތުރު ދައުވާތަކެއް
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި