26 އޮކްޓޯބަރ 2023
ބައިނަލްއަގްވާމީ އިދާރާތަކުން ދޭ ފައިސާ އެފްއޭއެމްގެ ވެރިން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި އަދި ޒާތީ ބޭނުމަށް ކުރިމަތިކުރާ ކަންކަމަށް ރައްދު ނުދީ ނުތިބޭނެ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.
ބައިނަލްއަގްވާމީ އިދާރާތަކުން ދޭ ފައިސާ އެފްއޭއެމްގެ ވެރިން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި އަދި ޒާތީ ބޭނުމަށް ކުރިމަތިކުރާ ކަންކަމަށް ރައްދު ނުދީ ނުތިބޭނެ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު، އެފްއޭއެމްގެ އޮފީހަށް ވަދެ ފުލުހުން ކުރިއަށްގެންދިޔަ ރެއިޑަށް ފަހު، އެކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ އިދާރާގެ އެއްވެސް ވެރިޔަކު ވެސް މުވައްޒަފަކު ވެސް އަދި އެއްވެސް މެންބަރެއް ފައިސާ އަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.
އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ އެންމެހާ ތުހުމަތުތަކަށް ފުޓްބޯޅައިގެ ހައްގުގައި އެ އިދާރާގެ މެނޭޖްމެންޓުން ކުރިމަތިލާނެ ކަމަށް ވެސް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
"ގާނޫނީ ތަރަހައިގެ ބޭރުން އެއްވެސް އަމަލެއް ވެސް މުއާމަލާތެއް ވެސް އެފްއޭއެމްގެ ފަރާތުން ކޮށްފައިނުވާނެކަން މި އިދާރާގެ މެމްބަރުންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ސާބިތުކޮށްދިނުމުގައި ފަހަތައް ނުޖެހޭނެ ވާހަކަ ވެސް ދަންނަވަމެވެ." އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީ ފޮނުވާ ފައިސާތަކަކީ ކޮންމެ އަހަރަކު އޮޑިޓް ކުރެވޭ އެހީތަކެއްކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. ކުރެވިފައި އޮތް ތުހުމަތުތަކާ ގުޅިގެން ކުރިއަށްދާ ތަހްގީގަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ. ނަމަވެސް ސާބިތު ނުހިފޭ ކަންކަމާ ގުޅުވައި ޒާތީ ގޮތުން ކުރިމަތިކުރާ ކަންކަމަށް ފުޓްބޯޅައިގެ ހައްގުގައި ރައްދު ނުދީ ނުތިބޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
"ސާބިތު ނުހިފޭ އަމިއްލަ މަސްލަހަތާއި ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ބޭނުމުގައި އެއްވެސް ފަރާތަކުން އެއްވެސް ޒާތެއްގައި ކުރިމަތިކުރުވާ އެއްވެސް އަމަލަކަށް ކުޅިވަރުގެ އެންމެ މަތި މާގްސަދު ހިމާޔަތް ކުރުމަށް ކުޅިވަރުގެ ރޫޙްގައި މި އިދާރާ އިން ރައްދު ނުދި ނުތިބޭނެ ވާހަކަ ވެސް ދަންނަވަމެވެ." އެ ބަޔާނުގައި ވެއެވެ.
ޖިނާއީ ތުހުމަތުތަކުގައި ތަހްގީގީ އިދާރާތަކަށާއި ތަންފީޒީ ބާރުތަކަށް އެފްއޭއެމްގެ އޮފީސް ބަލައި ފާސްކުރުމުގެ އިހުތިސާސް އޮންނާނެކަމަށް ފީފާ އާއި އޭއެފްސީން ގަބޫލު ކުރާ ކަމަށާއި ނަމަވެސް އެކަން ކުރަން ވާނީ ގާނޫނީ މަގުސަދަކަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކަމަށް ފީފާ އާއި އޭއެފްސީން ގުޅިގެން އެފްއޭއެމަށް ފޮނުވާފައިވާ ޖޮއިންޓް ސިޓީގައި ބުނެފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
ނަމަވެސް އެފްއޭއެމް ހިންގުމުގައި މުސްތަގިއްލުަކަން ގެއްލުވާލައި ނުފޫޒު ފޯރުވާނަމަ ރާއްޖެއާ ދެކޮޅަށް ފީފާ އާއި އޭއެފްސީން ފިޔަވަޅު އަޅަނެ ކަމަށް ވެސް ބައިނަލްއަގްވާމީ އެ ދެ އިދާރާއިން އަންގާފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
އެފްއޭއެމް ކޮރަޕްޝަން ތަހުގީގު އަވަސްކުރަން މަޝްވަރާއަށް
އެފްއޭއެމްގެ ފައިސާ ވެރިންގެ އެކައުންޓަށް ފޮނުވާފައިހުރޭ
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ބައްސާމްގެ ފްލެޓް އަތުލުން ފަސްކުރުމުން ފާޑުކިޔުން
އެޕާޓްމަންޓް ހަވާލުކުރާ މުއްދަތު އިތުރުކުރަން އެދެފި
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި