18 އެޕްރީލް 2024
މިދިޔަ ފަސް އަހަރު، ފީފާއިން އެފްއޭއެމް އަށް ދިން 12 މިލިއަން ޑޮލަރުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކައުންޓަށް ޖަމާކޮށް އޭނާގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަމަށް ޕީޖީން ބުނެފި އެވެ.
މިދިޔަ ފަސް އަހަރު، ފީފާއިން އެފްއޭއެމް އަށް ދިން 12 މިލިއަން ޑޮލަރުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކައުންޓަށް ޖަމާކޮށް އޭނާގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަމަށް ޕީޖީން ބުނެފި އެވެ.
ޕީޖީ އޮފީހުގެ ނިއުސްލެޓާ، "އުންސުރު" ގެ މިދިޔަ މަހުގެ އަދަދުގައި ބުނެފައި ވަނީ ޑޮލަރު މާރު ކުރުމުގެ ނަމުގައި އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކުރުމަށް، ބޭންކަށް ފޮނުވާ މައުލޫމާތުގައި އެފްއޭއެމުން ޖަހާފައި ވަނީ "ސޭލްސް އޮފް ޑޮލަރު" ކަމަށެވެ.
" ... ނަމަވެސް، އެ ފައިސާ އަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވެއެވެ. މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށެވެ.،" އުންސުރުގެ އާޓިކަލްގައި ވެއެވެ.
ޕީޖީ ޝަމީމް: އެފްއޭއެންގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރަން އެންގެވީ އޭނާ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ފައިސާ ބޭނުންކޮށްގެން ބައްސާމް މުދާ ގަނެ އޭނާގެ ވިޔަފާރި އަށް ހަރަދު ކޮށް އާއިލާގެ ހަރަދުތަކާއި ބޭރު ދަތުރުތަކަށް ވެސް ހަރަދު ކުރުމުންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުގެ ލިޔުމުގައި ބުނެފައި ވެއެވެ.
އަމިން އެވެނިއުގައި ބައްސާމްގެ ނަމުގައި ދެ ޕެންޓް ހައުސް އާއި އެޕާޓްމެންޓެއް ހުރެ އެވެ."މިހާރު" އާ ވާހަކަ ދެއްކި މައުލޫމާތު އެނގޭ މީހަކު ބުނީ އެ ދެ ޕެންޓް ހައުސް އެއްކޮށްލައި ލަގްޒަރީ ފެންވަރަށް ވަނީ ހަދައިފަ އެވެ. އެ ދެ ޕެންޓް ހައުސްގެ އަގު 15 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އޭނާ ބުންޏެވެ.
އެފްއޭއެމުން ޑޮލަރު މާރުކޮށް ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެފްއޭއެމްގެ ކޮރަޕްޝަން މައްސަލަތަކުގައި ކުރިއަށްދާ ތަހުގީގުގެ ތެރެއިން އަދި މިހާތަނަށް ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވީ އެންމެ މައްސަލައެކެވެ.
އެފްއޭއެމްގެ ފައިސާއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.
އިތުރު މައްސަލަތަކުގެ ތަހުގީގު އަދި ވެސް ދަނީ ކުރިއަށެވެ. ތަހްގީގު އަވަސް ކުރުމަށް ބާރު އަޅައި ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް، ވަނީ އެ މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ ތަހުގީގު ޓީމާ މިދިޔަ މަހު ބައްދަލު ކުރައްވައިފަ އެވެ.
އެ އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާ އެމަސައްކަތްތައް ނިންމާނެ ގޮތުގެ ޓައިމްލައިނަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް، ޕީޖީ އޮފީހުން ބުނެފައި ވެއެވެ. އަދި އެ ތަހުގީގަށް އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.
ފުލުހުން އެފްއޭއެމްގެ މައްސަލަ ތަހުގީގު ކުރަން ފެށީ، ޕީޖީ އަންގަވައިގެންނެވެ. އެ ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު ފުލުހުން ވަނީ އެފްއޭއެމްގެ އޮފީހަށް ވެސް ވަދެފަ އެވެ.
އެފްއޭއެމް ކޮރަޕްޝަން ތަހުގީގު އަވަސްކުރަން މަޝްވަރާއަށް
އެފްއޭއެމުން 12މިލިއަން ޑޮލަރު މާރުކުރީ އުސޫލެއް ނެތި
ބައްސާމަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކޮށްފި
10000 ޑޮލަރުގެ މައްސަލާގައި ބައްސާމަށް ދައުވާކުރަނީ
ބައްސާމަކީ ޕްރައިމް ސަސްޕެކްޓް، ދައުވާކުރާނަން: ޕީޖީ
އެފްއޭއެމްގެ ފައިސާ ވެރިންގެ އެކައުންޓަށް ފޮނުވާފައިހުރޭ
ބައްސާމްގެ އެޕާޓްމެންޓްމައްސަލަ ފަނޑިޔާރުންގެ ރިވިއުއަށް
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް