18 އެޕްރީލް 2024
ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހަ އަހަރު ތެރޭގައި 12 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށާއި އެ ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން މާރުކޮށްފައި ވަނީ އެއްވެސް އުސޫލެއް ނެތި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނެފި އެވެ.
ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހަ އަހަރު ތެރޭގައި 12 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށާއި އެ ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން މާރުކޮށްފައި ވަނީ އެއްވެސް އުސޫލެއް ނެތި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނެފި އެވެ.
ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކޮށްފަ އެވެ.
އެ މައްސަލާގައި ޕީޖީ އޮފީހުން އާންމު ކުރި މައުލޫމާތެއްގައި ބުނެފައި ވަނީ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ފީފާ އިން ގާތްގަނޑަކަށް 12.4 މިލިއަން ޑޮލަރު (191.2 މިލިއަން ރުފިޔާ) އެހީގެ ގޮތުގައި ދީފައިވާ ކަމަށެވެ.
ފީފާ އާއި ބޭރުގެ އެހެން އެސޯސިއޭޝަންތަކުން ޖަމާކުރާ ބޭރު ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން އެފްއޭއެމް އިން ދިވެހި ފައިސާ ހޯދަމުން ގެންދިޔައީ އެއްވެސް އުސޫލެއް ނެތި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން އެ މުއާމަލާތްތަކާ ގުޅޭ އެއްވެސް ރެކޯޑެއް ބަލަހައްޓާފައި ނުވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އާ ގުޅޭ ލިޔުންތަކުގައި ވެސް "ސޭލްސް އޮފް ޑޮލާސް" ލިޔެފައިވީ ނަމަވެސް އެ ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ނުވަންނަ ކަމަށާއި އެ ފައިސާ ބޭނުން ކޮށްފައި ހުންނަނީ އޭނާގެ އަމިއްލަ ބޭނުންތަކަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބައްސާމްގެ މައްޗަށް ކުރާ ދައުވާގައި އެދިފައި ވަނީ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށެވެ.
ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެފްއޭއެމުން ނެގި ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އެފްއޭއެމް ފައިސާ ބައްސާމް ހޭދަކުރީ އަމިއްލަވިޔަފާރިއަށް
އެފްއޭއެމް ކޮރަޕްޝަން ތަހުގީގު އަވަސްކުރަން މަޝްވަރާއަށް
ބައްސާމަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކޮށްފި
10000 ޑޮލަރުގެ މައްސަލާގައި ބައްސާމަށް ދައުވާކުރަނީ
އެފްއޭއެމްގެ ފައިސާ ވެރިންގެ އެކައުންޓަށް ފޮނުވާފައިހުރޭ
ބައްސާމްގެ އެޕާޓްމެންޓްމައްސަލަ ފަނޑިޔާރުންގެ ރިވިއުއަށް
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި