Roadha Mihaaru

އެފްއޭއެމްގެ މައްސަލަތަކާ ގުޅޭ ގޮތުން ޕީޖީ އާއި ފީފާގެ ވަފުދުން މަޝްވަރާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި މިހާރު ރާއްޖެ އައިސް އުޅޭ އުޅޭ ފީފާގެ ވަފުދާ، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެފްއޭއެމްގެ މައްސަލަ:ޕީޖީ އާއި ފީފާއިން މަޝްވަރާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި މިހާރު ރާއްޖެ އައިސް އުޅޭ އުޅޭ ފީފާގެ ވަފުދާ، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ ކަންކަން ހަމަޔަކަށް އަޅުވަން އުފައްދާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމުގައި އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާ އަށް ކުރީގެ މެނޭޖުމަންޓުގެ ދުވަސްވަރު ހިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ޕީޖީ ހިއްސާކުރެއްވި އެވެ. އެ ހިޔާނާތުގެ ސަބަބުން އެފްއޭއެމަށް ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް އެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެން، އެ އިދާރާގެ މަސައްކަތްތައް އާންމު ހާލަތަކަށް ރުޖޫއަ ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގައި ދިމާވާ ދަތިތައް އެފްއޭއެމްގެ ފަރާތުން ޕީޖީއާ ހިއްސާކުރި އެވެ.

މިދިޔަ ހަފުތާގައި މަގާމާގާ ހަވާލުވެވަޑައިގެންނެވި އައްބާސް ވަނީ ތަހުގީގީ އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެފްއޭއެމްގެ ތެރޭގައި މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް އަމާޒު ކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް އައްބާސް އެދިވަޑައިގަތެވެ.

އެފްއޭއެމާ ގުޅޭ ހިޔާނާތުގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފެށީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ނެރުއްވި އަމުރަކާ ގުޅިގެންނެވެ.

އެފްއޭއެމްގެ އެކައުންޓުން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭނާގެ އަމިއްލަ އެކައުންޓަށް 10،000 ޑޮލަރު ޖަމާކޮށް އެ ފައިސާ އަށް ހިޔާނާތްތެރި މައްސަލައިގައި އޭނާގެ މައްޗަށް ޕީޖީ އޮފީހުން ވަނީ މި އަހަރުގެ ކުރީކޮޅު ދައުވާކޮށްފަ އެވެ.

ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވީ މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން، ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި ތަހުގީގު ނިންމައި، ދައުވާކޮށްދޭން އެދި ފުލުހުން ވަނީ މިދިޔަ ހަފުތާގައި ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.