Roadha Mihaaru
އެފްއޭއެމްގެ މުސާރަ ދޭން ފީފާއިން ތިން ލައްކަ ޑޮލަރު

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދޭން ފީފާއިން ތިން ލައްކަ ޑޮލަރު ދެނީ، އެއް ލައްކަ ޖަމާކޮށްފި

12 ޑިސެމްބަރ 2023

މުވައްޒަފުންނަށް މުސާރަ ދިނުން ފިޔަވައި، އެހެން ކަމަކަށް ފައިސާ ބޭނުން ނުކުރަން ޝަރުތުކޮށް، ފީފާއިން އެފްއޭއެމް އަށް ތިން ލައްކަ ޑޮލަރު ދޭން ނިންމައި، ފުރަތަމަ ޕޭމަންޓްގެ ޖަމާކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މުވައްޒަފުންނަށް މުސާރަ ދިނުން ފިޔަވައި، އެހެން ކަމަކަށް ފައިސާ ބޭނުން ނުކުރަން ޝަރުތުކޮށް، ފީފާއިން އެފްއޭއެމް އަށް ތިން ލައްކަ ޑޮލަރު ދޭން ނިންމައި، ފުރަތަމަ ޕޭމަންޓްގެ ޖަމާކޮށްފި އެވެ.

އެފްއޭއެމްގެ އާ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، ވިދާޅުވީ ފީފާ ޕޭމަންޓް ދެނީ ތިން މަރުހަލާއެއްގައި ކަމަށެވެ. ފުރަތަމަ މަރުހަލާގައި ދޭ 100،000 ޑޮލަރު އެފްއޭއެމްގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފައިސާ، ދިވެހި ރުފިޔާ އަށް މާރު ކުރަން އެހެން ބަޔަކާ ހަވާލުނުކޮށް އެކަން ކުރަނީ ބޭންކުގެ ތެރެއިން ކަމަށް ޖައުޝަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ދޭން، މިހާރު ބެންކަށް ފޮނުވާފައިވާނެ ކަމަށެވެ.

އެފްއޭއެމްގެ އާ  ޖެނެރަލް ސެކްރެޓަރީ ޖައުޝަން: އޭނާ އޭނާ ވިދާޅުވީ ފީފާ އިން ދިން ފައިސާ އިން މުސާރަ ދިނުމަށް ބޭންކަށް މިހާރު ފޮނުވާފައި ވާނެ ކަމަށް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީ ޖައުޝަން: އޭނާ އޭނާ ވިދާޅުވީ ފީފާ އިން ދިން ފައިސާ އިން މުސާރަ ދިނުމަށް ބޭންކަށް މިހާރު ފޮނުވާފައި ވާނެ ކަމަށް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ބޭންކުގެ ތެރެއިން އެކަން ކުރިއަށްދާނީ އަޅުގަނޑުމެން ރިކުއެސްޓްކޮށްފައި ވާނި ބޭންކުން އެ ފައިސާ ދިވެހި ރުފިޔާ އަށް ބަދަލު ކުރުމަށް ފަހު މުވައްޒަފުންގެ އެކައުންޓަށް ޖަމާ ކުރަން،" ޖައުޝަން "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފީފާއިން ދޭ ތިން ލައްކަ ރުފިޔާ މުވައްޒަފުންނަށް މުސާރަ ދިނުން ފިޔަވައި އެހެން ކަމަކަށް ބޭނުން ނުކުރަން ފީފާއިން ޝަރުތުކޮށްފައިވާ ކަމަށެވެ. ފުރަތަމަ ދިން އެއް ލައްކަ ޑޮލަރުން މުވައްޒަފުންނަށް މުސާރަ ދިން ކަން ކަށަވަރު ކުރުމުގެ ގޮތުން އެ ޑޮކިޔުމެންޓްތައް ފީފާ އަށް ހުށަހެޅުމުން ނޫނީ ދެވަނަ ޕޭމަންޓް ޖަމާ ނުކުރާނެ ކަމަށް ވެސް ޖައުޝަން ވިދާޅުވި އެވެ.

"މި އެއް ލައްކަ ޑޮލަރުން، (މުސާރަ ނުދެވި ދިޔަ) ހުރިހާ މަހެއްގެ މުސާރަ ނުދެވޭނެ. އެކަމަކު ތިން ލައްކަ ޑޮލަރުން ހުރިހާ މުވައްޒަފުންގެ މުސާރަތައް ވެސް އިރާދަކުރެއްވިޔާ އަދާ ކުރެވޭނެ،" ޖައުޝަން ވިދާޅުވި އެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވި އެފްއޭއެމް އާއި ފުޓްބޯޅަ ދަށް ހާލަތަކަށް ވެއްޓި ބޮޑު ޕްރެޝަރެއް ކުރިމަތި ވެފައި ވަނިކޮށް އޮކްޓޯބަރު މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައިފަ އެވެ.