Roadha Mihaaru
ވަޒީރުން ދެއްވި އެއްބާރުލުމަށް ރައީސްގެ ޝުކުރު

ފަސް އަހަރު ވަޒީރުން ދެއްވި އެއްބާރުލުމަށް ރައީސްގެ ޝުކުރު

01 އޮކްޓޯބަރ 2023

ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ވަޒީރުންނާ ބައްދަލު ކުރައްވައި، އެ ބޭފުޅުން ދެއްވި އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ވަޒީރުންނާ ބައްދަލު ކުރައްވައި، އެ ބޭފުޅުން ދެއްވި އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއް ޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެހެންވެ، އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ރައީސް ވަނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލު ކުރެވިފައިވާ ކަމަށް ވިދާޅުވެ، ވަޒީރުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާފަ އެވެ. އަދި ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައި ވެސް ނުނިމި ހުރި ކަންކަން ނިންމެވުމަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ބޭއްވި ބޭއްވި ކެބިނެޓް ބައްދަލުކުރުމުގެ ތެރެއިން: މެނިފެސްޓޯ އެއްކޮށް ތަންފީކުރުމަށް ހާއްސަ އިސްކަމެއްދޭން ރައީސް އެދިވަޑައިގެންނެވި

ބޭއްވި ބޭއްވި ކެބިނެޓް ބައްދަލުކުރުމުގެ ތެރެއިން: މެނިފެސްޓޯ އެއްކޮށް ތަންފީކުރުމަށް ހާއްސަ އިސްކަމެއްދޭން ރައީސް އެދިވަޑައިގެންނެވި

ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ހާސިލު ކުރުމަށާއި އަދި ކޯވިޑް-19 ގެ ދުވަސްވަރާއި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ދިމާވި ދަތި އުނދަގޫތަކުން އަރައިގަތުމަށް ރައީސް ދެއްކެވި ނަމޫނާ ލީޑަޝިޕް އެ ބައްދަލު ކުރެއްވުމުގައި ވަޒީރުން ފާހަގަ ކުރެއްވި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 129،159 މީހުން ވޯޓު ދިނެވެ. އެއީ 54 ޕަސެންޓެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ. އެއީ 46 ޕަސެންޓެވެ.

ރައީސް މިއަދު ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ގާނޫނާ އެއްގޮތުގެ މަތިން ފަށްޓަވައިފަ އެވެ. އެގޮތުން އެކަމަށް ހާއްސަ ކޮމިޓީއެއް އެމަނިކުފާނު ވަނީ އެކުލަވާލާފަ އެވެ.