ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފުރަތަމަ އައްޔަނުކުރެއްވި ބޭފުޅުންނަށް ރުހުން ހޯއްދަވަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި، ރުހުން ދީފައިވަނީ އެ މަނިކުފާނު އުފެއްދެވި އާ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް މަޖިލީހަށް ފޮނުވައި ފާސްކުރުމުގެ ކުރިންނެވެ.
18 ޑިސެމްބަރ 2023
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފުރަތަމަ އައްޔަނުކުރެއްވި ބޭފުޅުންނަށް ރުހުން ހޯއްދަވަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި، ރުހުން ދީފައިވަނީ އެ މަނިކުފާނު އުފެއްދެވި އާ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް މަޖިލީހަށް ފޮނުވައި ފާސްކުރުމުގެ ކުރިންނެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްނުކޮށް، އެ މަނިކުފާނުގެ ވަޒީރުންނަށް ރުހުން ދިނުން ބޮޑު ސުވާލަކަށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ހަދާފައިވާ އިރު، އޭރު އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ އައްޔަނުކުރެއްވި 19 ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ހޯއްދަވަން ފޮނުއްވީ ނޮވެމްބަރު 25، 2018 ގަ އެވެ.
އެކަމަކު އޭރު ވެސް އާ މިނިސްޓްރީތަކެއް އުފައްދަވައި ގިނަ މިނިސްޓްރީތަކުގެ ބަދަލު ގެނެސްފައިވާ އިރު، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތަށް މިނިސްޓްރީތަކުގެ މަސައްކަތްތައް ފާސްކުރަން މަޖިލީހަށް ފޮނުވައި ކޮމިޓީން ގޮތެއް ނިންމާފައިވަނީ އޭގެ ފަހުންނެވެ.
އޭރު ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ޑިސެމްބަރު 3، 2018 ގައި ނިންމީ ވަޒީރު ކަމަށް ޝަރުތު ހަމަވުމާއި ގާބިލު ބޭފުޅުން ކަމަށް ކަނޑައަޅާފަ އެވެ. ކޮމިޓީން ރުހުން ދޭން ނިންމި ގޮތަށް، އޭގެ ޖެހިގެން އައި ދުވަހުގެ ޖަލްސާގައި 19 ވަޒީރުންނަށް އޭރުގެ އިދިކޮޅު މެމްބަރުންގެ ވޯޓާ އެކު ރުހުން ދީފައިވަނީ މިނިސްޓްރީތަކުގެ މެންޑޭޓު ކޮމިޓީން ފާސްކުރުމުގެ ކުރިންނެވެ. މެންޑޭޓާ ގުޅޭގޮތުން ކޮމިޓީން ފާސްކޮށްފައިވަނީ ޑިސެމްބަރު 15، 2018 ގަ އެވެ.
އޭރު މަޖިލީހުން ވަޒީރުންނަށް ރުހުންދީފައިވަނީ، މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރުމުގެ ކުރިންނެވެ. ވަޒީރުންނަށް ރުހުން ދިން އިރު، އޭރު 18 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ، ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ ހިމެނޭ ގޮތަށް އޭރު ސަރުކާރު ހިންގާ ކޯލިޝަނުގެ އަތުގަ އެވެ.
އެކަމަކު ރައީސް މުއިއްޒުގެ ސަރުކާރުގެ މެންޑޭޓު މަޖިލީހުން ފާސްނުކޮށް، އެ މަނިކުފާނުގެ 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ ގޯސްކޮށް ކަމަށް ރިޔާސަތުން ނިންމައި އެ މައްސަލަ އަނބުރާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާލާފަ އެވެ.
ފިލްޒާ ލަފާދިނީ ރުހުންނުދޭ ނަމެއް ދެންނުފޮނުވޭ ގޮތަށް
އެމްޑީޕީން ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު!
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ބޭރު ބަޔަކު ރުއްސަން
މާދަމާގެ ޖަލްސާ އެމްޑީޕީ އާއި ޑިމޮކްރަޓްސްއިން ބޮއިކޮޓް
މަޖިލީހުގެ ނިންމުމަށް އިހްތިރާމް ކުރަން: ޝަހީމް
އެމްޑީޕީގެ ވިޕާ ހިލާފަށް 5 މެމްބަރަކު ސައީދަށް ރުހުން
އެމްޑީޕީން ވެސް ނިންމީ 4 ވަޒީރަކަށް ރުހުން ނުދޭން
ހާއްސަ ޖަލްސާއެއް ބާއްވަން އެމްޑީޕީން ސޮއި ހަމަކުރަނީ
އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑާ ދެކޮޅު ނުވާނެ:ރައީސް