05 ޑިސެމްބަރ 2023
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދުވަސްވަރު އެންމެ ބޮޑަށް އަޑިއަޅާލައި އަދި އެންމެ ގިނަ ބަޔަކަށް ކެމްޕެއިނާ ދިމާކޮށް ވަޒީފާ ދިން އެއް ކުންފުނި، ފެނަކައިގެ ބައެއް މީހުން މިހާރު ވަކިކުރަމުންދާ ކަމަށް ބުނެ، މި ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ނުދޭނެ ކަމުގެ އިންޒާރު އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ދީފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދުވަސްވަރު އެންމެ ބޮޑަށް އަޑިއަޅާލައި އަދި އެންމެ ގިނަ ބަޔަކަށް ކެމްޕެއިނާ ދިމާކޮށް ވަޒީފާ ދިން އެއް ކުންފުނި، ފެނަކައިގެ ބައެއް މީހުން މިހާރު ވަކިކުރަމުންދާ ކަމަށް ބުނެ، މި ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ނުދޭނެ ކަމުގެ އިންޒާރު އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ދީފި އެވެ.
މަޖިލިހުގެ އަޣުލަބިއްޔަތު ކޮންޓްރޯލްކުރާ ޕާޓީގެ މެމްބަރުން އެ އިންޒާރު ދިނީ، ފެނަކައިގެ މުވައްޒަފުން ވަކިކުރާ ކަމަށް ވިދާޅުވެ، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ މިއަދު މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.
ނަމަވެސް ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު މިހާތަނަށް ވަކިނުކުރާ ކަމަށާއި އެކަމަކު މަސައްކަތެއް ނެތް "ކޮންޓްރެކްޓް ސްޓާފުން" ގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
ފެނަކައިގައި 7،300 މުވައްޒަފުން އުޅޭއިރު، ހަމައެކަނި ކޮންޓްރެކްޓް ސްޓާފުންގެ އަދަދު ވެސް 2،000 އަށް އަރާ ކަމަށް މުއާޒު ވިދާޅުވި އެވެ.
މަސައްކަތެއް ނެތް "ކޮންޓްރެކްޓް ސްޓާފުން" ގެ އެއްބަސްވުން އާ ނުކުރަން ފެނަކައިން ނިންމައިފި https://t.co/3sKoPKNOsC
— Mihaaru (@Mihaarunews) December 5, 2023
އޭނާ ވިދާޅުވީ، ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު، އެ ސައިޓެއްގައި ކުރާނެ މަސައްކަތެއް ނެތް ނަމަ އެ މުވައްޒަފެއްގެ ކޮންޓްރެކްޓް މުއްދަތު އިތުރު ނުކުރާ ކަމަށެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ރާއީ ވިދާޅުވީ، މި ސަރުކާރަށް މަހެއް އަދި ނުވާއިރު، އެމްޑީޕީ ސަރުކާރުން މަޝްރޫއުތައް ހިންގަން ނަގާފައިވާ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރާއީ ވިދާޅުވީ، މުވައްޒަފުން ވަކިކޮށްފައި، ވަޒީރުންނަށް ރުހުން ހޯދަން އަންނަން ޖެހޭނީ ހަމަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހަށް ކަމަށެވެ.
"ކަނޑާލާ ކޮންމެ މުވައްޒަފަކަށް އަޅުގަނޑުމެން މި ތަނުން މިނިސްޓަރަކަށް ރުހުން ދިނުން ހުއްޓާލާނަން. އެކަން ނުކުރެވޭނެ. އެހެންވީމާ ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް އެއްވެސް ރަށެއްގެ މުވައްޒަފަކަށް އެގޮތަށް ކަން ކޮށްފި ނަމަ ރައީސް މުވައްޒަފުގެ ކެބިނަޓަށް ރުހުން ދޭކަށް ލާހިކެއް ކުޅަދާނައެއް ނޫން،" ރާއީ ވިދާޅުވި އެވެ.
އެ ވާހަކަ އަށް ބާރުދެއްވައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވީ، އެ ގޮތަށް މުވައްޒަފުން ވަކިކުރަމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީ ހުންނަވަން ބޭނުން ނުވާ ކަމަށާއި ނަމަވެސް މި ކަހަލަ ކަންކަން ހިނގާ ނަމަ އެކަން ކުރަން މަޖުބޫރުވާނެ ކަމަށެވެ.
"ވަރަށް ބޭނުން ކެބިނެޓަށް ވޯޓު ދޭން. އެކަމަކު މި ކަހަލަ ކަންތައްތައް މި ގޮތަށް ހިނގާ ނަމަ އެ ޖަޒުބާތުގައި ޖެހޭނެ. އަޅުގަނޑުމެންގެ އާންމު މެންބަރުންނާ މެދު މިކަހަލަ ކަންކަން ކުރަންޏާ،" ހަލީމް ވިދާޅުވި އެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ އިތުރު ބައެއް މެންބަރުން ވެސް ވަނީ އެ ވާހަކަ ދައްކަވައިފަ އެވެ. އަދި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރައްވައިފަ އެވެ.
ފެނަކައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުންޏެވެ. އެ ކުންފުނީގައި 7،300 މުވައްޒަފުން އެބަ ތިއްބެވެ. މިއީ އެ ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ މާ ގިނަ އަދަދެއް ކަމަށް އާ އެމްޑީ މުއާޒު ކުރިން ވިދާޅުވެފައި ވެ އެވެ
ފިލްޒާ ލަފާދިނީ ރުހުންނުދޭ ނަމެއް ދެންނުފޮނުވޭ ގޮތަށް
2018ގައި ރުހުން ދިނީ މެންޑޭޓު ފާސްނުކޮށް
ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ބޭރު ބަޔަކު ރުއްސަން
މާދަމާގެ ޖަލްސާ އެމްޑީޕީ އާއި ޑިމޮކްރަޓްސްއިން ބޮއިކޮޓް
މަޖިލީހުގެ ނިންމުމަށް އިހްތިރާމް ކުރަން: ޝަހީމް
އެމްޑީޕީގެ ވިޕާ ހިލާފަށް 5 މެމްބަރަކު ސައީދަށް ރުހުން
އެމްޑީޕީން ވެސް ނިންމީ 4 ވަޒީރަކަށް ރުހުން ނުދޭން
ހާއްސަ ޖަލްސާއެއް ބާއްވަން އެމްޑީޕީން ސޮއި ހަމަކުރަނީ
އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑާ ދެކޮޅު ނުވާނެ:ރައީސް
ރުހުން ދިނުން "ވާނުވާ" އަށް ދޫކޮށްލާފައި ޗުއްޓީއަށް!