Roadha Mihaaru
އިންތިހާބީ ރައީސް މުއިއްޒަށް މޯދީ މަރުހަބާ ވިދާޅުވެއްޖެ

މުއިއްޒަށް މޯދީ މަރުހަބާ ވިދާޅުވެ ގާތް ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި

01 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް 53 ޕަސެންޓުގެ ވޯޓުން ކާމިޔާބީ ހޯއްދެވި މުއިއްޒު ޓެގްކުރައްވައި މޯދީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

އިންޑިއާއާ އެކު ބާއްވާ ގުޅުމުގެ ސަބަބުން އެ ގައުމުގެ ނުފޫޒު ރާއްޖޭގެ މައްޗަށް މާބޮޑަށް ގަދަވެ މިނިވަންކަމަށް ނުރައްކާވެފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ. ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ގާއިމުވެ ތިބޭ ކަމަށް ބުނެ އެ މީހުން ގައުމުން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށް އިންތިހާބުގެ ކެމްޕެއިން ތެރޭ މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ

ރިޔާސީ އިންތިހާބުގެ ނަތީޖާ

އިންޑިއާއާ ގުޅުވައި ސަރުކާރަށް އަމާޒުކުރާ ތުހުމަތުތައް ސަރުކާރުން އަބަދުވެސް ދޮގުކުރެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުވާ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައިނުގަތުމުން، އެންމެ ކުރީގައި އޮތް ދެ ކެންޑިޑޭޓުންނާ އެކު ބޭއްވި ދެ ވަނަ ބުރުގައި މާލޭގެ މޭޔަރު މުއިއްޒަށް 126،00 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރެއްވި ރައީސަށް ލިބިވަޑައިގަތީ 108،000 ވޯޓެވެ.