04 ސެޕްޓެމްބަރ 2023
ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް މަޝްރޫއެއް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ނަމަ އެ ކުންފުންޏެއް ރާއްޖެ އިން ބޭރުކުރަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް މަޝްރޫއެއް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ނަމަ އެ ކުންފުންޏެއް ރާއްޖެ އިން ބޭރުކުރަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަހިބަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އިންތިހާބު ގުޅިފައި އޮތީ ހަމައެކަނި ތަރައްގީއާ ނޫން ކަމަށާއި އެންމެ ބޮޑު ކަމަކަށް އޮތީ މިނިވަންކަން ޔަގީން ކުރުން ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ވޯޓު ދޭއިރު ތަރައްގީ އާއި މަޝްރޫއުތަކާ މެދު ވިސްނުމަށް ވުރެ ރާއްޖޭގެ މިނިވަންކަމަށް ވިސްނުން މާ މުހިންމެވެ. އެ މަގަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ޕީޕީއެމް/ޕީއެންސީ އަށް ވޯޓު ދީގެން "ދިވެހީންގެ ރާއްޖެ" އަނބުރާ ގެނެސްގެން ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުން މުއިއްޒުގެ ވެރިކަމެއްގައި ހުއްޓުވާނެ ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އެ އަށް ވުރެ މާ ރަނގަޅަށް އެ އެއާޕޯޓު ހަދާނެ ކަމަށެވެ.
މަހިބަދޫގައި ބޭއްވި ރެލީގެ ތެރެއިން ސަޕޯޓަރުންތަކެއް؛ ގިނަ ބަޔަކު މި ރެލީގައި ބައިވެރިވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިފަދަ ކޮންމެ މަޝްރޫއަކަށް ބެލި ނަމަވެސް ފެންނަނީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ކަމަށާއި އެ ކަންކަން ހަމަ މަގަށް އެޅުވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކުން ކަމަށާއި އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތު ބިނާވެފައި އޮތީ އެންމެ ފުރަތަމަ މިނިވަންކަން އޮންނާނެ ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިނިވަންކަން [އެއީ] ނަންބަރު ވަން. މިނިވަންކަމަކާ ނޯންނާނެ ސުވާލު ކުރޭވޭކަށް. މިތާ ތިބެވިގެން ނުވާނެ. އަޅުގަނޑު އެއްބަހެއް ވެސް ނުވާނަން އެހެން ގައުމެއްގެ ސިފައިން ތިބޭކަށް. އަޅުގަނޑުމެންގެ މިނިވަންކަން އެއީ ހަމަ ނަންބަރު ވަން،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މަހިބަދޫގައި ބޭއްވި ރެލީގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު : މިނިވަންކަމަށް ހުރަސް އެޅޭނަމަ އިންޑިއާގެ ކުންފުނިތައް ބޭރުކުރަން ފަސްނުޖެހޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވީ، އެއްވެސް ގައުމެއްގެ ސިފައިން ރާއްޖެގައި ތިބެ، މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށާއި އެ މީހުން ތިބީ "ކުލަ ހެދުމުގައި ތޯ ނޫނީ ބަޑި ހިފައިގެންތޯ" ބަލަން ނުޖެހޭނެ ކަމަށެވެ. އެއާއެކު އެކީ ގޮތް ނޭނގޭ އެއްވެސް އެއްބަސްވުމެއް ވެސް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަންޏާ ހަމަ ޖީއާމްއެރް ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ބާތިލް ކުރާނަން:--- މުއިއްޒު
ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ސިއްރުކޮށްފައިވާ ބައެއް އެއްބަސްވުންތަކަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ އެފަދަ ސިއްރު އެއްބަސްވުމަކުން މަޝްރޫއުތަކެއް ހަވާލުކޮށްފައިވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެ ހުރިހާ އެއްބަސްވުންތައް ގައުމުގެ މަސްލަހަތު އިސްކޮށްގެން ބަލާނެ ކަމަށާއި އިހުތިޔާރު ކުރާނީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވި އެވެ.
"... ބަލާއިރު ރައްޔިތުންނަށް ފައިދާވާ ގޮތަށް އޮތް މަޝްރޫއެއް ކަމަށް ވަންޏާ ކުރިއަށް ދާނެ. މިހާރަށް ވުރެ ބާރަށް ކުރިއަށް ދާނެ. މިސާލަކަށް ބްރިޖު މަޝްރޫއު. އޭގެ ހަގީގަތެއް ނޭނގޭ. ގައިމު ވެސް ނުބައިތަކެއް ހުރީމާ ނޫންތޯ ފަސް އަހަރު ވާއިރު އެންމެ ތަނބެއް ވެސް ނުފެނިގެން މި އުޅެނީ،" އެއީ މާލެ ސަރަހައްދަށް މުހިންމު އަދި ޔާމީންގެ ވެރިކަމުގައި ޕްލޭންކޮށް، ދިރާސާކުރި މަޝްރޫއެއް ކަން ފާހަގަ ކުރައްވަމުން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
"އުތުރުތިލަފަޅުގެ މަޝްރޫއުގެ އަޑިއެއް ނޭނގޭ. އެއީ ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަންޏާ ހަމަ ޖީއާމްއެރު ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ބާތިލް ކުރާނަން."
މުއިއްޒު ވިދާޅުވި ގޮތުގައި، އެ ކަންކަމަށް އެއްބަސްވެވޭ ގައުމުތަކާ އެކު އޭނާގެ ސަރުކާރެއްގައި ގާތް ގުޅުމެއް ބާއްވާނެ އެވެ. އެކަމަކު، ރަހުމަތްތެރިކަމާއި އަވައްޓެރިކަން އޮތް ނަމަވެސް އިސްކުރާނީ ގައުމު ކަމަށް ވިދާޅުވި އެވެ.
ސިފައިން ގެންދަން އިންޑިއާއިން ވެސް އިށީންނާނެ:މުއިއްޒު
ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމްކުރަން:އިންޑިއާ ސަފީރު
ބޭރު ސިފައިން ބޭރުކުރަން ވޯޓު މުހިންމު: މުއިއްޒު
މާފަރުފަޅު ހިއްކައިގެން ބޯހިޔާވަހިކަން ދޭނަން: މުއިއްޒު
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
އިންޑިއާގެ މައްސަލަ ހައްލުވާނީ ސުލްހަވެރިކޮށް: މުއިއްޒު
މުއިއްޒަށް، ޔާމީން ފާސް މާކްސް ދޭނީ ދެކަމެއް ކުރުމުން
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު