Roadha Mihaaru
ބޭރު ސިފައިން ބޭރުކުރަން ވޯޓު މުހިންމު: މުއިއްޒު

ބޭރުގެ ސިފައިން ބޭރުކުރަން ވޯޓު ލިބޭ ޕަސެންޓް މަތިކުރުން ވަރަށް މުހިންމު: މުއިއްޒު

20 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާއަށް ލިބޭ ވޯޓުގެ އަދަދު ގިނަވި ވަރަކަށް، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭރު ކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ނ. ލަންދޫން އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާއަށް ލިބޭ ވޯޓުގެ އަދަދު ގިނަވި ވަރަކަށް، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭރު ކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ބުރުގެ ކެމްޕެއިނަށް ވަޑައިގެން ނ. ލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ވަގުތު އެންމެ މުހިންމީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ހާއްސަ އިސްކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ބޭރުގެ ސިފައިން ތިބިކަން ޔަގީންވެފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަހުސްގައި އެކަމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ބޭރުގެ ސިފައިން ތިބީ މިލިޓަރީ ބޭނުމަކު ނޫން ކަމަށް ރައީސް ވިދާޅުވުމުން، އެ މީހުން މިތަނުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ނ. ލަންދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ނ. ލަންދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

"އެއީ އަޅުގަނޑުމެން ނެގޯޝިއޭޓްކުރާނެ ކަމެއް ނޫން. ނޮން ނެގޯޝިއޭބަލް، ތިބެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަން ޔަގީން ކުރާނީ ޑިޕްލޮމަސީގެ ރީތި އުސޫލުތަކުގެ ތެރެއިން ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތެވެ. އެކަމަކު، އެކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށް ވިދާޅުވެ، އެއީ މި މަހު 30 ގައި އޮންނަ އިންތިހާބުގައި އޭނާއަށް ބޮޑު ޕަސެންޓޭޖަކުން އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ނ. ލަންދޫގައި ބޭއްވި ޖަލްސާގައި އޭނާއަށް ހަނދާނީ ފިލައެއް އަރުވަނީ.-- ފޮޓޯ: ޕީޕީއެމް

އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ނ. ލަންދޫގައި ބޭއްވި ޖަލްސާގައި އޭނާއަށް ހަނދާނީ ފިލައެއް އަރުވަނީ.-- ފޮޓޯ: ޕީޕީއެމް

"50 ޕަސެންޓާއި އެއް ވޯޓުން ވެސް ކާމިޔާބުވޭ ގާނޫނުގައި އޮންނަ ގޮތުން. އެކަމަކު ޕަސެންޓޭޖު މަތިކޮށް، ގިނަ ރައްޔިތުންގެ ޕަސެންޓޭޖާ އެކު މިސާލަކަށް 60 ޕަސެންޓާ ހަމައަށް ދަނީ، މި ހިސާބުން ކާމިޔާބުވެއްޖެ ނަމަ އަޅުގަނޑުމެން މި ދެންނެވި ކަންތައް ކުރުމުގައި [ފަސޭހަވާނެ].

"އަޅުގަނޑުމެން ގޮސް ބޭރުގެ ސިފައިން ބައިތިއްބާފައި ތިބި ބޭފުޅުން ކައިރީގައި ވިދާޅުވެވޭނެ ބައްލަވާށޭ، މި ތިބިއޭ، މިހާރު ގިނަ ރައްޔިތުން އެދެޔޭ މިތަނުން ބޭރު ސިފައިން ބާލަން."

އެހެންވެ، ވޯޓު ލިބޭ ޖުމްލަ ޕަސެންޓޭޖް މަތިކުރަން މަސައްކަތް ކޮށްދިނުމަށް މުއިއްޒު އޭނާގެ ސަޕޯޓަރުންގެ ފަރާތުން އެދިވަޑައިގަތެވެ.