04 އޮކްޓޯބަރ 2023
ރާއްޖޭގެ މިނިވަން ކަމަށް އިންޑިއާއިން އިހްތިރާމް ކުރާނެ ކަމަށާއި އަދި ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން މަޝްވަރާ ކުރާނެކަމުގެ ޔަގީންކަން ވެސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒަށް އިންޑިއާގެ ސަފީރު މިއަދު ދެއްވައިފި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް އިންޑިއާއިން އިހްތިރާމް ކުރާނެ ކަމަށާއި އަދި ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން މަޝްވަރާ ކުރާނެކަމުގެ ޔަގީންކަން ވެސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒަށް އިންޑިއާގެ ސަފީރު މިއަދު ދެއްވައިފި އެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު މިއަދު ވަނީ މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ހިންގާ އިންތިހާބީ ރައީސްގެ އޮފީހުގައި މުއިއްޒުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ބުނިގޮތުގައި ރައްޔިތުންގެ ނިންމުމަށާއި ރާއްޖޭގެ މިނިވަން ކަމަށް އިންޑިއާއިން އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ސަފީރު ދެއްވި ކަމަށެވެ. އަދި ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހޯދަން މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން މުއިއްޒުގެ ވެރިކަމުގައި، އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
މުއިއްޒު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު، ހާރިޖީ ގުޅުމުގެ ތެރެއިން ހައްލު ކުރަން ޖެހޭ ރާއްޖޭގެ ބޮޑެތި މައްސަލަތައް ގުޅިފައި ވަނީ އިންޑިއާއާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒާއި ޕީޕީއެމް/ޕީއެންސީން އެންމެ ބޮޑަށް ވަކާލާތުކުރީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޮނުވާލުމަށެވެ.
އިންތިހާބީ ނައިބު ރައީސް ހުސެއިން އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރުއާ ސަލާންކުރައްވަނީ.-- ފޮޓޯ: ޓީމް މުއިއްޒު
މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެ މަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ރާއްޖެ އިން ބޭރަށް ކުރައްވާނީ އިންޑިއާ އަށް ކަމަށް އެޑްވައިޒަރު އަދި ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާކާރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެފައިވެ އެވެ.
އެންމެ ބޮޑެތި މައްސަލަތައް ހައްލު ކުރަން ޖެހެނީ އިންޑިއާއާ އެކު: ޑރ. މުއިއްޒު https://t.co/sUUJ7DAfPj
— Mihaaru (@Mihaarunews) October 4, 2023
މުއިއްޒު ވިދާޅުވެފައިވަނީ ހުރިހާ ރައީސުންގެ ފުރަތަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އިންޑިއާ އަށް ކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ކަމަށެވެ. ހާއްސަކޮށް މިހާރު ހުރި މައްސަލަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތަކީ އިންޑިއާ އަށް އެ މަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ހާއްސަ ކުރެއްވުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އަދި ވަކި ގޮތަކަށް ކަނޑައަޅުއްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އިންޑިއާ ސަފީރާ ބައްދަލުކުރެއްވުމުގެ ކުރިން މުއިއްޒު ވަނީ މިއަދު ޗައިނާގެ ސަފީރު ވޭންގް ލިޒިންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން، އެންމެ ފުރަތަމަ އޭނާ ބައްދަލު ކުރެއްވީ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާއާ އެވެ.
ބޭރު ސިފައިން ބޭރުކުރަން ވޯޓު މުހިންމު: މުއިއްޒު
ސިފައިން ގެންދަން އިންޑިއާއިން ވެސް އިށީންނާނެ:މުއިއްޒު
މިނިވަންކަން އެއީ ނަންބަރު ވަން: މުއިއްޒު
އިންޑިއާގެ މައްސަލަ ހައްލުވާނީ ސުލްހަވެރިކޮށް: މުއިއްޒު
ސިފައިން ބޭލުމުގެ ނިންމުމަށް އިހުތިރާމްކޮށް މަޝްވަރާއަށް
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ
ބޭރުގެ މަޝްވަރާ ހޯދަނީ އިންތިހާބު މިނިވަންކުރަން: އީސީ
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި
އެންމެ ބޮޑު އިސްކަމެއް އޮތީ ވިޔަފާރީގެ ގުޅުމަށް: މުނޫ
މުމްބާއީގެ ކަނޑުއަޑީގެ ޓަނަލަށް މުއްތަލިބް ވަޑައިގެންފި