07 އޮކްޓޯބަރ 2023
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާއި އެ ގައުމުން ދީފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރް ވިދާޅުވެފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާއި އެ ގައުމުން ދީފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރް ވިދާޅުވެފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މިއަދު ބުނެފި އެވެ.
އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ބޭއްވެވި ފުރަތަމަ މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، އިންތިހާބީ ރައީސް މުއިއްޒާއި އިންޑިއާގެ ސަފީރު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލާނެ ކަމުގެ ވާހަކަ ވަރަށް ސާފުކޮށް ދަންނަވާފައިވާނެ ކަމަށެވެ.
އެކަން އެހާ ސާފުކޮށް، އިންތިހާބީ ރައީސް އިންޑިއާގެ ސަފީރަށް ދެންނެވުމުން އެ ކަމަށް މަރުހަބާ ވިދާޅުވެ، އެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ވިދާޅުވިކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.
"ދިވެހި ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް އިންތިހާބީ ރައީސް [އިންޑިއާގެ ސަފީރަށް] ދެންނެވި. އެއީ އިންޑިއާ ސިފައިން މިތާ ގާއިމްވެ ތިބުމަށް ނޭދެކަން. އިންޑިއާ ސަފީރު ވިދާޅުވެ ދެއްވާފައިވޭ އެ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށް. އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގެ ސިޔާދަތަށް އިހްތިރާމް ކުރައްވާނެ ކަމަށް،" ފިރުޒުލް ވިދާޅުވި އެވެ.
ރާއްޖެ އަށް އިންޑިއާ އިން ދޫކުރި ލޯނުތައް ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސަން މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށް ސަފީރު ވިދާޅުވި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
އިންތިގާލީ ތަރުޖަމާން ފިރުޒުލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަކީ މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި އެންމެ ބޮޑަށް ދެއްކެވި ވާހަކަފުޅެވެ. އިންތިހާބު ކާމިޔާބު ވުމުން ވެސް އެ މަނިކުފާނު ވަނީ އެ ޔަގީންކަން ދިވެހިންނަށް ދެއްވައިފަ އެވެ.
އިންޑިއާ ސިފައިންގެ މައްސަލާގައި މަޝްވަރާކުރަން ތައްޔާރަށް ތިބިކަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވެސް ވަނީ ހާމަކޮށްފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމަށް ގެންދަން ދެ ގައުމު ގުޅިގެން ކުރިމަތިލާން ޖެހޭ ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވަނީ ވިދާޅުވެފަ އެވެ.
ސިފައިން ބޭލި ނަމަވެސް، އިންޑިއާއާ އެކު އޮތް ގުޅުން އެގޮތުގައި ދަމަހައްޓާނެ ކަމަށް އިންތިހާބީ ރައީސް ވަނީ ވިދާޅުވެފަ އެވެ. މަގާމުގެ ހުވާ ކުރެއްވުމަށް ފަހު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަން ވެސް އެ މަނިކުފާނު ވަނީ ހާމަކުރައްވައިފަ އެވެ. ނަމަވެސް، އެއީ އެންމެ ފުރަތަމަ ދަތުރުފުޅު ކަމަށް އަދި ނިންމާފައި ނުވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް އިންތިހާބީ ރައީސް [އިންޑިއާގެ ސަފީރަށް] ދެންނެވި. އެއީ އިންޑިއާ ސިފައިން މިތާ ގާއިމްވެ ތިބުމަށް ނޭދެކަން. އިންޑިއާ ސަފީރު ވިދާޅުވެ ދެއްވާފައިވޭ އެ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށް. އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގެ ސިޔާދަތަށް އިހްތިރާމް ކުރައްވާނެ ކަމަށް،"--- ފިރުޒުލް
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި ގައުމުތަކާއި ގާތް ގުޅުން އޮތް ވަރަށް ގިނަ ގައުމުތަކުގެ އެންމެ އިސްވެރިންނަށް ދައުވަތު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވެފަ އެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ވެސް ދައުވަތު ދެއްވާ ކަމަށް އަޑު ފެތުރުފައި އޮތް ނަމަވެސް، އޭނާ ވިދާޅުވީ މި ވަގުތު ވަކި ގައުމެއް ހާއްސަކޮށް ދަންނަވަން ނެތް ކަމަށާއި އަވަށްޓެރި ހުރިހާ ގައުމެއްގެ ވެރިންނަށް ދައުވަތު ދެއްވާނެ ކަމަށެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި އިންޑިއާއާ ވެސް ހިމެނޭ ގޮތަށް ގައުމުތަކާ ގުޅުން ބަދަހިކުރުމާއި ތަރައްގީގެ މަޝްރޫއުތަައް ހިންގުމާ ގުޅޭ ގޮތުން ކާމިޔާބު ބައްދަލުވުންތަކެއް މިހާރު ވެސް ކުރިއަށް އެބަ ގެންދެ އެވެ. އިންވެސްޓްމެންޓްތަކުގެ ޔަގީންކަން ވެސް މިހާރު ބާއްވަމުންދާ ބައްދަލުވުންތަކުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ މައްސަލަ ހައްލުވާނީ ސުލްހަވެރިކޮށް: މުއިއްޒު
އެންމެ ބޮޑެތި މައްސަލަތައް ހުރީ އިންޑިއާއާއެކު:މުއިއްޒު
"އިންޑިއާއާ މައްސަލައެއް ނެތް، ސިފައިން ތިބެން ނޭދޭ"
އިންޑިއާ ސަފީރު، ރައީސްއާ ބައްދަލު ކުރައްވައިފި
ރައީސް ބޭނުންވަނީ އިންޑިއާ އިން ލުއި ގޮތްތަކެއް!
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
އިންޑިއާ ސިފައިން ބޭލުމުގެ ދެވަނަ މަޝްވަރާ އިންޑިއާގައި
ދެން އޮތީ ވިސްނައިދިނުން: ޖައިޝަންކަރު
އިންޑިއާ ސިފައިން ބޭރުކުރުން ފުރަތަމަ 100 ދުވަހު!
ރަސްމިއްޔާތަށް އިންޑިއާއިން ފޮނުވަނީ އާދައިގެ ވަޒީރެއް!