Roadha Mihaaru
ކަނޑުގެ ދިރުމަށް ބ.އަތޮޅު ދަރިވަރުން ހޭލުންތެރިކޮށްފި

ކަނޑުގެ ދިރުންތަކަށް ބ. އަތޮޅުގެ ދަރިވަރުން ހޭލުންތެރިކޮށްފި

11 އޮކްޓޯބަރ 2023

ކަނޑުގެ ދިރުންތަކަށް ކުދިން ހޭލުންތެރިކުރުވުމުގެ ގޮތުން ބ. އަތޮޅު ކައުންސިލާއި ފޯ ޒީސަންސް ލަނޑާ ގިރާވަރުގެ މެރިން ޑިސްކަވަރީ ސެންޓަރު ގުޅިގެން ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

ކަނޑުގެ ދިރުންތަކަށް ކުދިން ހޭލުންތެރިކުރުވުމުގެ ގޮތުން ބ. އަތޮޅު ކައުންސިލާއި ފޯ ޒީސަންސް ލަނޑާ ގިރާވަރުގެ މެރިން ޑިސްކަވަރީ ސެންޓަރު ގުޅިގެން ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

މިިދިޔަ މަހުގެ ކުރީ ކޮޅު ހިންގި މި ޕްރޮގްރާމުގައި މެރިން ޑިސްކަވަރީ ސެކްޓަރުން ވަނީ އެ އަތޮޅުގެ ހުރިހާ ސްކޫލަކަށް ގޮސް، މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފަ އެވެ. ހަފްތާއަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ދަށުން އެ އަތޮޅުގެ 13 ރަށުގެ ސްކޫލްތަކަށް މެރިން ޑިސްކަވަރީ ސެންޓަރުން ދިޔަ އެވެ. މި ޕްރޮގްރާމު ހިންގީ، އެ ސެންޓަރުންގެ ވެޓެރިނޭރިއަން ޑރ. ކެޓްރީނާ ހިމްޕްސަން އާއި އެޑްވާޑް ހޮޖަސް އެވެ.

މެރިން ޑިސްކަވަރީ ސެކްޓަރުން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ބޭނުމަކީ، ކަނޑުގެ ދިރުންތަކަށް ކުދިން ހޭލުންތެރިކުރުމެވެ. ހާއްސަކޮށް، އެ ސެންޓަރުން ބަލަހައްޓާ ވެލާތަކާ ގުޅޭ ގޮތުން ކިޔަވާ ކުދިންނަށް މައުލޫމާތު ދިނުމަށް މި ޕްރޮގްރާމުގައި އިސްކަން ދީފައިވެ އެވެ. އޭގެ ތެރެއިން ވެސް، މިދިޔަ އޭޕްރީލް މަހު ވަރަށް ބޮޑަށް ދަލެއްގައި ޖެހި އަނިޔާވެފައިވާ އޮއްވައި ފެނުނު "ނޫނު" ވެލާގެ ރިކަވަރީއާ ގުޅޭ ގޮތުން މައުލޫމާތުދީފައިވެ އެވެ. މި ވެލާ އަލުން އޭގެ ވެއްޓަށް ފޮނުވާލުމަށް މި މަހު ތައްޔާރުވަމުން އަންނަ އިރު، ލަނޑާ ގިރާވަރުގެ މެރިން ޑިސްކަވަރީ ސެންޓަރުން އެ ވެލާގައި ޓްރެކިން ޑިވައިސްއެއް ހަރުކޮށް، އެ ވެލާ ދަތުރުކުރާ ގޮތް ބަލާނެ އެވެ.

ބ.ދަރަވަންދޫ ސްކޫލުގެ ކުދިންނަށް ބޭއްވި މައުލޫމާތު ސެޝަން-- ފޮޓޯ: މިހާރު

ބ.ދަރަވަންދޫ ސްކޫލުގެ ކުދިންނަށް ބޭއްވި މައުލޫމާތު ސެޝަން-- ފޮޓޯ: މިހާރު

ކޮންމެ ސްކޫލެއްގެ ގްރޭޑް 9 އެއްގެ ކުދިންނަށް ހުޅުވާލި މި ފުރުސަތުގައި ވެލާ ދަތުރު ކުރާނެ އޭރިއާއެއް އެކުދިން ލިޔެ، ޑިސްކަވަރީ ސެންޓަރަށް ފޮނުވާނެ އެވެ. އަދި އެގޮތަށް ވެލާ ދަތުރު ކުރާ ސަރަހައްދެއް ދިމާ ކުރާ ސްކޫލެއްގެ ކުދިންނަށް ހާއްސަ އިނާމެއް ފޯސީޒަންސް ލަނޑާ ގިރާވަރުން ލިބޭނެ އެވެ.

ލަނޑާ ގިރާވަރުގެ މެރިން ޑިސްކަވަރީ ސެންޓަރުގެ މެނޭޖަރު ޑރ. ކެޓްރީނާ ހިމްޕްސަން ވިދާޅުވީ އެ އަތޮޅުގެ ސްކޫލްތަކަށް ކުރި މި ދަތުރުގައި ކިޔަވާ ކުދިން ކަނޑުގެ ދިރުންތަކުގެ މައުލޫމާތު އެނގެން ބޭނުންވެފައިވާ މިންވަރު އެނގުނު ކަމަށެވެ. ލަނޑާ ގިރާވަރުން ބޭނުންވަނީ، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮގްރާމުތައް ހިންގައި، ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް އަހުލުވެރިވެފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މެރިން ޑިސްކަވަރީ ސެންޓަރުން ބަލަހައްޓާ ވެލާއެއް-- ފޮޓޯ: ފޯ ސީޒަންސް

މެރިން ޑިސްކަވަރީ ސެންޓަރުން ބަލަހައްޓާ ވެލާއެއް-- ފޮޓޯ: ފޯ ސީޒަންސް

ލަނޑާ ގިރާވަރުން ވަނީ 300 އަށް ވުރެ ގިނަ ވިލާ ސަލާމަތްކޮށް، އެއަށް ދޭންޖެހޭ ފަރުވާ ދިނުމަށް ފަހު ކަނޑަށް ދޫކޮށްލައިފަ އެވެ. އަދި ލަނޑާ ގިރާވަރުގައި އެކަން ކުރުމުގައި ހަރަކާތްތެރިވާ ރީފްސްކޭޕާސް އިން ރާއްޖޭގެ އެކި ސަރަހައްދުން 400 އަށް ވުރެ ގިނަ ވެލާ ސަލާމަތްކޮށްފަ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ކުދިން ބުނީ، ވެލަޔާ ގުޅޭ އިތުރު މައުލޫމާތު އެނގި، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ލޯބި އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެއްކޮށް ކަނޑު އޮތަސް، އަދިވެސް ކަނޑާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ގޮތްވުމަކީ މުހިއްމު ކަމެއް. މި މައުލޫމާތު ލިބުނީމާ، މަސްވެރިކަން އާދަޔާ ހިލާފަށް ކުރާ ސަރަހައްދުތަކުން އެކަން ނުކުރަން ވެސް އެނގޭނެ،" ކުޑަރިކިލުގެ ގްރޭޑު 10 ގައި ކިޔަވާ ނާއިލް އަބްދުﷲ ޒުބައިރު ވިދާޅުވި އެވެ.