Roadha Mihaaru
ލަނޑާ ގިރާވަރުން ދައްކަމުން އަންނަ ނަމޫނާ

ލަނޑާ ގިރާވަރުން ދައްކަމުން އަންނަ ނަމޫނާ

12 ފެބުރުއަރީ 2019

ދުނިޔެމަތީ ސުވަރުގޭގެ ގޮތުގައި ރާއްޖެ އިސްތިހާރުކޮށް އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ރިސޯޓްތަކުން އެ ހޯދަނީ ގުދުރަތީ ރީތިކަން ވިއްކައިގެންނެވެ. އެހެންކަމުން އެ ރީތިކަން ދެމެހެއްޓުމަށް ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ އެއް ބަޔަކަށް ވާން ޖެހޭނީ ރިސޯޓްތަކެވެ. ބ. އަތޮޅުގައި ހިންގާ ފޯ ސީޒަން ލަނޑާގިރާވަރުން އަންނަނީ އެ ނަމޫނާ ދައްކަމުންނެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދުނިޔެމަތީ ސުވަރުގޭގެ ގޮތުގައި ރާއްޖެ އިސްތިހާރުކޮށް އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ރިސޯޓްތަކުން އެ ހޯދަނީ ގުދުރަތީ ރީތިކަން ވިއްކައިގެންނެވެ. އެހެންކަމުން އެ ރީތިކަން ދެމެހެއްޓުމަށް ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ އެއް ބަޔަކަށް ވާން ޖެހޭނީ ރިސޯޓްތަކެވެ. ބ. އަތޮޅުގައި ހިންގާ ފޯ ސީޒަން ލަނޑާގިރާވަރުން އަންނަނީ އެ ނަމޫނާ ދައްކަމުންނެވެ.

އެ ރިސޯޓުގެ ޖެޓީއަށް ފައިބައިގެން އެއްގަމަށް ބަލައިލުމުން ހަރުގެއެއްގެ ސިފައަށް އެ ހުރި އިމާރާތަކީ އަގު ނުކުރެވޭ ފަދަ އެތައް ހިދުމަތެއް ރާއްޖޭގެ މި ނާޒުކު ތިމާވެއްޓަށް ކޮށްދެމުން އަންނަ ސެންޓަރެކެވެ. "މެރިން ޑިސްކަވެރީ ސެންޓަރު" ތެރެއަށް ވަނުމުން ހީވަނީ ކަނޑު އަޑީގައި އުޅެވޭހެންނެވެ. އެގޮތަށް ޑިޒައިންކޮށްފައިވާ ސެންޓަރު ތެރޭގައި ވީޑިއޯތަކާއި އިންފޮގްރަޕީ ބޭނުންކޮށްގެން އެތައް މައުލޫމާތެއް ފޯރުކޮށްދެ އެވެ.

މެރން ޑިސްކަވެރީ ސެންޓަރު: މިއީ ހިތްގައިމު ތަނެއް -- ފޮޓޯ: ފޯސީޒަން

މެރން ޑިސްކަވެރީ ސެންޓަރު: މިއީ ހިތްގައިމު ތަނެއް -- ފޮޓޯ: ފޯސީޒަން

މި ސެންޓަރުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ވެލަޔަށް ފަރުވާ ދިނުމާއި އެންމަޑީގެ ދިރާސާތައް ކުރުމުގެ އިތުރުން މުރަކަ ހެއްދުން ހިމެނެ އެވެ. ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި އެކަންކަން ގަވައިދުން ކުރިއަށް ގެންދެ އެވެ.

މިވަގުތު ހަ ވެލަޔަށް ފަރުވާ އެބަ ދޭ

ދުނިޔޭގައި އުޅޭ ހަތް ބާވަތުގެ ވެލާގެ ތެރެއިން ފަސް ބާވަތެއް ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅެ އެވެ. އޭގެ ތެރެއިން އާންމުކޮށް ފެންނަނީ ދެ ބާވަތެއްގެ ވެލަ އެވެ. ވެލާގެ ހިމާޔަތުގައި މި ރިސޯޓުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

މިތަނުގައި ހުރި ޓޭންކްތަކުގައި މިވަގުތު ވެސް ބޮޑު ފަސް ވާވޮށިވެލާ އެބަ އޮތެވެ. އެއީ ދަލުގައި އޮޅިގެންނާއި ޕްލާސްޓިކް ކޮތަޅު ފަދަ އެއްޗެހީގެ ސަބަބުން ހާލުގައި ޖެހިފައި ވަނިކޮށް ސަލާމަތްކޮށްފައިވާ ވެލާތަކެކެވެ. އޭގެ ތެރެއިން އެއް ވެލާގެ ދެ އަތެއް ނެތެވެ. އަނެއް ފަސް ވެލަޔަކަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި އެބަ ހުއްޓެވެ.

ވަކިވަކި ޓޭންކްތަކުގައި އެ ވެލާތައް ގެންގުޅެނީ އެތަކެއްޗަށް ކާށާއި ބޭސް ދިނުމަށް ހާއްސަ މުވައްޒަފުން ބައިތިއްބައިގެންނެވެ. ޓޭންކްތައް ގަވައިދުން ސާފުކުރެ އެވެ. އެހުރިހާ ކަމެއްގައި އުޅެނީ ކަނޑުގެ ދިރުންތަކާ ބެހޭ ދާއިރާ އިން ތައުލީމް ހާސިލްކޮށްފައިވާ ބޭރު މީހުންނެވެ.

"މިތަނުން މިކުރާ ކަމަކީ އަނިޔާ ލިބިފައިވާ ވެލާތައް ރިހިބިލިޓޭޓް ކުރުން. އެއަ ށްފަހު އެ ސޮރުމެންގެ މާހައުލަށް ދޫކޮށްލުން،" އެ ރިސޯޓުގެ އޮފިޝަލަކު، 2010 އިން ފެށިގެން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން ވިދާޅުވި އެވެ.

ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުގައި ބަލަހައްޓާ ވެލަޔަކަށް ފަރުވާދެނީ: ޓޫރިސްޓުންގެ ސަމާލުކަން ބޮޑު -- ފޮޓޯ: ފޯސީޒަން

ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުގައި ބަލަހައްޓާ ވެލަޔަކަށް ފަރުވާދެނީ: ޓޫރިސްޓުންގެ ސަމާލުކަން ބޮޑު -- ފޮޓޯ: ފޯސީޒަން

ކަނޑުގެ އާންމު މާހައުލުގައި އުޅެވޭ ވަރަށް ރަނގަޅުވުމުން އެ ވެލާތައް ކަނޑަށް ދޫކުރެ އެވެ. އެގޮތުން އެ ސެންޓަރުން ފަރުވާ ދިނުމަށް ފަހު އެތައް ވެލައެއް ވަނީ ދޫކޮށްފަ އެވެ. ފޯ ސީޒަންގެ ލަނޑާގިރާވަރާއި ކުޑަހުރާ ރިސޯޓުގައި ފަރުވާދީގެން މިހާތަނަށް 80 އަށް ވުރެ ގިނަ ވެލާ ވަނީ ކަނޑަށް ދޫކޮށްލާފަ އެވެ.

ލަނޑާގިރާވަރަކީ ވެލާ އަރާއުޅޭ ރަށެކެވެ. އެހެންކަމުން ވެލާ އަޅާ ބިސް ހިމާޔަތް ކުރުމަކީ ވެސް އެ ސެންޓަރުގެ ޒިންމާއެކެވެ. އެ ބިސްތަކުން ވިހާ ވެލާތައް ކަނޑަށް ދޫކުރަނީ ޓޫރިސްޓުން ބައިވެރިކޮށްގެން ދޭތެރެ ދޭތެރެއިން ހިންގާ ހަރަކާތެއްގެ ގޮތުގަ އެވެ.

އެންމަޑީގެ ދިރާސާ

ކޮންމެ އަހަރެއްގެ މެދުތެރޭގައި ބ. އަތޮޅު ހަނިފަރަށް އެންމަޑި ގިނަ އަދަދަކަށް ޖަމާވެ އެވެ. މޭމަހުން ނޮވެމްބަރު މަހަކީ "މަންތާ ސީޒަން" އެވެ. އެއީ މި ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ވެސް ގެންގުޅޭ ވަސީލަތެކެވެ.

ހަނިފަރު ކައިރިން ގިނަ އަދަދަކަށް ފެންނަ އެންމަޑި: ލަނޑާގިރާވަރުގެ ސެންޓަރުގައި އެންމަޑިއާ ބެހޭ ގިނަ މައުލޫމާތުތަކެއް ރައްކާކޮށްފައިވޭ

ހަނިފަރު ކައިރިން ގިނަ އަދަދަކަށް ފެންނަ އެންމަޑި: ލަނޑާގިރާވަރުގެ ސެންޓަރުގައި އެންމަޑިއާ ބެހޭ ގިނަ މައުލޫމާތުތަކެއް ރައްކާކޮށްފައިވޭ

ލަނޑާގިރާވަރުގައި ހުރި ސެންޓަރުން ގެންދަނީ މަންތާގެ އާބާދީ ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 4،300 ތަފާތު އެންމަޑި ހޯދާފައިވެ އެވެ. އިންސާނުންގެ ފިންގާ ޕްރިންޓް ތަފާތު ވާ ފަދައިން ކޮންމެ އެންމަޑިއެއްގެ ބަނޑު ދަށުގައި ތަފާތު ލައްތަކެއް ހުރެ އެވެ. މި ސެންޓަރުގެ ތަޖުރިބާކާރުން ކޮންމެ ސީޒަނެއްގައި ވެސް ފީނައި ވަކިވަކި އެންމަޑި ދެނެގަތުމުގެ މަސައްކަތް ކުރެ އެވެ.

އެންމަޑީގެ އާބާދީއަށް ކުރިމަތިވާ މައްސަލަތަކާއި އެތަކެތި ދަތުރު ކުރާ ގޮތް ދެނެގަންނަން އެ މައުލޫމާތު ބޭނުންކުރެ އެވެ.

މުރަކައިގެ ބަގީޗާއެއް

ރާއްޖޭގެ ކަނޑުތަކަށް ލިބިފައިވާ އެންމެ ފުރިހަމަކަމަކީ މުރަކައިގެ ބަގީޗާތަކެވެ. ރާއްޖޭގައި ތަފާތު 250 ވައްތަރުގެ މުރަކަ ހުރެ އެވެ. އެ ރީތި ދިރުމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން މުރަކަތައް ހުދުވެ، މަރުވުމެވެ. އޭގެ ސަބަބުން މުރަކައިގެ އެތައް ބަގީޗާއެއް ވަނީ ނެތިދާން ކައިރިވެފަ އެވެ.

ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުގައި މުރަކަ ހައްދަނީ: ރާއްޖޭގެ ތިމާވެއްޓަށް ބޮޑު އެހީތެރިކަމެއް -- ފޮޓޯ: ފޯސީޒަން

ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުގައި މުރަކަ ހައްދަނީ: ރާއްޖޭގެ ތިމާވެއްޓަށް ބޮޑު އެހީތެރިކަމެއް -- ފޮޓޯ: ފޯސީޒަން

އެކަން ހައްލުކުރަން ވެސް މި ސެންޓަރުގައި ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން މުރަކަ ހެއްދުމުގެ ހަރަކާތް ފުޅާ ދާއިރާއެއްގައި މި ރަށުގައި ހިންގަ އެވެ. ފްރޭމެއްގައި ކުދި މުރަކަ ހަރުކޮށް ފަޅުތެރެއަށް ފައްތަނީ އެވެ. ދުވަސްކޮޅެއްގެ ތެރޭގައި އެ ކުދި މުރަކަތައް ހެދި ފަރެއްގެ ގޮތަށް ފަޅުތެރެއަށް ފެތުރެ އެވެ. މިހާތަނަށް މި ރިސޯޓް ވަށައިގެން އެފަދަ 3709 ފްރޭމް ވަނީ ފައްތައިފަ އެވެ.

ސެންޓަރުން އެކަން ކުރަމުން އަންނަނީ ވިޔަފާރި އުސޫލުން ޓޫރިސްޓުންގެ ބައިވެރިވުމާ ވެސް އެކުގަ އެވެ. އެފަދަ ފްރޭމްތައް 100 ޑޮލަރުން ފެށިގެން ގޮސް 500 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ގަނެވެ އެވެ. ފްރޭމް ގަންނަ ޓޫރިސްޓެއްގެ ނަން ޓެގްކޮޅެއްގައި ޖަހާ، އޭގައި ހިއްޕައިދެ އެވެ. މިއީ މި ރަށަށް އަންނަ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް ކަމެކެވެ.

ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ލަނޑާގިރާވަރުން ކުރަމުން އަންނަ މި މަސައްކަތް ޓޫރިސްޓުން ބަލައިގަނެ އެވެ. ރިސޯޓްގެ ދިރުން އޮތީ އޭގެ ޒާތުގައި ރާއްޖޭގެ ތިމާވެށި ވެސް ދިރިގެން ކަމަށް ވާތީ، ލަނޑާގިރާވަރުގެ ހިދުމަތަށް ޝުކުރު އަދާކުރަން ޖެހެ އެވެ.