Roadha Mihaaru

އިންނަފުށިން ލިބޭ އާމްދަނީ ފުޅަދޫ ކައުންސިލަށް ދެނީ

ބ. ފުޅަދޫއާ އެއް ފަޅެއްގައި އޮންނަ އިންނަފުށިން ލިބޭ އާމްދަނީ އެ ރަށު ކައުންސިލަށް ލިބޭނެ ގޮތަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިންނަފުށިން ލިބޭ އާމްދަނީ ފުޅަދޫ ކައުންސިލަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 އޯގަސްޓް 2025

ބ. ފުޅަދޫއާ އެއް ފަޅެއްގައި އޮންނަ އިންނަފުށިން ލިބޭ އާމްދަނީ އެ ރަށު ކައުންސިލަށް ލިބޭނެ ގޮތަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގަން ޖެހިފައިވާ ކަމަށެވެ.

އެރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށަކަށް ވާއިރު، އެރަށަށް ޒިޔާރަތްކުރާ މީހުން ތިބުމަށް ދަތިވެފައިވާ ކަމަށް ރައީސް ވުދާޅުވި އެވެ.

"ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެއް. ރަށުގަ ރައްޔިތުން އަދި ކައުންސިލުން ވެސް ވަރަށް ބޮޑަށް އެދޭ ކަމެއް މި ރަށާ ވަރަށް ކައިރީގައި އޮންނަ އިންނަފުށިން ލިބޭ ނަފާ ކައުންސިލަށް ލިބޭ ގޮތަށް ހަދައިދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅަށް ފަހު އެ ރަށުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.