ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިމަހު ސޮއިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
12 އޯގަސްޓް 2025
ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިމަހު ސޮއިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގޮއިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
ރިޔާސީ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން ބައެއް ކަންކަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަށް މިމަހު ސޮއިކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން އިއުލާންކޮށް ބަޔަކު ހޯދައި ބިޑް އެވޯޑުކޮށްފައި ވާނީ. މި މަސް ތެރޭގައި އެ މަސައްކަތުގައި ސޮއި ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮއިދޫއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަނީ
އޭގެ އިތުރުން ސީޕްލޭންއަށް ވަދެވޭ މިންވަރަށް އެެރަށުގެ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެރަށުގެ ސްކޫލަށް ޖާގަ އިތުރު ކުރުމާއި ވަސީލަތްތައް އިތުރުކުރަން ފެނަކައާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަރަށް އަވަހަށް ސްކޫލުގެ އަމަލީ މަސައްކަތް ފެށޭނެ. އަންނަ އަަހަރު ކުރީކޮޅު ސްކޫލުގެ ކަންކަން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމުގެ ކަންކަމާއި ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތާއި ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް ފައްކާވެފައި އޮތް އަތޮޅަކަށް ހދ. ހަދާނަން
ކުދިންތަކެއް ރައީސަށް ދިން ސިޓީ: ކުރީ ބޮޑު ޝަކުވާއެއް
ހަލާލް ޓޫރިޒަމަށް ރަށްތަކެއް ކަނޑައަޅަން ނިންމައިފި
ޓޫރިޒަމް ފުޅާކުރަން ފަސް އަތޮޅަކަށް ހާއްސަ ލުއިތަކެއް
ޓޫރިޒަމްދުވަސް:"އެކުވެރިކަމާއި ސުލްހަ ދަމަހައްޓަންޖެހޭ"
މިއަހަރު 20 ރިސޯޓު ހުޅުވަން އަމާޒު ހިފައިފި
ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ
ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން
ޗައިނާ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް
ރާއްޖޭގެ ފުރަތަމަ ފްލޯޓިން ގެސްޓް ހައުސް ފުޅަދޫގައި