ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ޝެޑިއުލް ދަތުރުތައް ކޮންމެ ހަފްތާއަކު ބ. އަތޮޅަށް ކުރަން ނިންމައިފި އެވެ.
01 އެޕްރީލް 2025
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ޝެޑިއުލް ދަތުރުތައް ކޮންމެ ހަފްތާއަކު ބ. އަތޮޅަށް ކުރަން ނިންމައިފި އެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ސީޕްލޭން ދަތުރުތައް ކުރާނެ ކަމަށެވެ.
މޯލްޑިވިއަން އިން މި ދަތުރުތައް ކުރަނީ ބ. އަތޮޅުގެ ފުޅަދޫ އާއި ގޮއިދޫ އާއި ފެހެންދޫ އަށެވެ.
ފިތުރު އީދާ ދިމާކޮށް ސީޕްލޭން ދަތުރުތައް ފެށީ މިމަހުގެ 31 ވަނަ ދުވަހު އެވެ. މިހާތަނަށް ދެ ދަތުރު ކުރިއިރު ދެ ފްލައިޓު ވެސް ދިޔައީ ފުލްކޮށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އިތުރު ދަތުރެއްކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެއީ ޝެޑިއުލްގެ ތެރެއިން ކުރާ ދަތުރުތަކެވެ.
މޯލްޑިވިއަންގެ ސީޕްލޭނެއްގައި އެއްފަހަރާ 12-13 އާ ދެމެދުގެ އަދަދަކަށް ދަތުރު ކުރެވޭނެ އެވެ. ޓިކެޓެއްގެ އަގަކީ ކޮޅަކަށް 1099ރ. އެވެ.
ސީޕްލޭންގައި ބ. ފުޅަދޫއަށް ދާން ނަގާނީ ގާތްގަނޑަކަށް 25 މިނެޓެވެ. ސީޕްލޭން ދަތުރުތައް ކުރުމަށް އެ އެއާލައިނުން 11 ބޯޓު ގެންގުޅެ އެވެ.
މޯލްޑިވިއަން އިން ވަނީ ފިތުރު އީދާ ދިމާކޮށް ޑޮމެސްޓިކް ދަތުރުތައް ވެސް އިތުރުކޮށްފަ އެވެ.
އީދަށް މޯލްވިއަންގެ ސީޕްލޭން ދަތުރުތައް ބ.ފުޅަދުއަށް
ގޮއިދޫ-ފެހެންދޫ-ފުޅަދޫ ފަޅުތެރޭ ރިސޯޓެއް ހަދައިދޭނަން
ގޮއިފުޅަފެހެންދޫގެ ކަރަންޓު ގުޅައިލާނެ ބަޔަކު ހޯދަނީ
ގޮއިފުޅަފެހެންދޫ ގުޅުވައިލެވޭހާ ފައިސާ ބަނދަރުތަކަށް
ފުޅަދުއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފި
ރައީސް، ބ. އަތޮޅަށް ވަޑައިގެންފި
ފެހެންދޫ ޑިންގީގެ މައްސަލަ ހައްލުކޮށްދިނިން: މިނިސްޓަރު
ދެ ޑިންގީއެއް ޖެހި ބަޔަކަށް އަނިޔާވެއްޖެ
ސީޕްލޭން ހިންގަން އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް
ސީޕްލޭން ކްރޫއިންނަށް އަވަގުރާނަ ގޮވުމުން ޕޮލިހަށް