Roadha Mihaaru
ރައީސް، ބ. އަތޮޅަށް ވަޑައިގެންފި

ރައީސް، ބ. އަތޮޅަށް ވަޑައިގެންފި

30 ޖުލައި 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

އެ އަތޮޅުގެ ފަސް ރަށަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ފެހެންދު އަށެވެ. އެ ރަށަށް ވަޑައިގެން ކައުންސިލަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ފެހެންދޫއަށް ވަޑައިގެން މީހަކާ ސަލާމްކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ފެހެންދޫއަށް ވަޑައިގެން މީހަކާ ސަލާމްކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ފެހެންދު އަށް ރައީސް ދެން ވަޑައިގަންނަވާނީ ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރަން މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.