ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި ރާއްޖެއަށް އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށް އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު އެލެކްސެންޑާ ޑައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
06 ސެޕްޓެމްބަރ 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި ރާއްޖެއަށް އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށް އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު އެލެކްސެންޑާ ޑައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ޑައުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދަވާފައިވާ ކާމިޔާބީއާ މެދު އޭނާ އުފާކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެޓިކް ވެރިކަމެއް ކުރުމާއި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރައީސް ނަމޫނާ ދެއްކެވި ކަމަށެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަނެއްކާވެސް ވުމަކީ އޭގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 10 ޕަސެންޓް ސާވިސް ޗާޖެއް ދިނުން މަޖުބޫރު ކުރުމުން އެ މުވައްޒަފުންގެ ދިރިއުޅުމުގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޮސްޓްރޭލިއާގެ މިނިމަމް ވޭޖުގެ އުސޫލާ އެއްގޮތަށް ރާއްޖޭގައި ވެސް މިނިމަން ވޭޖެއް ކަނޑައެޅުމަކީ އިގުތިސާދީ ހަމަހަމަކަން ގާއިމްކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ދެ ގައުމުގައި ވެސް ތައުލިމާށް ހާއްސަ އިސްކަމެއް ދޭ. ރާއްޖޭގައި މިހާރު ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭ. މިއީ އިގުތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ކުރެވޭ މުހިންމު ކަމެއް،" އޭނާގެ ޕޯސްޓުގައިވެ އެވެ.
"ޓީޗަރުންގެ މުސާރަ 56 ޕަސެންޓަށް ބޮޑުކޮށްފި. އަދި ރާއްޖެއަކީ ވިހެއުމުން އަންހެނުން ދޭ ހަ މަހުގެ ޗުއްޓީ އާއި ފިރިންނަށް ދޭ އެއް މަހުގެ ޗުއްޓީ ލިބޭ ހަމައެކަނި މުސްލިމް ގައުމު."
ޑައުނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، މި 21 ވަނަ ގަރުނަށް ފެތޭ ގޮތަށް ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަ ހެޔޮ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ގައުމަކަށް ރާއްޖެ މިހާރު ވަނީ ވެފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ލާއިރު، ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި، އާންމުން ރަނގަޅު ނިންމުމެއް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
ހެޔޮވެރިކަމެއް ކޮށްދެވުމުގެ އިހުސާސްކުރެވޭ: ރައީސް
ރައްޔިތުން ގާތު ނާހާ ނިޒާމުގެ ބަދަލެއް ނުގެންނާނެ
ގާނޫނީހުރަހެއް ނެތްނަމަ، ނޮވެމްބަރު 11ގައި ހުވާކުރާނެ
ވަޒީރުން ދެއްވި އެއްބާރުލުމަށް ރައީސްގެ ޝުކުރު
ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ހާއްސަ ކޮމެޓީއެއް
ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް