Roadha Mihaaru
އިތުރު ރަށެއްގައި ރިސޯޓު ހެދުމަށް ބިޑަށް ހުޅުވާލައިފި

ތ. އަތޮޅުގެ ރަށެއް ހިމަނައި ރިސޯޓު ހެދުމަށް ހުޅުވާލި ބީލަމަށް އިސްލާހެއް ގެނެސްފި

04 ސެޕްޓެމްބަރ 2023

ތ. ރުއްތިބިރަށް ހިމަނައި، ރިސޯޓު ހަދަން ހުޅުވާލި ބީލަމަށް އިސްލާހެއް ގެނެސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތ. ރުއްތިބިރަށް ހިމަނައި، ރިސޯޓު ހަދަން ހުޅުވާލި ބީލަމަށް އިސްލާހެއް ގެނެސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ 875،000 ޑޮލަރު (13.4 މިލިއަން ރުފިޔާ) ކަމަށެވެ. ޖުމުލަ 8 ހެކްޓަރުގެ ރުއްތިބިރަށް ބީލަން ހުށަހަޅާ ފަރާތުގެ މާލީ ފެންވަރު ނުވަތަ ފައިނޭންޝަލް ކެޕޭސިޓީ ދެ މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) އަށް ވުރެ މަތިވާން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ހއ. މެދަފުއްޓާއި ށ. ނަލަންދޫ ގައި ރިސޯޓް ހަދަން ބީލަމަށް ހުޅުވާލައިފަ އެވެ.

ބީލަމުގެ އިތުުރު ތަފްސީލް

- ހއ. މެދަފުށި: 120 އެނދު ތަރައްގީ ކުރެވޭނެ.

- ށ. މަލަންދޫ: 200 އެނދު ތަރައްގީ ކުރެވޭނެ.

- ތ. ރުއްތިބިރަށް: 100 އެނދު ތަރައްގީ ކުރެވޭނެ.

އެ ދެ ރަށުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ޑޮލަރު (771،000ރ.) ހުށަހަޅަން ޖެހެ އެވެ. ބީލަމުގެ 90 ޕަސެންޓް ޕޮއިންޓް ލިބޭނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.

ޓޫރިސްޓު ރިސޯޓު ހަދަން ދެ ރަށަކަށް އަލުން ބީލަން ހުށަހަޅަން ހުޅުވާލި އިރު، މިދިޔަ ޖެނުއަރީ މަހު ވަނީ 14 ރަށެއް ބީލަމަށް ލައިފަ އެވެ. އޭގެ ތެރެއިން އިންވެސްޓަރުންގެ ޝައުގުވެރިކަން ލިބުނީ ދެ ރަށަކަށެވެ.