26 ޖޫން 2023
އީދު ބަންދާ ދިމާކޮށް ގެސްޓް ހައުސްތަކުން ދޭ ގޮތަށް ގިނަ ރިސޯޓުތަކަކުން ވެސް ހާއްސަ ޕެކޭޖުތައް ތައާރަފްކޮށްފި އެވެ.
އީދު ބަންދާ ދިމާކޮށް ގެސްޓް ހައުސްތަކުން ދޭ ގޮތަށް ގިނަ ރިސޯޓުތަކަކުން ވެސް ހާއްސަ ޕެކޭޖުތައް ތައާރަފްކޮށްފި އެވެ.
އީދާއި ސްކޫލު ބަންދާ އެކުވުމުން، ރިސޯޓުތަކުން ވެސް ދިވެހިންނަށް ހާއްސަކޮށް، ބޮޑެތި ޑިސްކައުންޓްތަކެއް ހިމެނޭ ޕެކޭޖުތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. ބައެއް ރިސޯޓުތަކުން ވަނީ، ޕީކް ސީޒަންގެ އަގަށް ވުރެ، ދެ ގުނަ ހެޔޮ އަގެއްގައި ވެސް ފުލް ބޯޑް ޕެކޭޖުތައް ތައާރަފްކޮށްފަ އެވެ.
ދުވާލަކަށް ކުރިން 500 ޑޮލަރުން މަތިން ޗާޖުކުރި ރިސޯޓުތަކުން ވެސް ވަނީ 250-100 ޑޮލަރުގެ ރޭޓުތަކެއް ތައާރަފްކޮށްފަ އެވެ.
ކުރިން މީގެ ޕެކޭޖުތައް މެދު ފަންތީގެ ރިސޯޓުތަކުން ފެނުނަސް، އެންމެ ހައި-އިންޑް ރިސޯޓުތަކުން ވެސް މިއަހަރުގެ އީދު ޕެކޭޖުތައް އަންނަނީ ވިއްކަމުންނެވެ. ޖުމެއިރާ، ބެނިއަން ޓްރީ ފަދަ ރިސޯޓުތަކުން ވެސް ދިވެހިންނަށް ހާއްސަ ޕެކޭޖުތައް ހަދާފައިވެ އެވެ.
އީދަށް ހާއްސަކޮށް ރިސޯޓުތަކުން ހާއްސަ ރޭޓުތަކެއް
ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިފްއަތު ވިދާޅުވީ 50 ޕަސެންޓުން މަތީގެ ޑިސްކައުންޓް ދޭ ރިސޯޓުތައް އިތުރުވެފައިވަނީ، ޓޫރިސްޓުން އައުން މިދުވަސްކޮޅު ކޮންމެވެސް ވަރަކަށް މަދުވުމުން، ރާއްޖެއިން އާމްދަނީއެއް ލިބޭނެ ގޮތްތައް ހޯދަން ރިސޯޓުތަކުން މަސައްކަތްކުރާތީ ކަމަށެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި ބެޑް ކެޕޭސިޓީ މިވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެކަމަކު ޓޫރިސްޓުން އަންނަ ވަރަކަށް މާބޮޑު ބަދަލެއް ނާދޭ. އެެހެންވެ، ކަމަށް މި ބެލެވެނީ ރިސޯޓުތަކުން އެހާ ކުޑަ ރޭޓުތަކެއް ތައާރަފްކޮށްގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.
އަދާރަން އިން އީދަށް ހާއްސަކޮށް ހިންގާ ހަރަކާތްތައް އިސްތިހާރުކޮށްފައި
ފޭސްބުކްގައި ބައެއް ޓްރެވަލް އޭޖެންސީތަކުން ވަނީ ރިސޯޓުތަކުގެ ފުލް ބޯޑް ރޭޓުތަކާއި އޮފާތައް އާންމުކޮށްފަ އެވެ. ބައެއް ރިސޯޓުތަކުން ކުޑަކުދިންނަށް ހިލޭ ތިބެވޭ އިރު، އެހެން ބައެއް ރިސޯޓުތަކުން ކުޑަކުދިންނަށް 50-80 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ދީފައިވެ އެވެ.
ޓްރެވަލް އޭޖެންސީ، މޫދު ހޮލިޑޭގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން މަކުނުދޫ އައިލެންޑު ރިސޯޓުން ދެ މީހަކަށް 250 ޑޮލަރު ދީގެން ފުލް ބޯޑު ޕެކޭޖެއް ލިބެ އެވެ. އަދި ފަސް އަހަރުން ދަށުގެ ކުދިންނަށް ހިލޭ ތިބެވޭނެ އެވެ.
އޭގެ އިތުރުން، އަދާރަން ހުދުރަންފުށިން ވަނީ، އީދަށް ހާއްސަ ކުޅިވަރުތަކެއް ރާވައި، އެ ހަރަކާތްތައް ބަލައިލުމުގެ ފުރުސަތު ވެސް އާންމުންނަށް ހުޅުވާލާފަ އެވެ. މާލި ނެރުމާއި ޕޫލަށް އެރުމަށް ހާއްސަ ޕެކޭޖުތަކެއް ވެސް އޭގައި ހިމެނެ އެވެ.
ބެނިއަން ޓްރީ ރިސޯޓުގެ ރެސްޓޯރެންޓް އޭރިއާ-- ފޮޓޯ: ބެނިއަން ޓްރީ
ޓްރެވަލް އޭޖެންސީ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވީ، ރިސޯޓުތަކުގެ އޮކިއުޕެންސީ ވަރަށް ބޮޑަށް ދަށްވުމުން، ޑޮމެސްޓިކް ޓޫރިޒަމަށް އަމާޒުކޮށް ޕެކޭޖުތައް ހަދަން މަޖުބޫރުވީ ކަމަށެވެ.
"ހައި އެންޑް ތަންތަން ވެސް އެބަހުރި ދިވެހިންނަށް ފުރުސަތު ހުޅުވާލާފައި. އެއީ ކޮންމެ ވެސް ގޮތެއް ހޯދަން ހަމަ. ރާއްޖޭގެ އާބާދީގެ 10 ޕަސެންޓު ވެސް ނޫޅޭނެ ރިސޯޓުތައް އެފޯޑް ކުރެވޭނެ. ކިހިނެއްތޯ އެކަމަކު ފޫ ބެއްދޭނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި 170 ރިސޯޓުން ހިދުމަތްދޭ އިރު، އެއީ މުޅި ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 70 ވަރަކަށް ޕަސެންޓެވެ. މި ދުވަސްވަރު އެވްރެޖުކޮށް ދުވާލަކު އަންނަނީ 3،700 ޓޫރިސްޓުންނެވެ. އޯފް ޕީކު ދުވަސްވަރު ޓޫރިސްޓުން އަންނަ ވަރު މަދުވުމުން، އެކަން ފޫބެއްދުމަށް ދިވެހިންނަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފައިވާ އިރު އަންނަ އޯގަސްޓް މަހުގެ ނިޔަލަށް މިހާލަތަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް ޓޫރިޒަމް ދާއިރާގެ މީހުން ބުނެ އެވެ.
މިދިޔަ މެއި މަހުން ފެށިގެން ޓޫރިސްޓުން އަންނަ ވަރު ވަރަށް ބޮޑަށް މަދުވި ނަމަވެސް، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުން ވަނީ މިދިޔަ އަހަރަށް ވުރެ 13 ޕަސެންޓު އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 870،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖެ އިޝްތިހާރުކުރަން 100 ޓުއާ އޮޕަރޭޓަރުން
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!