Roadha Mihaaru
ރިސޯޓުގެ ވިލާތައް ދިގު މުއްދަތަށް ދޫކުރެވޭގޮތް ހަދައިފި

ރިސޯޓުތަކުގެ ވިލާތައް ދިގުމުއްދަތަށް ކުއްޔަށްދެވޭ ގޮތް ހަދައިފި

05 ސެޕްޓެމްބަރ 2023

ރިސޯޓުތަކުގެ ވަކި ވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް އާ ގަވައިދެއް ހަދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިސޯޓުތަކުގެ ވަކި ވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް އާ ގަވައިދެއް ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓްކުރި މި ގަވައިދުގައިވާ ގޮތުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކުގައި އެއް ވިލާ އަށް ވުރެ ގިނައިން ވެސް ކުއްޔަށް ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި ގަވައިދު އެކުލަވައިލީ މެދު ފަންތީގެ ރިސޯޓުތަކުގެ އޯނަރުންނަށް މިހާރަށް ވުރެ ފަސޭހަކުރުމަށް ކަމަށެވެ. މި އުސޫލުގެ ދަށުން، މުޅި ރިސޯޓުގެ ހުރިހާ ވިލާއެއް ނުނިމެނީސް ވެސް ނިމިފައި ހުރި ތަންތަން ކުއްޔަށް ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.

"މިއީ ރެޒިޑެންޝަލް ޓޫރިޒަމަށް ފޯކަސް ކޮށްގެން ކުރާ ކަމެއް. ބޭރު މީހުންގެ އިތުރުން ދިވެހިންނަށް ވެސް ރިސޯޓެއްގެ ކޮޓަރި ދިގު މުއްދަތަށް ނެގުމުގެ ފުރުސަތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މި ގަވައިދުގައިވާ ގޮތުން ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ނިންމާފައިވާ ވިލާ ނުވަތަ ކޮޓަރ،ި ކުއްޔަށް ދިނުމުގެ ކުރިނ،ް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ. އަދި މި އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ތަނެއް ރަޖިސްޓަރީ ކުރުމުގެ ފީއެއްގެ ގޮތުގައި އެ ތަން ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތުން 5،000ރ. ގެ ފީއެއް މީރާއަށް ދައްކަން ޖެހޭނެ އެވެ.

މި އުސޫލުން ވިލާ ކުއްޔަށް ނަގާ ފަރާތްތަކަށް އެވިލާއެއް ނިސްބަތްވާ ރިސޯޓަށް ބޭނުން އިރަކު އަރާ ފޭބުމުގެ ހުއްދަ އޮންނާނެ އެވެ. އެހެންނަމަވެސް، މިގޮތަށް ކުއްޔަށް ނަގާ ފަރާތްތަކަށް އެތަން ސަބްލީޒް ކުރުމުގެ ބާރެއް ނޯންނާނެ ކަމަށް ވެސް ޓޫރިޒަމުން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި މި އުސޫލާ ހިލާފަށް ކޮޓަރިތައް ކުއްޔަށްދޭ ނަމަ ފުރަތަމަ ފަހަރު 25،000ރ. އިން، ދެވަނަ ފަހަރު 50،000ރ. އިން، ދެ ފަހަރަށް ވުރެ ގިނައިން ނަމަ، އެއް ލައްކަ ރުފިޔާ އިން ކުއްޔަށް ދޭ ފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށް އެމިނިސްޓްރީން އާންމުުކުރި ގަވައިދުގައިވެ އެވެ.