Roadha Mihaaru
ކުއްޔަށްދޭ ވިލާތަކުން ނަގާނީ ރިއަލް އެސްޓޭޓް ޓެކްސް

ކުއްޔަށްދޭ ވިލާތަކުން ޓީޖީއެސްޓީގެ ބަދަލުގައި ރިއަލް އެސްޓޭޓް ޓެކްސް ނަގަން ހުށަހަޅައިފި

14 ސެޕްޓެމްބަރ 2023

ރިސޯޓުތަކުގެ ވަކިވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމުން އެތަންތަނުން ޓީޖީއެސްޓީގެ ބަދަލުގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސް ދައްކަންޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ބަދަލު ގެންނަ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިސޯޓުތަކުގެ ވަކިވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމުން އެތަންތަނުން ޓީޖީއެސްޓީގެ ބަދަލުގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސް ދައްކަންޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ބަދަލު ގެންނަ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުން ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ނަމަ އެ ތަނެއް ވިއްކާ ޖުމްލަ އަގުގެ ހަތަރު ޕަސެންޓުގެ ރޭޓުން ރިއަލް އެސްޓޭޓް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

މި ޓެކްސް ދައްކަން ޖެހޭނީ ދިގު މުއްދަތަށް ކުއްޔަށް ނަގާ ފަރާތުންނެވެ. ނަމަވެސް އެ ޓެކްސް މީރާއަށް ދައްކަން ޖެހޭނީ، އެ ކޮޓަރި ވިއްކި ފަރާތުން ކަމަށް ޓޫރިޒަމްގެ ގާނޫނަށް ގެނެސްފައިވާ މި އިސްލާހުގައި ބުނެފައިވެ އެވެ. އަދި މި ޓެކްސް އާ ގުޅޭ އުސޫލުތަކާއި ޓެކްސް ނުދެއްކުމުން އަޅާނެ އިދާރީ ފިޔަވަޅުތަކާއި އެނޫން ވެސް އިދާރީ އުސޫލުތަށް މީރާއެއް ކަނޑައަޅަންވާނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.

ޓޫރިޒަމް ރިއަލް އެސްޓޭޓް ނަގަން ފެށުމާ އެކު އެ ވިލާއަކުން ދައްކަންޖެހޭ ޓީޖީއެސްޓީ ދެއްކުން ނިމުމަކަށް އަންނާނެ ކަމަށް އެ ބިލްގައި ބުނެފައިވެ އެވެ.

ރިސޯޓުތަކުގެ ވަކި ވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް އާ ގަވައިދެއް ހަދައި، އެއަށް އަމަލުކުރަން ފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. އެ ގަވައިދުގައިވާ ގޮތުން ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ނިންމާފައިވާ ވިލާ ނުވަތަ ކޮޓަރ،ި ކުއްޔަށް ދިނުމުގެ ކުރިނ،ް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ. އަދި މި އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ތަނެއް ރަޖިސްޓަރީ ކުރުމުގެ ފީއެއްގެ ގޮތުގައި އެ ތަން ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތުން 5،000ރ. ގެ ފީއެއް މީރާއަށް ދައްކަން ޖެހޭނެ އެވެ.