އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް، އެމްޑީޕީގެ ކޯލިޝަންއާ އެކު ހުންނެވިޔަސް އޭނާގެ ހިތުގައި އަދިވެސް އެންމެ ބޮޑު ލޯތްބެއް އޮތީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިމްރާހިމަށް ކަމަށް ވިދާޅުވެ ގާސިމް ދެއްކި ވާހަކަތަކަށް ސިޔާމް މިރޭ ރައްދުދެއްވައިފި އެވެ.
03 ސެޕްޓެމްބަރ 2023
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް، އެމްޑީޕީގެ ކޯލިޝަންއާ އެކު ހުންނެވިޔަސް އޭނާގެ ހިތުގައި އަދިވެސް އެންމެ ބޮޑު ލޯތްބެއް އޮތީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިމްރާހިމަށް ކަމަށް ވިދާޅުވެ ގާސިމް ދެއްކި ވާހަކަތަކަށް ސިޔާމް މިރޭ ރައްދުދެއްވައިފި އެވެ.
ޖޭޕީގެ ކެމްޕެއިނަށް ނ. ޅޮހީގައި މިދިޔަ މަހު ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވެފައި ވަނީ ސިޔާމްގެ ހިތުގައި އަދިވެސް އެންމެ ބޮޑު ލޯތްބެއް އޮތީ އޭނާ އަށް ކަމަށެވެ. އަދި ސިޔާމްގެ ސަޕޯޓަރުން ވޯޓުލާނީ ވެސް ގާސިމަށް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ގާސިމްގެ އެ ވާހަަކައަށް ސިޔާމް ރައްދު ދެއްވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް މިރޭ ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
"އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑުގެ އަހު ގާސިމް އިބްރާހިމަށް. ގާސިމްއޭ، ދޮގު ތިވަރަށް ނުހައްދަވާށޭ. އަޅުގަނޑު މިއީ ދެފުއްކެހެރި މީހެއް ނޫން. އަޅުގަނޑު ސީދާ މި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ވެސް އޭނާ ހުންނަވާނީ ރައީސްއާ އެކުގައި ކަަމަށެވެ.
"ގާސިމަކީ އަޅުގަނޑު ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް. ތިކަހަލަ ދޮގު ނުހައްދަވާ. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ގާސިމަށް އިލްތިމާސްކުރަން ރަހުމަތްތެރިޔާއޭ އަޅުގަނޑުމެންނާ ގުޅެން އަންނާށޭ. ގުޅުނީމައޭ ތިބޭފުޅާ އަށް ވެސް ރަނގަޅުވާނީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހދ. މަކުނުދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: އެމްޑީޕީ
ރައީސް ކަމަށް ކުރިމަތިލައްވައިގެން ގާސިމް މިހާރު ކުރައްވަނީ ވަރަށް ބޭކާރު ހަރަދެއް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. ރާއްޖެ ތަރައްގީ ވާނީ އެމްޑީޕީއާ ގުޅިފައިވާ އެމްޑީއޭ އާއި އަދާލަތު ޕާޓީގެ ވެރިކަމެއްގައި ކަމަށާއި މާދަމާ ވެސް ގާސިމް މި ކޯލިޝަނާ ގުޅިވަޑައިގަންނަވަން ނިންމަވައިފި ނަމަ، މަރުހަބާ ވިދާޅުވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވެފައިވާ ގޮތުގައި، ސިޔާމަކީ އަބަދުވެސް އޭރަކު ވެރިކަމުގައި އޮންނަ ސަރުކާރަކާ އެކީގައި ހުންނަވާ ބޭފުޅެކެވެ. ކޮންމެ ފަހަރަކު ވެސް އިންތިހާބު ނިމުމުން، ކާމިޔާބުވާ ކޮޅަކަށް އަރުއްވާ ކަމަށާއި ނަމަވެސް، އޭނާ އަކީ ސިޔާމާ ހިލާފަށް އޭރަކު އޮންނަ ސަރުކާރަކުން ގޯސްކޮށް ކަމެއް ކުރާ ނަމަ، އެކަމާ ދެކޮޅަށް ހުންނަވާ މީހެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެމަނިކުފާނަށް [ސިޔާމަށް] ތައީދުކުރައްވާ ހުރިހާ ބޭފުޅުން އަޅުގަނޑަށް ވޯޓުލާނެކަން. ކޮންމެވެސް ސިއްރު ކޯޑަކުން މެސެޖު ދެއްވާނެކަން، އަޅުގަނޑު ވަރަށް ޔަގީންކުރާ ކަމެއް މިއީ،" ގާސިމް ވިދާޅުވެފައިވެ އެވެ.
ސިޔާމްގެ އިތުރުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މި ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ރައީސްގެ ފަހަތަށް އަރަން ގާސިމަށް ގޮވާލައްވައިފަ އެވެ.
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
އެއްބުރުން ނިންމައި ތާރީހު ބަދަލުކޮށްލެވިދާނެ؟
ސިޔާމްގެ ސަބަބުން ބޭރުން ފައިސާ ލިބޭނެކަން ވެސް ޔަގީން
ވަގުތު ހަމަވި އިރު، އެންމެ ގިނަ ކެންޑިޑޭޓުން މިފަހަރު
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
"އެންމެ އުފާވަނީ އެމްޑީޕީން ލާދީނީ ފިކުރު ދިއުމުން"