02 ފެބުރުއަރީ 2017
ވޮޝިންޓަން (ފެބްރުއަރީ 2) - އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވާފައިވާ ފާރުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ހޯމްލޭންޑް ސެކިއުރިޓީއާ ބެހޭ ވަޒީރު ޖޯން ކެލީ ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ފެބްރުއަރީ 2) - އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވާފައިވާ ފާރުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ހޯމްލޭންޑް ސެކިއުރިޓީއާ ބެހޭ ވަޒީރު ޖޯން ކެލީ ވިދާޅުވެއްޖެ އެވެ.
"ފާރު ފުރަތަމަ ރާނާނީ އެންމެ ބޮޑަށް ބޭނުންވާ ސަރަހައްދުގައި. ކުރިއަށް އޮތް ދެ އަހަރު ތެރޭ ފާރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރަން،" ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ކެލީ ވިދާޅުވި އެވެ.
ކެމްޕޭން ވައުދާ އެއްގޮތަށް މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި 2،000 މޭލު (3،200 ކިލޯ މީޓަރު) ގެ ފާރު ރޭނުމުގެ އަމުރުގައި ޓްރަމްޕް ވަނީ ހުކުރު ދުވަހު ސޮއި ކުރައްވައިފަ އެވެ. ބޭނުމަކީ ގަވާއިދާޚިލާފަށް އެތެރެވާ މީހުންނާއި މަސްތުވާތަކެތި އެމެރިކާ އަށް އެތެރެކުރުން ހުއްޓުވުމެވެ. މީހުންނާއި ވެހިކަލް ހުއްޓުވުމަށް މިހާރު ވެސް ވަނީ އެމެރިކާ އާއި މެކްސިކޯއާ ދެމެދު 653 މޭލުގެ ފެންސެއް ޖަހައިފަ އެވެ.
މެކްސިކޯ-އެމެރިކާ ބޯޑަރުގައި ގާއިމްކޮށްފައިވާ ފެންސް ބޯޑާ ޕެޓްރޯލް އެޖެންޓުން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ
ފާރުގެ މަސައްކަތް ޕްލޭންކޮށް ރޭނުމުގެ މަސައްކަތް ބަލަހައްޓަވާ ކެލީ ވިދާޅުވީ ދެކުނުގެ ބޯޑަރު ވަރުގަދަ ކުރާ އިރު ޓެކްނޮލޮޖިކަލް ސެންސާ ފަދަ ތަކެތި ވެސް ހަރުކުރާނެ ކަމަށެވެ. އަދި މިހާރު ހުރި ގާނޫނުތަކުގެ ދަށުން ވެސް ފާރުގެ މަސައްކަތް ފެށިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ގޮތުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ކެލީ ވިދާޅުވި އެވެ.
މެކްސިކޯގެ ބޯޑަރުގައި ފާރު ރޭނުމަށް 4-10 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ޓްރަމްޕް ލަފާ ކުރައްވާފައިވެ އެވެ. ނަމަވެސް ތަޖްރިބާކާރުން ބުނަނީ ބޯޑަރުގައި ރާނާ ފާރުގެ 400 މޭލަށް 11 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އެމްއައިޓީ ޓެކްނޮލޮޖީ ރިވިއު އިން ލަފާކޮށްފައި ވަނީ 1،000 މޭލުގެ ސްޓީމް އަދި ކޮންކްރީޓް ފާރަކަށް 27-40 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ.
މެކްސިކޯ-އެމެރިކާ ބޯޑަރުގައި ގާއިމްކޮށްފައިވާ ފެންސަށް ބަޔަކު އަރަނީ. --ފޮޓޯ:އޭއެފްޕީ
ފާރުގެ އަގު ހޯދާނީ މެކްސިކޯ އިން އެތެރެކުރާ މުދަލުން 20 ޕަސެންޓުގެ ޓެކްސްއެއް ނަގައިގެން ކަމަށް ވައިޓްހައުސް އިން ވަނީ ބުނެފަ އެވެ. މެކްސިކޯގެ މުދަލުން 20 ޕަސެންޓުގެ ޓެކްސްއެއް ނަގަން ފެށުމުން އަހަރަކު 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ވައިޓް ހައުސް އިން ލަފާކޮށްފައިވެ އެވެ. މެކްސިކޯ އިން އަހަރަކު 300 ބިލިއަން ޑޮލަރުގެ މުދާ އެމެރިކާ އަށް އެތެރެކުރެ އެވެ.
މެކްސިކޯގެ ޚާރިޖީ ވަޒީރު ލުއިސް ވިޑެގަރޭ ވިދާޅުވީ އެ ގައުމުގެ މުދަލަށް ޓެކްސް ނަގަން ފެށުމުން އެމެރިކާ މީހުންނަށް މެކްސިކޯގެ ތަކެތީގެ އަގު ބޮޑުވާނެ ކަމަށެވެ. އަދި އެންމެ ފަހުން ފާރުގެ އަގު އަދާކުރަން ޖެހެނީ އެމެރިކާގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނޯތު އެމެރިކާގެ ފްރީ ޓްރޭޑް އެގްރީމެންޓް އާކޮށްފި
މެކްސިކޯގެ ބޯޑަރުގައި ފާރު ރޭނުމަށް ޓްރަމްޕް އަންގަވައިފި
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
ޓްރަމްޕަށް ސާބިތުވި ދައުވާ ބާތިލްކުރާނެތޯ ނިންމަނީ
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕު އެނބުރި އައުމުން ޔޫރަޕުގައި ހާސްކަން
ތަފާތު ބޮޑުކޮށް ޓްރަމްޕް އަލުން ވެރިކަމަށް