01 ޑިސެމްބަރ 2018
އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާއިން އާ ޓްރޭޑް އެގްރީމެންޓްގައި ސޮއިކޮށްފި އެވެ.
އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާއިން އާ ޓްރޭޑް އެގްރީމެންޓްގައި ސޮއިކޮށްފި އެވެ.
އާޖެންޓީނާގައި ކުރިއަށްދާ ޖީ20 ސަމިޓުގައި މި ތިން ގައުމުގެ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އާ ކަންތައްތަކެއް ހިމަނައިގެންނެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި މެކްސިކޯގެ ރައީސް އެންރިކް ޕީނާ ނިއޭޓޯ އާއި ކެނެޑާގެ ބޮޑުވަޒީރާ ޖަސްޓިން ޓްރޫޑޯ އެވެ.
މި ތިން ގައުމުގެ އާ ވިޔަފާރީގެ އެއްބަސްވުމާ އެކު 24 އަހަރު ކުރިން ނޯތު އެމެރިކާގެ ގައުމުތަކުގެ މެދުގައި ވެފައިވާ ވިޔަފާރީގެ އެއްބަސްވުން އަނެއްކާ ވެސް އާ ވެގެންދިޔައީ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް މީގެ ކުރިން ވެސް ވަނީ މި ގައުމުތަކުން ކުރިން ވެފައިވާ އެއްބަސްވުން ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މި އެއްބަސްވުން ތިން ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރަންޖެހޭނެ އެވެ.
"މި އެއްބަސްވުމާ ހަމައަށް އައުމަށް ދިގު މުއްދަތެއް ނެގި. ދެބަސްވުންތަކާ ދަތި އުނދަގޫތައް ވެސް ކުރިމަތިވި،" ޓްރަމްޕް ވިދާޅުވި އެވެ.
ވިޔަފާރީގެ އެއްބަސްވުމަށް ފަހު ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ވަނީ އެމެރިކާއިން ސްޓީލް އާއި އެލްމެނިއަމް އިން ނަގާ ޓެކްސް ކަނޑާލުމަށް ގޮވާލައްވާފަ އެވެ.
"މި ހިސާބަށް އާދެވުނީ ބުރަ މަސައްކަތުން. މި އެއްބަސްވުން ކާމިޔާބުވާނެ ކަމަށް ޔަގީން ކުރަން،" ޓްރޫޑޯ ވިދާޅުވި އެވެ.
އެމެރިކާ، މެކްސިކޯ، ކެނެޑާގެ ރައީސުން ބައްދަލުކުރަނީ
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ޓިކްޓޮކާ ގުޅޭ ގޮތުން ޓްރަމްޕްގެ ރާގު ބަދަލުވެއްޖެ
ވީޗެޓް އެމެރިކާގައި މަނާކުރުން ހުއްޓުވައިފި
މެކްސިކޯ ބޯޑަރުގައި ދެ އަހަރު ތެރޭ ފާރު ރާނާ ނިންމާނެ
މެކްސިކޯގެ ބޯޑަރުގައި ފާރު ރޭނުމަށް ޓްރަމްޕް އަންގަވައިފި
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި