26 ޖެނުއަރީ 2017
ވޮޝިންޓަން (ޖެނުއަރީ 26) - އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕު އަންގަވައިފި އެވެ.
ވޮޝިންޓަން (ޖެނުއަރީ 26) - އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕު އަންގަވައިފި އެވެ.
އޭބީސީ ނިއުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ފާރު ރޭނުމަށްދާ ހަރަދު މެކްސިކޯ އިން ދޭނެ ކަމަށެވެ. ނަމަވެސް ގައުމާ މުހާތަބު ކުރައްވާ މެކްސިކޯގެ ރައީސް އެންރީކް ޕީނާ ނިއެޓޯ މިއަދު ވިދާޅުވީ ފާރު ރޭނުމަށް އެ ގައުމުން އެންމެ ފައިސާ ފޮއްޗެއް ވެސް ހޭދަ ނުކުރާނެ ކަމަށެވެ. އަދި ސަރަހައްދީ ރޮނގުގައި ފާރު ރޭނުމަކީ މެކްސިކޯ އިން ގަބޫލްކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ފާރު ރޭނުމަށް ފައިސާ ހަރަދު ކުރެވޭނީ ކޮންގްރެސް އިން ފާސްކޮށްގެންނެވެ. މެކްސިކޯގެ ބޯޑަރުގައި 2،000 މޭލުގ ދިގު ފާރު ރޭނުމަށް 8 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ޓްރަމްޕް ލަފާ ކުރައްވާފައިވެ އެވެ. ނަމަވެސް ތަޖްރިބާކާރުން ބުނަނީ މި އަދަދު ދެ ގުނަވާނެ ކަމަށެވެ. މެކްސިކޯގެ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ކެމްޕޭނުގެ އެންމެ ބޮޑު އެއް ވައުދެވެ.
އެމެރިކާ-މެކްސިކޯ ގުޅޭ ބޯޑަރު ސަރަހައްދުން ޓްރަކްތަކެއް ހުރަސް ކުރަނީ. --ފޮޓޯ:އޭއެފްޕީ
ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓްރަމްޕް ވަނީ އެމެރިކާގެ ދެކުނުގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމަށް 10،000 އިމިގްރޭޝަން އޮފިސަރުން ނެރުމަށް އަންގަވައިފަ އެވެ.
"ބޯޑަރެއް ނެތް ގައުމަކީ ގައުމެއް ނޫން. މިއަދުން ފެށިގެން އެމެރިކާ އަށް އެ ގައުމުގެ ބޯޑަރުގެ ކޮންޓްރޯލް ލިބެން ފަށާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ މެކްސިކޯއާ އެކު އޮތް ގުޅުން ރަނގަޅުވަމުންދާނެ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން މެކްސިކޯގެ ރައީސް އެންރީކް ޕީނާ ނިއެޓޯއާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޓްރަމްޕް ދެން އެންމެ އަވަހަށް އިއުލާން ކުރައްވާނީ އެފްރިކާ އާއި މެދުއިރުމަތީގެ ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުމުގައި އަޅާނެ ހަރުކަށި ފިޔަވަޅުތަކެވެ.
ނޯތު އެމެރިކާގެ ފްރީ ޓްރޭޑް އެގްރީމެންޓް އާކޮށްފި
މެކްސިކޯ ބޯޑަރުގައި ދެ އަހަރު ތެރޭ ފާރު ރާނާ ނިންމާނެ
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
ޓްރަމްޕަށް ސާބިތުވި ދައުވާ ބާތިލްކުރާނެތޯ ނިންމަނީ
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕު އެނބުރި އައުމުން ޔޫރަޕުގައި ހާސްކަން
ތަފާތު ބޮޑުކޮށް ޓްރަމްޕް އަލުން ވެރިކަމަށް