Roadha Mihaaru
ޑރ. މައުސޫމް އެމްޑީޕީއަށް ސޮއިކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އެމްޑީޕީއަށް ސޮއިކުރައްވައިފި

27 އޯގަސްޓް 2023

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް މިރޭ ސޮއިކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް މިރޭ ސޮއިކުރައްވައިފި އެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާކަން މީގެ ކުޑަ ދުވަސްކޮޅެއް ހާމަކުރެއްވި، ޑރ. މައުސޫމް މީގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައި އެވެ. އެ ޕާޓީން ވަކިވެވަޑައިގެންނެވީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

އެމްޑީޕިއަށް ސޮއިކުރައްވައި، މައުސޫމް ވަނީ ޕާޓީގެ މެމްބަޝިޕް ފޯމު މިރޭ ރައީސާ ހަވާލުކުރައްވައިފަ އެވެ.

ޑރ. މައުސޫމް މިނިސްޓަރު ކަމަށް ވަޑައިގެންނެވީ މި ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ލިބުނު ސްލޮޓެއްގައި އެވެ. ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރައްވަން ނިންމެވި ފަހުން، އޭނާ ހުންނެވީ ޖޭޕީގެ ހަރަކާތްތަކާ ދުރުގައި އެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުގެ ކުރިން މައުސޫމް ހުންނެވީ ޑީއާރްޕީގައި އެވެ.