ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރި ކުންފުންޏަކުން ވަކި ނުވެ ހުންނެވިކަން އެނގުމުން، އޭނާ އަލުން ހުވާ ކުރައްވަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
26 އޯގަސްޓް 2020
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރި ކުންފުންޏަކުން ވަކި ނުވެ ހުންނެވިކަން އެނގުމުން، އޭނާ އަލުން ހުވާ ކުރައްވަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރި އިރު އެނގިފައިވާ ގޮތުގައި އޭނާ ބައިވެރިވެވަޑައިގެން އުޅުއްވި ވިޔަފާރިއަކުން ވަކިވެވަޑައިގެންނެވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވި ފަހުންނެވެ. ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުން އެކަން އެނގެން އޮތުމުން، އެކަން އަލުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އަނބުރައި ފޮނުއްވައިލެއްވި އެވެ.
އެކަމާ މަޝްވަރާކުރަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ އެކަމުގައި މާބޮޑު ގޯހެއް ނެތް ކަމަށާއި ނަމަވެސް އެކަމުގައި ޚިޔާލުތަފާތުވުންތަކެއް ހުރުމުން އެއްވެސް ޝައްކެއް ނުބޭއްވުމަށް އަލުން ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް ވިދާޅުވީ މި އުޅެނީ ވަޒީރަކު މާބޮޑު ކަންތައްތަކެއް ކުރައްވައިގެން ނޫން ކަމަށާއި ކޮމިޓީން ވެސް ބޮޑު ގޯހެއް ހަަދައިގެން ނޫން ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުވެސް ގަބޫލުކުރަން މިވަރުގެ ކަމެއް ކުރާއިރުގައި އެއްވެސް ފަރާތަކަށް އެއްޗެއް ބުނުމުގެ ޗާންސެއް ނޯންނަ ގޮތަށް ކަންތައް ކުރުމަކީ އެންމެ ރަނގަޅު ގޮތް،" ޔާސިރު ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިއީ ރައީސް އޮފީހުން ބަލަން ޖެހޭ ކަންތައްތައް ރަނގަޅަށް ނުބެލިގެން ދިމާވި މައްސަލައެއް ކަމަށާއި މިިގޮތަށް ކަންތައް ދިމާވި މިއީ ދެވަނަ ފަހަރު ކަމަށެވެ. މިއީ ފެންނަން އެހާ ރީތި މަންޒަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިކަން ތަކުރާރު ނުވާނެ ގޮތަކަށް ސަރުކާރުން އެބަ ޖެހޭ ވިސްނާވަޑައިގަންނަވަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މައުސޫމް އަލުން ހުވާ ކުރައްވަން ލަފާދޭން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ އެއީ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގު ވެއްޓޭ ފަދަ ކަމަކަށް ވާނެ ކަމަށެވެ. އޭނާ ހުށަހެޅުއްވީ ރިޕޯޓް އޮތް ގޮތަށް އަލުން ތަޅުމަށް ފޮނުވުމަށެވެ.
މެމްބަރުންގެ ޚިޔާލު ތަފާތުވެފައި ވަނިކޮށް ދިއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވީ އަލުން ހުވާކުރައްވަން ލަފާދީ ރިޕޯޓް އިސްލާހުކޮށް ތަޅުމަށް އަލުން ފޮނުވުމަށެވެ. ކޮމިޓީން ފާސްކުރީ އެގޮތަށެވެ.
ޑރ. މައުސޫމަށް މަޖިލިހުން ރުހުން ދީފި
ގާސިމްގެ ހިތްހަމަނުޖެހުން: "ތިޔަ ގޮވަނީ ގުދޯ ގުދޯ"!
ގާސިމް، ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލައިފި
އެމްޑީޕީން 87 ގޮނޑިއަށް ވާދަކުރަން ވިސްނަނީ
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!
"ސާލިހު ޕާޓީ" ޖެހި މައްސަލަ ސުލޫކު ކޮމިޓީއަށް
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ޖޭޕީ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ"، "އެމްއެމްޕީ"
މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި