18 ޑިސެމްބަރ 2024
އަންނަ އަހަރަށް ލަފާކޮށް ފާސް ކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ ފަސް ސިޔާސީ ޕާޓީއެއްގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ފާސް ކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ ފަސް ސިޔާސީ ޕާޓީއެއްގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އީސީން ބުނީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވެފައިވަނީ ފަސް ސިޔާސީ ޕާޓީއެއްގެ ކަމަށާއި ބަޖެޓް ދޫކުރާނީ އެ ޕާޓީތަކަށް ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.
އެ ޕާޓީތަކަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭ އަދި ޕީއެންސީ އެވެ.
— Elections Commission (@ElectionsMv) December 18, 2024
އެ އަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކުގެ ތެރޭގައި އުވާލަން ނިންމާފައިވާ ޕީޕީއެމް ވެސް ހިމެނެ އެވެ. ނަމަވެސް އެ ޕާޓީ އުވާލުމުގެ އިދާރީ ކަންކަން އީސީން މިހާރު ކުރިއަށް ގެންދަތީ އެ ޕާޓީއަށް ފައިސާ ދޫ ނުކުރާނެ ކަމަށް އީސީން ބުންޏެވެ.
އީސީން ޕާޓީތަކަށް ދޭނެ ފައިސާގެ އަދަދު ކަނޑައަޅާނީ މި މަހުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި ޖުމްލަ އަދަދަށް ބަލައިގެންނެވެ.
މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މަޖިލީހުން ގާނޫނު އިސްލާހު ކުރުމަށް ފަހު މިހާރު ވަނީ ބަޖެޓުން އެ އަހަރަކު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޫކުރާ ގޮތަށް ކަނޑައަޅައިފަ އެވެ.
މި އަހަރަށް ކަނޑައެޅި ބަޖެޓުން ސިޔާސީ ހަ ޕާޓީއަކަށް ވަނީ 44 މިލިއަން ރުފިޔާ ދީފަ އެވެ.
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
ޕާޓީތަކުގެ ދަރަނި ބަޖެޓުން ކަނޑާލާ އިސްލާހު ބޭރުކޮށްފި
ޕާޓީތަކުން ނުދައްކާ ދަރަނިތައް ބަޖެޓުން ކަނޑާލަނީ
އަންނަ އަހަރު ސިޔާސީ ޕާޓީތަކަށް 25 މިލިއަން ރުފިޔާ
ޕާޓީތަކަށް ފައިސާ ދޫނުކުރާ މައްސަލާގައި ޖަވާބެއް ނުދިން
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި
ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކުގެ ފައިސާ ހިފަހައްޓަނީ
ފިންގަޕްރިންޓް ނެތް މީހުންގެ ލިސްޓު މާދަމާ ފޮނުވަނީ
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި