15 ނޮވެމްބަރ 2018
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް 25 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް 25 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށެވެ. އަންނަ އަހަރަށް 25.6 މިލިއަން ރުފިޔާ ކަނޑައެޅި އިރު، އެއީ ޕާޓީތަކަށް ސަރުކާރުން މި އަހަރު ދިން އަދަދަށް ވުރެ، އެއް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ސިޔާސީ ޕާޓީތަކަށް މި އަހަރު ކަނޑައެޅީ 24 މިލިއަން ރުފިޔާ އެވެ.
މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ، އެންމެ މެމްބަރުން ގިނަ ޕީޕީއެމަށެވެ. އެ ޕާޓީ އަށް 11.5 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، މިހާތަނަށް ޖަމާކޮށްދިނީ 3.5 މިލިއަން ރުފިޔާ އެވެ. އެ ޕާޓީގެ ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދި ކޯޓުގައި މައްސަލަ އޮތުމުން އަށް މިލިއަން ރުފިޔާ ވަނީ ހިފަހައްޓައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީ އަށް 7.5 މިލިއަން ރުފިޔާ ދީފަ އެވެ. އަދި ޖުމްހޫރީ ޕާޓީ އަށް 2.6 މިލިއަން ރުފިޔާ، އެމްޑީއޭ އަށް 2.7 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ހަތް ޕާޓީގެ ތެރެއިން ފައިސާ ދޫކުރީ، 10،000 އަށް ވުރެ ގިނަ އިން މެމްބަރުން ހިމެނޭ ޕާޓީތަކަށެވެ. މެމްބަރުން އެންމެ ގިނައީ، ޕީޕީއެމްގަ އެވެ. އެ ޕާޓީގައި 45،865 މެމްބަރުން ތިބިއިރު، ދެ ވަނަ އަށް އެންމެ ގިނަ އެމްޑީޕީގައި 29،756 މެމްބަރުން އެބަތިއްބެވެ.
ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކުގެ ފައިސާ ހިފަހައްޓަނީ
މި އަހަރު ވެސް ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
ޕާޓީތަކުގެ ދަރަނި ބަޖެޓުން ކަނޑާލާ އިސްލާހު ބޭރުކޮށްފި
ޕާޓީތަކުން ނުދައްކާ ދަރަނިތައް ބަޖެޓުން ކަނޑާލަނީ
ޕާޓީތަކަށް ފައިސާ ދޫނުކުރާ މައްސަލާގައި ޖަވާބެއް ނުދިން
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި
ފިންގަޕްރިންޓް ނެތް މީހުންގެ ލިސްޓު މާދަމާ ފޮނުވަނީ
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި