ގާނޫނުގައި ބުނާ 10،000 މެމްބަރުން ހަމަކޮށް ދައުލަތުގެ ބަޖެޓުން މި އަހަރު ވެސް ފައިސާ ކަށަވަރުވީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ގާނޫނުގައި ބުނާ 10،000 މެމްބަރުން ހަމަކޮށް ދައުލަތުގެ ބަޖެޓުން މި އަހަރު ވެސް ފައިސާ ކަށަވަރުވީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މި އަހަރު ފައިސާ ދޫކުރާގޮތަށް ހަމަޖައްސާފައި އޮތީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް ކަމަށެވެ. އަލަށް އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކުރު މުއްދަތެއްގައި 10،000 މެމްބަރުން ހަމަކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފައި ވިޔަސް ފައިސާއެއް ނުލިބެ އެވެ.
އެއީ ބަޖެޓު ދޭން ވެގެން، އިލެކްޝަންސަށް ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކޮށް ކަށަވަރުކުރުމާ ހަމައަށް 10،000 މެމްބަރުން ހަމަވާ އަދަދަށް އެމްއެންޕީން ފޯމު ހުށަހަޅާފައި ނެތުމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. މި ފައިސާ މި އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ދޫކުރަން ޖެހެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން 10،000 މެމްބަރުން ހަމަވަނީ ތިން ޕާޓީގަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އެވެ.
ކޮމިޝަނުން އޮކްޓޯބަރު، 31، 2021 ގައި އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން އަދާލަތުުގައި 10،000 މެމްބަރުން ހަމައެއް ނުވެ އެވެ. އެ މުއްދަތާ ހަމައަށް އެ ޕާޓީގައި ރަޖިސްޓަރީވެފައި ތިބީ 6،280 އެވެ.
އިލެކްޝަންސުން ބުނީ ހުށަހަޅާފައިވާ ފޯމުތައް ކަށަވަރުކޮށް ނިމުނު އިރު އަދާލަތު ޕާޓީގައި 10،000 މެމްބަރުން ހަމަވާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 11 ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށްފައި އެބައޮތެވެ.
އަންނަ އަހަރު ސިޔާސީ ޕާޓީތަކަށް 25 މިލިއަން ރުފިޔާ
ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކުގެ ފައިސާ ހިފަހައްޓަނީ
ޕާޓީތަކަށް ބަހާ ފައިސާ: މި ހަރަދާ ކުޅެން ކެރޭނެތަ؟
އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9 މިލިއަން
ފައިސާ ދޫކުރަންވާ އިރަށް އެތައް ހާސް ފޯމެއް!
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
ޕާޓީތަކުގެ ދަރަނި ބަޖެޓުން ކަނޑާލާ އިސްލާހު ބޭރުކޮށްފި
ޕާޓީތަކުން ނުދައްކާ ދަރަނިތައް ބަޖެޓުން ކަނޑާލަނީ
"ގާނޫނާ އެއްގޮތަށް ހިންގާ ހަރަކާތަށް ހުރަހެއް ނާޅާނެ"