08 އޮކްޓޯބަރ 2020
ދެން އޮންނަ ރިއާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ދެން އޮންނަ ރިއާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ނެރޭ "ޚަބަރު ސިޓީ"ގެ މިފަހަރުގެ އަދަދުގައި އޮތް އާޒިމް ލިޔުއްވުމެއްގައި ފުޓުބޯޅަ މެޗެއްގެ މިސާލު ޖައްސަވަމުން ވިދާޅުވީ އެހެން ޕާޓީތަކާ އެކުގައި ނުކުމެއްޖެ ނަމަ އެމްޑީޕީއަށް އިންތިހާބު ނާކާމިޔާބުކޮށްލަން މަސައްކަތް ކޮށްފާނެ ކަމަށެވެ. އޭރުން ޖެހޭނީ ބަލިވެ، އަނިޔާތަކާ އެކު ރޯން ކަމަށް ވިދާޅުވި އެވެ. ކޯލިޝަންގައި ތިބި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ އެ ޕާޓީތައް ވަރުގަދަކޮށް އަންނަ ރިއާސީ އިންތިހާބަށް ތައްޔާރުވާން ކަމަށް އާޒިމް ލިޔުއްވާފައިވެ އެވެ.
"... އަންނަ ރިއާސީ އިންތިހާބަށް އެމްޑީޕީ ނުކުންނާނީ ވަކިންތޯ ނޫން ނަމަ ކޯލިޝަނަކާ އެކީގައިތޯ މިއީ ވަރަށް އަވަހަށް ނިންމަން ޖެހިފައިވާ މުހިއްމު ނިންމުމެކެވެ. މިހެން މިދެންނެވީ ވާދަވެރި ޓީމްތަކުގެ ކުޅުންތެރިން ގޮވައިގެން މެޗް ކުޅެން އަރައިފި ނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލެއް ޖަހާތަން އަޅުގަނޑުމެންނަށް ފެންނާނެތީ އެވެ،" އާޒިމްގެ ލިޔުއްވުމުގައިވެ އެވެ.
ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި، އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ތުހުމަތުކުރައްވަމުން އާޒިމް ވިދާޅުވީ އެ ޕާޓީތަކުގެ ފިކުރުގެ މީހުންނަށް ވަޒީފާތައް ދިނުމާއި މަސައްކަތްތައް ދިނުން ފަދަ ގޮތް ގޮތުން އެ ބޭފުޅުންގެ ޕާޓީތައް ވަރުގަދަކުރައްވަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އަތޮޅުތަކުގައި އެ އޮއިވަރު ވަކިން ގަދަ ކަމަށް ވިދާޅުވެފައިވެ އެވެ.
"... ނަތީޖާއަކަށް ވާނީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމްކުރުމަށް ޖާނާއި މާލުން ގުރުބާންވީ، އެމްޑީޕީގެ އާއްމު މެމްބަރުން ބާކީވެ މަގުމަތިވުމެވެ. ޕާޓީއާ މެދު މެދު މާޔޫސްވެ ފޫހިވުމެވެ،" އާޒިމް ވިދާޅުވެފައި ވެ އެވެ.
މިހެން މިދެންނެވީ ވާދަވެރި ޓީމްތަކުގެ ކުޅުންތެރިން ގޮވައިގެން މެޗް ކުޅެން އަރައިފި ނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލެއް ޖަހާތަން އަޅުގަނޑުމެންނަށް ފެންނާނެތީ: އާޒިމް
މިހާރު މިއޮތީ ކޯލިޝަން ސަރުކާރަކަށް ވިޔަސް ރައްޔިތުން އެގޮތަށް ނުދެކޭ ކަމަށާއި ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ޖާއިޒް ނޫން ކަމެއް ކުރާ ކޮންމެ ފަހަރަކު އެކަމުގެ ހުތުރު ރައްދުވަނީ ސީދާ އެމްޑީޕީއަށް ކަމަށް އާޒިމް ވިދާޅުވި އެވެ. އެފަދަ އަމަލެއް ހިންގުމުން އެކަން ކުރީ ސަރުކާރުގައި ހިމެނޭ މިވެނި ޕާޓީއެއްގެ މީހެކޭ އެކަކުވެސް ނުބުނާނެ ކަމަށާއި އެކަމުގެ ބަދުނާމު އެޅޭނީ އެމްޑީޕީގެ ބޮލުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ކޯލިޝަނެއްގެ ގޮތުގައި ރިއާސީ އިންތިހާބަކަށް ނުކުތުން ރަނގަޅުނޫން ކަމުގެ މައްޗަށް އާޒިމް މިފަދަ ލިއުއްވުމެއް ލިއުއްވި އިރު، އެމްޑީޕީން ދެ ފަހަރު ވެސް ރިއާސީ އިންތިހާބު ކާމިޔާބުކުރީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓްގެ ގޮތުގައި އެޕާޓީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މިހާރު އުވި ގޮސްފައިވާ ކުޑަ އެހެން ދެޕާޓީއަކާ އެކު ކޯލިޝަނެއް ހަދައިގެންނެވެ. އެފަހަރުގެ ކޯލިޝަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޫޅި، އެޕާޓީތައް ގުޅުނީ އޭރުގެ އިދިކޮޅު ފަރާތްތަކާ އެވެ.
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި
ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީންފާސްކޮށްފި
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟
ކޯލިޝަންގެ ހަގީގަތާ ދުރުވެވޭކަށް ނެތް!
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ލޯކަލް އިންތިޚާބާ އެކު ކޯލިޝަންގެ "މޫނު" އަޅާނަން: ދޮންބިލެތް