23 އޯގަސްޓް 2022
އިއްތިހާދު ނުވެ ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެވެ; ވެރިކަމަށް ކުރިމަތިލައްވާ ލީޑަރުންނާއި ޕާޓީތަކުން ރިޔާސީ އިންތިހާބާ ދިމާކޮށް މި ވިސްނުން ކުރިއަށް ނެރެ އެވެ. އެކަމަކު މިއީ ސިޔާސީ ގޮތުން ވަރުގަދަކަން ދައްކަން ވިދާޅުވާ ހަގީގަތާ މާ ދުރު ވާހަކަ އެވެ. އެއް ލީޑަރަކަށް ނުވަތަ ޕާޓީއަކަށް ވެސް އެ ވަރުގެ ތާއީދެއް ރިޔާސީ އިންތިހާބެއްގައި މިހާތަނަށް ފެނިފައެއް ނެތެވެ.
އިއްތިހާދު ނުވެ ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެވެ; ވެރިކަމަށް ކުރިމަތިލައްވާ ލީޑަރުންނާއި ޕާޓީތަކުން ރިޔާސީ އިންތިހާބާ ދިމާކޮށް މި ވިސްނުން ކުރިއަށް ނެރެ އެވެ. އެކަމަކު މިއީ ސިޔާސީ ގޮތުން ވަރުގަދަކަން ދައްކަން ވިދާޅުވާ ހަގީގަތާ މާ ދުރު ވާހަކަ އެވެ. އެއް ލީޑަރަކަށް ނުވަތަ ޕާޓީއަކަށް ވެސް އެ ވަރުގެ ތާއީދެއް ރިޔާސީ އިންތިހާބެއްގައި މިހާތަނަށް ފެނިފައެއް ނެތެވެ.
ރިޔާސީ އިންތިހާބުގައި ކާމިޔާބީ ހޯދާ ފޯމިއުލާއަކީ ކޯލިޝަން އެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް އޮތީ ހަމަ އެގޮތެވެ. ތަފާތު ފިކުރުތައް އެކުވެ އުފައްދާ ކޯލިޝަނުން ސަރުކާރު ހިންގުމުގައި ކުރަން ޖެހުނު ތަޖުރިބާތަކުގެ އަޑު މިދުވަސްވަރު ގަދަވެފައިވާ އެއް ސަބަބަކީ އެ ހަގީގަތެވެ.
އާ ގާނޫނުއަސާސީގެ ފުރަތަމަ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަމަކީ ވެސް ވަރުގަދަ އިއްތިހާދެކެވެ. އެމްޑީޕީ އިސްވެ ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމްއާ އެކު ވެރިކަން ކާމިޔާބުކުރީ އެއް ބުރުންނެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް، ޔާމީނާ ދެކޮޅަށް ނުކުމެ މި ކޯލިޝަން އެކުލަވާލީ ވަރުގަދަ އެއްބަސްވުމަކުންނެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަނެވެ.
މި ވެރިކަން އުފެއްދި ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ: އެމަނިކުފާނު އަދިވެސް ވިސްނަވަނީ ކޯލިޝަން ވެރިކަމެއް ކުރެއްވުމަށް. -- ފޮޓޯ | މިހާރު
އިންތިހާބާ ހަމައަށް މިގޮތުގައި މި ކޯލިޝަން ދެމިއޮވެދާނެ އެވެ. ސުވާލު އުފެދެނީ އޭގެ ފަހުން ސިޔާސީ މަސްރަހުގައި އިއްތިހާދުވުން ހިނގާނެ ގޮތަކާ މެދުގަ އެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓް ޔާމީންއާ އެކު ކޯލިޝަނެއްގެ ފުރުސަތު އެބައޮތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ އަނެއްކާ ވެސް ކޯލިޝަން ވެރިކަމެއް ކުރެއްވުމަށެވެ.
އެމަނިކުފާނުގެ ވެރިކަން ދަމަހައްޓައިދިން ޕާޓީތަކާ އެކު ނުކުމެވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަމަކު ސިޔާސީ މަސްރަހުން ފެންނަ މަންޒަރަށް ބަލާއިރު މި ކޯލިޝަން ދެމެހެއްޓުމަކީ އަދި އެއްބަސްވެވިފައި އޮތް ހިސާބެއް ނޫނެވެ. މި ގޮތުގައި ތިބި ކަމުގެ ޔަގީންކަމެއް ޕާޓީތަކުން ނުދެ އެވެ.
ފުރަތަމަ ދެ ފަހަރު, 2008 އާއި 2013 ގައި ކޯލިޝަން ވެރިކަމުގައި ކުރަން ޖެހުނީ ވަރަށް ހިތި ތަޖުރިބާއެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅި، ޕާޓީތައް ސަރުކާރާ ދެކޮޅަށް ތެދުވެ މާ ބަދަހި ގުޅުމަކަށް އިއްތިހާދު ވަނީ އެވެ.
މި ބިރު ތަކުރާރުކުރަން ޖެހިދާނެތީ މި ވެރިކަން ފެށީ ލީޑަރުންގެ މެދުގައި ވެވުނު އެއްބަސްވުމަކުންނެވެ. ލީޑަރުންގެ އެއްބަސްވުމުގައި އޮތީ ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ކަނޑައަޅައިފަ އެވެ. އިންތިހާބުގައި އެކުގައި ވާދަކުރުމުގެ ވައުދެއް ވެސް ލީޑަރުން އެންޑޯސްކުރެއްވި އެއްބަސްވުމުގެ މާއްދާއެއްގައި ވެ އެވެ.
ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ދިނުމަކީ ވެސް ރައްޔިތުންނަށް ވި ވައުދެކެވެ.
އެކަމަކު މި ހުރިހާ އަހުދަކާ އެއްގޮތަކަށް ކޯލިޝަން ކުރިއަކަށް ނުދިޔަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައިން އެއްބަސްވުމަށް އެމްޑީޕީން އަމަލެއް ނުކުރި އެވެ.
އެ އެއްބަސްވުން މާނަކޮށްގެން، ފޯމިއުލާއެއް ހޯދާ ނަމަ މަޖިލީހުގެ ގޮނޑިތައް ވެސް ބަހަން ޖެހެނީ ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުންނެވެ. އެއީ، އެމްޑީޕީ އަށް 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ.
އެކަމަކު އެމްޑީޕީން ބޭނުންވީ ހުރިހާ ދާއިރާތަކަކަށް ވަކިން ވާދަކުރާށެވެ. އެއްބަސްވުމުގައި އެގޮތަށް އަހުދެއް ވި ކަމަށް ގަބޫލުކުރަން ވެސް އެ ޕާޓީން ދެކޮޅު ހެދީ އެވެ. ކޯލިޝަނާ ދެކޮޅު ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އެ ނިންމެވުމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ޖެހިވަޑައިގަތީ އެއްބަސްވެވަޑައިގަންނަވާށެވެ.
މިއީ ލީޑަރުންގެ ފާޑުކިއުމާއި ހިތްހަމަނުޖެހުން އަމާޒުވި މައްސަލައެކެވެ. މީގެ ފަހުން ދެން ކުރަން ފެށީ އެއްބަސްވި ގޮތަށް ހައްގު މިންވަރު ނުލިބޭ ކަމުގެ ޝަކުވާ އެބައޮތެވެ. ވެރިކަން ދަމަހައްޓަވަން ލީޑަރުން އަހުދުގެ މަތީގައި ދެމިތިއްބެވިޔަސް ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. އެކުގައި ދެމިތިބުމުގެ ފަހަތުގައި އޮތީ ގައުމުގެ ހަމަޖެހުމަކަށްޓަކައި 2018 ގައި ރައްޔިތުންނަށް ވީ ވައުދު ކަމަށް ބައެއް ލީޑަރުން ވިދާޅުވެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯލިޝަނާ ގުޅޭ ގޮތުން މީޑިއާތަކަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ އެ ޕާޓީގެ ވިސްނުމަކީ ރިޔާސީ ރޭހަށް ކެންޑިޑޭޓަކު ނެރުމެވެ. އިންތިހާބުގައި ވާދަކުރައްވާނީ އޭނާ ކަމެއް ނުވަތަ އެހެން ބޭފުޅެއް ކަމެއް އަދި ކައުންސިލުން ނުނިންމަ އެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ރިޔާސީ ކެންޑިޑޭޓަކީ ގާސިމެވެ.
"މި ކެންޑިޑޭޓް ވެދާނެ ކޯލިޝަނެއްގެ ތެރެއިން ނެރޭނެ މީހެއްތޯ ނުވަތަ ޕާޓީގެ ތެރެއިން ނެރޭނެ މީހެއްތޯ. އަދި އަޅުގަނޑުމެން ކައުންސިލުން ނުނިންމާ," ވޮއިސް އިން އާއްމުކުރި އިންޓަވިއުގައި ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް: އޭނާ ވިދާޅުވަނީ މި ކޯލިޝަންގައި ވެސް އެ ޕާޓީގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް. -- ފޮޓޯ | ޖޭޕީ
ކޯލިޝަން ހަދާނީ އަނެއްކާވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅުގައި ކަމަށް ނުވަތަ އެހެން ބޭފުޅަކާ އެކުގައި ކަމަށް ވިދާޅުވުމަކީ, ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި "މިވަގުތަށް ބޭއިންސާފު" ވާހަކައަކަށް ވެދާނެ އެވެ.
ގާސިމް ވިދާޅުވީ އަދިވެސް އޭނާ ހުންނަވަން ބޭނުންވަނީ ކޯލިޝަން ހެދުމުގެ ކަންކަމުގައި ވެސް އިންސާފާއި ހަމައިގެ އުސޫލްގައި ކަމަށެވެ. އެއާއެކު އެ އިންސާފާއި ހަމަހަމަކަން އަދި އަހުދު ފުރިހަމައަށް ދެމެހެއްޓިފައި ނުވާ ކަމުގެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "ކޯލިޝަނޭ ކިޔާއެއްޗެއް ކޮންމެވެސް ސިފައެއްގައި އެބައޮވެ" އެވެ.
"އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަން. އޭގައި އޮންނާނީ ރަނގަޅާއި ނުބައި. މައިނަސް, ޕްލަސް ކޮންމެ ސަރުކާރެއްގައި ވެސް،" ގާސިމް ވިދާޅުވި އެވެ.
މި ޝަކުވާ މީގެ ކުރިން އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއާރުއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުން ވެސް ފާޅުކުރައްވާފައިވެ އެވެ.
ހައްގު މިންވަރު އެއްފަރާތްކޮށްފައި ޕާޓީތަކަށް މުހިއްމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވެރިކަން ދެމެހެއްޓުމެވެ. ކޯލިޝަން ތަޖުރިބާކުރި އެހެން ލީޑަރުންނާ އެމަނިކުފާނުގެ ތަފާތަކަށް ކަންކަމުގައި މަޝްވަރާ ކުރެއްވުމާއި އަޑުއެއްސެވުން އަދި ގުޅުމަށް އިހްތިރާމްކުރެއްވުމުގެ ސިފަ ފެނުމަކީ އަހުދުމަތީގައި އެކުގައި ތިބެވުނު ސަބަބު ކަމަށް ލީޑަރުން ވިދާޅުވެ އެވެ.
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާ ގޮތަށް އަނެއްކާ ވެސް މި ކޯލިޝަން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފެނިދާނެތޯ އެއީ ސުވާލެކެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އަދި ސާފެއް ނުވެ އެވެ. އިއްތިހާދު ހިނގާނީ ސިޔާސީ ސަފުން ފެންނަ ލީޑަރުންގެ މައްޗަށެވެ.
އެކަމަކު ހަގީގަތަކީ އިންތިހާބު ކާމިޔާބުކުރަން އަދިވެސް އޮތް ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަން ކަމެވެ. މިދިޔަ އިންތިހާބާ ހިލާފަށް ލީޑަރުންނަށް ވާދަކުރެއްވޭނެ ސިޔާސީ ހުރަސްތަކެއް ކުރިމަތިކޮށްފައި ނެތުމުން ފުރަތަމަ ބުރުގައި ވަކިން ވާދަކުރައްވާފާނެ އެވެ. ކާމިޔާބު އޮތީ ބިޔަ ކޯލިޝަނަކަށް ކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ހެކިވެ އެވެ. މި ނޫން މަންޒަރެއް، ދެންވެސް ފެނިދާނެ ކަމަކަށް ސިޔާސީ ތަޖުރިބާކާރުން ގަބޫލެއް ނުކުރައްވަ އެވެ.
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
ސަރުކާރުގެ ތެރެއިން ސަރުކާރާ ދެކޮޅަށް!
"ކޯލިޝަންގެ މަޝްވަރާއިން ރަނގަޅު ނަތީޖާއެއް ފެންނާނެ"
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް