މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކާއެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ރަނގަޅު ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
02 މާޗް 2023
މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކާއެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ރަނގަޅު ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ތ. ހިރިލަންދޫގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި އޮތް ފޯމިއުލާއަކީ ކޯލިޝަނަކާ އެކީ ދިއުން ކަމަށާއި އެ ނޫން ގޮތަކަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުން ވެސް މި ވަގުތު ދައްކަވަނީ ކޮންމެވެސް އެއް ޕާޓީއަކާއެކީ ކޯލިޝަން ހަދަން މަސައްކަތް ކުރާ ވާހަކަ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އިޝާރަތް ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނާ ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ އެކަނި ރިޔާސީ އިންތިހާބުގައި ވާދަ ކޮށްގެން ކާމިޔާބު ކުރެވޭނެ ކަމަށް ދެއްކެވި ވާހަކަފުޅަށެވެ.
ނަޝީދުގެ އަރިސް ބޭފުޅުން މިހާރު ދައްކަވަނީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނެރުމުގެ ވާހަކަ އެވެ. އެ ހާލަތުގައި އެ ބޭފުޅުން ބޭނުން ވަނީ ގާސިމްގެ ރަނިންމޭޓަކަށް ނަޝީދު ހަމަޖެއްސުމުގެ އަޑުތަކަށް ވަނީ ފެތުރިފަ އެވެ.
އެކަމަކު، ގާސިމް ވިދާޅުވީ އެފަދަ ހުށަހެޅުމެއް ނެތް ކަމަށާއި ނަޝީދުގެ އަރިސް ބޭފުޅުންގެ އެ ރޭވުމެއް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވިގޮތުގައި، ކޯލިޝަންގައި މި ވަގުތު ތިބި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމާ ކޯލިޝަންގެ މަޝްވަރާ ކުރުމަށް ދައުވަތު ދީފައިވާ ކަމަށެވެ. ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ގަސްދު ކުރައްވާއިރު، މިހާރު ކޯލިޝަންގައި ތިބި ޕާޓީތަަކަށް ދައުވަތު ދީގެން އެ ޕާޓީތައް ހިމެނުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މީގެން [ކޯލިޝަން މަޝްވަރާތަކުން] ރަނގަޅު ނަތީޖާއެއް ވަރަށް އަވަހަށް ފެނިގެން ދާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މިހާތަނަށް އަދާލަތު ޕާޓީން އެ މަނިކުފާނާ ކޯލިޝަން ހަދަން އެއްބަސްވެފައިވުމާއި އެމްޑީއޭ ވެސް ކޯލިޝަނާ ގުޅިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މިއަދު ވެސް އެބައޮތް -- ރައީސް
ދެން ހުރި ޕާޓީތަކާ ވެސް ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި އެ ޕާޓީތައް ވެސް ނިންމާނީ މުޅި ގައުމާރި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަން ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތަކީ އެ މަނިކުފާނާއެކު އައުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މިއަދު ވެސް އެބައޮތް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު އިއްޔެގެ ވަގުތެއްގައި ގާސިމް ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސާ ބައްދަލު ކުރައްވައިފަ އެވެ. ޖޭޕީގެ ގައުމީ ކޮންގްރެސް އިން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެން ނުވަ ޖޭޕީ އިސްވެ ހަދާ ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުރުމަށް ލަފާ ދިނުމުގެ ގަރާރެއް ފާސް ކޮށްފަ އެވެ. އެކަމަކު އެއީ އަމަލުކުރުން ލާޒިމު ގަރާރެއް ނޫނެވެ.
ނަމަވެސް ޖޭޕީން ރިޔާސީ އިންތިހާބުގައި އަމަލުކުރާ ގޮތެއް އެ ޕާޓީގެ ކައުންސިލުން ފާސްކުރަން ޖެހެ އެވެ.
ސަރުކާރުގެ ތެރެއިން ސަރުކާރާ ދެކޮޅަށް!
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
ކޯލިޝަންގެ ހަގީގަތާ ދުރުވެވޭކަށް ނެތް!
ކުދި ޕާޓީތަކަށް ވަޒީރުކަމުގެ ފުރުސަތު ގެއްލޭ އިސްލާހެއް
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
އަމީނާއެކު، ޖޭޕީގެ އިސް ބައެއް ރައީސްގެ ފަހަތަށް
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ
"އިދިކޮޅުން ވަނީ ދެކޮޅުނުޖެހޭ، ބަނގުރޫޓުވާނެ ވައުދު"
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް