22 އޯގަސްޓް 2023
އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ދީފި ނަމަ، ދިވެހިންނަށް "ގެއްލުނު ކަނޑު" ވެސް ގާނޫނީ އިމުގެ ތެރެއިން އަނބުރާ ހޯދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ދީފި ނަމަ، ދިވެހިންނަށް "ގެއްލުނު ކަނޑު" ވެސް ގާނޫނީ އިމުގެ ތެރެއިން އަނބުރާ ހޯދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު އައްޑު އަށް ކުރައްވާ ދަތުރުގައި މިއަދު ހަވީރު ސ. ހުޅުދޫމީދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އެ ރަށުގައި ހުންނަ އައިސްޕްލާންޓް އޭނާގެ ވެރިކަމެއްގައި މަސް ފެކްޓަރީއަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އެކަން ކުރާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން "ގެއްލުނު" ހިސާބު އަނބުރާ ހޯދަން ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަތުން ގާނޫނާއި ގަވާއިދާ ހިލާފަށް އަތުލި ކަނޑު އަނބުރާ ހޯދާނަން،" މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ސ. ހުޅުމީދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނު އޮންނަ ފުށު އަރާ ކަނޑުގެ ސަރަހައްދުގެ އިން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން، އިދިކޮޅުން ތުހުމަތުކޮށްފައި ވަނީ މި ސަރުކާރުގެ ސިއްރު ޑީލެއްގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް "ވިއްކާލީ" ކަމަށެވެ.
އެ މައްސަލާގައި ޕީޕީއެމުން އިސްވެ އޮވެ ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާތައް ވެސް ކޮށްފަ އެވެ.
މުއިއްޒު އައްޑުއަށް ކުރައްވާ ދަތުރުގައި މިރޭ މީދޫގައި ވެސް ޖަލްސާއެއް ބާއްވާނެ އެވެ.
ސިޓީ އުރައިގައި އޮތީ މި ސިޓީގެ ބޮޑު ހުވަފެން
އައިސްޕްލާންޓް މަސް ފެކްޓަރީއަކަށް ބަދަލުކޮށްލަނީ
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
ވިސްނުމަކީ މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަދުރޭ
މުއިއްޒުގެ ފަހު ޖަލްސާ: ޒިންމާތައް ޑެޕިއުޓީ މޭޔަރަށް
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް